ބިގް ބޮސް 16 ގެ ބައިވެރިންގެ ތެރެއިން އެންމެ ބޮޑު ފީ އެއް ނަގަނީ ސުމްބުލް ތޯގީރްކަން ހާމަވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮންމެ ހަފްތާއަކަށް 12 ލައްކަ ރުޕީސް ބިގްބޮސްގެ ޕްރޮޑިއުސަރުން ސުމްބުލްއަށް ދެއެވެ.

އެހެން ބައިވެރިންނަށް ހަފްތާއަކު ދޭ ވަރަށް ބަލާއި އެމީހުނަށް ލިބެނީ 10 ލައްކައާއި 5 ލައްކައާއި ދެމެދުގެ މުސާރަ އެކެވެ.

މި ފަހަރު ބިގް ބޮސްގައި އަންކިތް ގުޕްތާ، ޓީނާ ދައްތާ، ޕްރިޔަންކާ ޗަހާރް ޗޯދްރީ، ނިމްރިތް ކޯރް، ސާޖިދް ކާން، މާންޔާ ސިން ފަދަ މަޝްހޫރު ތަރިން ބައިވެރިވެ އެވެ.

އިންޑިއާގެ ޓެލެވިޒަން އިންޑަސްޓްރީގެ އެންމެ ކާމިޔާބު ރިއަލިޓީ ޝޯތަކުގެ ތެރޭގައި ބިގްބޮސް ހިމެނެ އެވެ. މި ފަހަރުގެ ސީޒަން ތަފާތު ވާނެ ކަމަށް ޝޯވގެ ހޯސްޓް ސަލްމާން ޚާން މީގެ ކުރިން ބުނެފައި ވެއެވެ.

ބިގް ބޮސްގެ ކޮންމެ ސީޒަން އެއްގައި ވެސް އެ ގޭގައި ދިރިއުޅޭ ބައިވެރިންގެ މެދުގައި ޖެހޭ މައްސަލަތަކާއި އެ މީހުންގެ ތެރޭގައި ދެކެވޭ ވާހަކަތައް ދައްކުވައިދެ އެވެ. އެ ޝޯ ބަލާ މީހުންނަށް ބިގް ބޮސް ކަމުދަނީ އެ ސަބަބަށް ޓަކައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކޮންއިރަކުންބާ ރާއްޖޭގަ މިކަހަލަ ޝޯއެއް ބާއްވާނީ އެއްވެސް ރިއަލިޓީ ޝޯއެއް ނުބާއްވާ ފޫހިތަނެއް ރާއްޖެއަކީ

    2
    3
  2. ޗީނީ

    އަހަރެމެންގެ އިމްލިޔާާ

    3
    1
  3. 😍

    ޗީނީ އިޒް ޑިފްރެންޓް