ބިގް ބޮސްއަކީ އިންޑިއަން ޓީވީގައި ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ޝޯއެކެވެ ބިގްބޮސް 14 އިން ފެނިގެން ގޮސްފައިވާ ރާކީ ސާވަންތް ޔަގީނުންވެސް އޭނާ ކުރަން އުޅޭ ކަންތަކާ ވަރަށް ގަޔާވާނެއެވެ. އޭނާއަށް ދިޔައީ ބިގްބޮސްގެ ގެއަށް ވަނުމާއި އެކު ދިނަ ބައެއްގެ ލޯތްބާއި އޯޑިއެންސްގެ ހޫނު ތަރުހީބު ލިބެމުންނެެވެ.ރާކީ އަށް ލޯބި ލިބެމުން ގޮސްފައިވަނީ ހަދިޔާ ގޮތުގައެވެ. އަދި އެންމެ ފަހުން އޭނާގެ ގޭގެ ދޮރުމައްޗަށް އޭނާގެ ތަސްވީރުތައް ޖަހާފައި ހުރި ކަޕްކޭކް ތަކެއްވެސް މި ވަނީ ލިބިފައެވެ.

ރާކީ ސާވަންތް އެއާ ދޭތެރޭ ހުރީ ވަރަށް ހިތްހަމަޖެހިފައި ވުމުން އޭގައި ކިތަންމެ ގިނައިން ކެލެރީސް ހުރި ކަމުގައިވީ ނަމަވެސް އެ ކާލިއެވެ. އޭނާ އޭގެ ހުރި ރަހަ އޭނާއަށް ވަރަށް ކަމުދިޔަ އެވެ. އަދި ވަރަށް ގަޔާވެގެން ބޭނުން ކުރިއެވެ.

އޭނާ ވަނީ މި ވަގުތު ކޮޅު ރެކޯރޑް ކޮށް އޭނާގެ އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފައެވެ.

ރާކީ ބުނެފައިވަނީ އޭނާ ކޮވިޑް-19 އާއި ގުޅިގެން އައިސްފައިވާ ފުރަބަންދާއި މެދު އޭނާ ހިތްހަމަ ނުޖެހޭ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ..

    ކުރީ ކޮޅު ރާކީ ވަރަށް ކަމުދިޔަ އެކަމް ފަހުން ސަމާސާވިހަވެ ހައްދުން ނައްޓައިގެން ދިޔައީ ބިގް ބޮސް ތެރޭގަ ކޮންމެ ކަމަކުވެސް ހަމައިން ނައްޓަންޔާވާނީ އެންދޯ