މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ އެންމެ ގިނަ ދުވަސް ވީ އަދި އެންމެ މަޝްހޫރު ހޯސްޓް ސަލްމާން ޚާން ބިގް ބޮސް އޯޓީޓީ މިފަހަރުގެ ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނެ ކަމުގެ ވާހަކަތައް ދެކެވެން ފަށައިފިއެވެ.

2021 ވަނަ އަހަރު ޝޯގެ ފުރަތަމަ ސީޒަންގެ ހޯސްޓްގެ ގޮތުގައި ޑައިރެކްޓަރު ކަރަން ޖޯހަރު ކާމިޔާބުކަމާ އެކު މަސައްކަތް ކުރުމަށް ފަހު ޖޫން މަހުގެ 17 ވަނަ ދުވަހު ޖިއޯސިނެމާ އިން ސްޓްރީމް ކުރާ މި ސީޒަނަށް ސަލްމާން ހާން ހަވާލުވުމުން ފޭނުން އަންނަނީ ސަލްމާން ހާންގެ ތަފާތު ޝޯ އަކަށް އިންތިޒާރު ކުރަމުންނެވެ.

ބިގް ބޮސް އޯޓީޓީ ސީޒަން ދޭއްގެ ދެވަނަ ޓީޒާ ރިލީޒްކުރުމާއެކު ސަޕޯޓަރުން ވަނީ ސީޒަން ބެލުމަށް ކެތްމަދުވެފައެވެ. ޓީޒާގައި ސަލްމާން ވަނީ ބިގް ބޮސްގެ ގޭގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި އަންދާޒާ ނުކުރެވޭ ވަރުގެ ޓްވިސްޓްތައް ބައިވެރިންނަށް ނެވިގޭޓް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ބެލުންތެރިންނަށް އަންގާފައެވެ.

އައިކޮނިކް ބިގް ބޮސް ފްރެންޗައިޒްގެ ޑިޖިޓަލް ވާޝަން ކަމަށްވާ "ބިގް ބޮސް އޯޓީޓީ" އަކީ ބައިވެރިންނަށް އެ މީހުންގެ ޝަހުސިއްޔަތުތައް ދައްކާލައި، ބޮޑެތި ގޮންޖެހުންތައް ނެވިގޭޓްކޮށް، ގައުމު ގެ އެކި ކަންކޮޅުތަކުގައި ބެލުންތެރިން މުނިފޫހިފިލުވައިދޭނެ ހާއްސަ ޝޯވއެކެވެ. ސަލްމާން ޚާން ފެނިގެންދާ މި ސީޒަނަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ތަޖުރިބާއަކަށް ވާނެ ކަމަށް ބެލެވެއެވެ.

މިފަހަރުގެ ޝޯވގެ ބައިވެރިންނަށް ބަލާއިރު، މަހޭޝް ޕޫޖާރީ، އަވޭޒް ދަރްބާރް، ޕޫޖާ ގޯރް، އަންޖަލީ އަރޯރާ، ޕޫނަމް ޕާންޑޭ، ފައިސަލް ޝެއިހް، އަނޫރާގް ޑޯވާލް، ސަމްބަވާނާ ސެތު އަދި ސުނީދީ ޗައުހާން ބައިވެރިވާނެ އެވެ. މަހޭޝް ޕޫޖާރީ އާއި އަވޭޒް ދަރްބާރްގެ ޕްރޮމޯ ޝޫޓްކޮށްފައިވާ އިރު، އެ ދެ ބައިވެރިންނަކީ ޝޯވގައި އެކުގައި ގެއަށް ވަންނަ ފުރަތަމަ ބައިވެރިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.