ސީސީޓީވީ ފޫޓޭޖް އިން ފެނިގެންދަނީ ޕާކިސްތާނުގެ ފިރިހެނަކު މީހުން ގަޔަށް ބަޑި ޖަހާ މަންޒަރެެވެ. އެރީނިއުސްގައި ރިޕޯޓުކޮށްފައި ވާގޮތުން މި ފިރިހެން މީހާއަކީ ޕަބްޖީ ގޭމް ކުޅުމަށް ދެވިހިފާފައި ހުންނަ މީހެކެވެ. ގޭމުގެ މަންޒަރެއް އަލުން ކުޅެން މީހުން ގަޔަށް އޭނާ ބަޑި ޖެހީ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މި ހާދިސައިގައި ދެ މީހުން މަރުވެފައިވާއިރު ތިން މީހަކަށް ވަނީ އަނިޔާ ވެފައެވެ.

ބަޑި ޖަހާ އަޑަށް އެ ސަރަހައްދުގައި އުޅުނު މީހުން އެލާޓަށް އައިސް ބަޑިޖެހި ފިރިހެން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.

ފުލުހުން ބުނެފައިވަނީ މި ފިރިހެން މީހާ ގޭމުގެ މަންޒަރު އަލުން ކުޅުމުގެ ގޮތުން ބަޑި ޖަހާފައިވަނީ އާއިލާ މީހުންގެ ގަޔަށް ކަމަށެވެ. އެގޮތުން މަރުވެފައިވަނީ އޭނާގެ ފަހަރި އަކާއި ރައްޓެއްސެއް ކަމަށް ފުލުުހުން ބުނެފައިވެއެވެ. އަނިޔާ ލިބިފައިވަނީ އޭނާގެ މަންމައާއި، ދައްތަ އަދި ބޭބެއަަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރިން ބްރޯލްއެއް ބޭނުން ކޮށްގެން ގޭމުގެ މަންޒަރުތައް ކުޅެން އޭނާ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެންމެ ފަހުން ޕިސްތޯލް އެއް ހިފައިގެން އައިސް އާއިލާ މީހުންގެ ކުރިމަތީގައި ގޭމުގެ މަންޒަރުތައް ދެއްކުމުގެ ގޮތުން އޭނާ ބަޑި ޖެހީ ކަމަށް ފުލުހުން ބުންޏެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޕަބްޖީ ގޭމް ކުޅެން ދެވިހިފާފައި ހުރުމުން އޭނާގެ އާއިލާއިން އެކަން ހުއްޓުވުމަށް މަސައްކަތް ކޮށްފައިވެއެވެ. ޕަބްޖީ އަކީ ކުދިންގެ އުޅުމަށް ބޮޑެތި ބަަދަލުތަކެއް އަންނަ ގޭމެއްް ކަމަށް ބުނެ ޗައިނާއާއި އިރާގް އަދި އިތުރު ގައުމު ތަކެއްގައި ވަނީ މި ގޭމް ކުޅުން މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޭންކުޕުޝް

    މިކަހަލަ ކާޓޫނު ދުނިޔޭގަ އުޅޭ މީހުންނާ ހެދި އެހެން މީހަކަށްވެސް ނޯންނާނެ ކަމެއް ކުރެވޭކަށް ވަރަށް ފޫހިވޭދެން🙄🙄

    8
    3
  2. ކޔ

    ޕަބްޖީ ކުޅުމަކުން މައްސަލައެއް ނެތް، އެކަމަކު އޭނާ އެދިޔައީ މާ މައްޗައް.ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނާނެ.

    6
    4
    • ކޭޑީ

      ތީނައަށް ވިސްނޭ އެބަ👍