ފޭސްބުކް ބޭނުން ކުރާ މީހުންގެ ތެރެއިން 533 މިލިއަން މީހެއްގެ ޒާތީ މައުލޫމާތުތައް ލީކްކޮށްލިއިރު އޭގެތެރޭގައި 86337 ދިވެހިންގެ މައުލޫމާތު ވެސް ހިމެނޭ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް މިވަނީ ބުނެފައެވެ.

106 ގައުމެއްގެ މީހުންގެ މައުލޫމާތު ލީކް ކޮށްލުމާއިއެކު ކޮންމެ މީހެއްގެ ވެސް ސުވާލަކަށްވީ ލީކް ކޮށްލި މައުލޫމާތުތަކުގެ ތެރޭގައި "އަހަރެންގެ މައުލޫމާތު ހިމެނޭ ހެއްޔެވެ؟" ޑޭޓާ ބްރީޗްތަކުގައި ލީކް ކޮށްލާ މައުލޫމާތުތަކުގެ މައުލޫމާތު ފޯރުކޮށްދޭ އޯންޑް ވެބްސައިޓްގައި މިހާރު ވަނީ ފޭސްބުކް ލީކްގައި ތިބޭގެ މައުލޫމާތު ލީކްވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރު ކުރެވޭނެ ގޮތް ހަދާފައެވެ.

އެކަން ކަށަވަރު ކުރުމަށް ވެބްސައިޓަށް ވަދެ އީމެއިލް އެޑްރެސް ޖެހުމުން މައުލޫމާތު ލީކްވެފައިވާނަމަ އެކަން އަންގައިދޭނެއެވެ. މައުލޫމާތު ލީކްވެފައި ނެތްނަމަ އެކަން ވެސް އެވެބްސައިޓުން ބުނެދޭނެއެވެ.

ފޭސްބުކްގައި ހުރި ގިނަ ޒާތީ މައުލޫމާތުތަކެއް ލީކް ކޮށްލާފައި ވާއިރު އޭގެ ތެރޭގައި ފޯނު ނަމްބަރާއި، ނަމާއި، ޖިންސާއި، އެމީހަކު ދިރިއުޅޭ ތަނަކާއި، ރިލޭޝަންޝިޕް ސްޓޭޓަސް އާއި އަދާކުރާ ވަޒީފާ އާއި އުފަން ތާރީޚްގެ އިތުރުން އީމެއިލް އެޑްރެސް ވެސް ހިމެނެއެވެ.

ފޭސްބުކްގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ ޒާތީ މައުލޫމާތުތަކެއް ހެކަރުންގެ އަތްދަށަށް ދިޔައީ ފޭސްބުކްގައި އިން ބަގެއްގެ ސަބަބުންނެވެ. ފޭސްބުކް އިން ބުނާ ގޮތުގައި 2019 ވަނަ އަހަރުގެ އޮގަސްޓް މަހު އެބަގްގެ މައްސަލަ ހައްލުކޮށް މިހާރު ފޭސްބުކް ބޭނުން ކުރާ މީހުންގެ ޒާތީ މައުލޫމާތުތައް ވަނީ ރައްކާތެރި ކުރެވިފައެވެ.

ފޭސްބުކްގައި މައުލޫމާތު ލީކްވެފައިވޭތޯ ބަލާ ލިންކް

ނަމަވެސް އަދިވެސް މިޒާތީ މައުލޫމާތުތައް ބޭނުންކޮށްގެން އައިޑެންޓިޓީ ފްރޯޑްގެ އަމަލުތަކެއް ވެސް ހިންގަން ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯހަން

    ބްރޯ މި ލީކް ގަ ނެއްމާ ބައިވަރު މައުލޫމާތެއް ، އެއްމެ ބޮޑުވަރަކަށް ހުރީ ފޯނުނަންބަރު އެކަނި