ބަހެއްގެ ތެރޭގައި އިން މީހެއްގެ ޕަވާ ބޭންކެއް ގޮވައި، އޭނާއަށް އަނިޔާނުވެ ސަލާމަތްވެއްޖެއެެވެ.

ޗައިނާގެ އަވަށެއްގައި މި ހާދިސާ ހިނގިއިރު، އެ ބަހުގައި އެ ވަގުތު ފުދޭވަރަކަށް މީހުންވެސް ތިއްބެވެ. ނަމަވެސް އޭގެން އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި، އެ ޕަވަ ބޭންކް ގޮވީ އޭނާގެ އުނގުމަތީގައި ދަބަސް ބާއްވާފައި އޮއްވާއެެވެ. އެ މީހާ އެވަގުތު ހުރީ އޭނާ ކައިރީ އިން އެހެން މީހަކާއި ވާހަކަދައްކާށެވެ.

އެ ބަހުގައި އިން ކެމެރޭ އިން ފެންނަ ގޮތުގައި، ކުއްލިއަކަށް އެ ޕަވާބޭންކް ގޮވައި ދަބަހުގައި ރޯވީއެވެ. އޭނާ ވަނީ ވަގުތުން އުނގުމަތިން ދަބަސް ނަގާ އެއްލާލާފައެވެ. އަދި ފަހުން އޭނާ ވަނީ އެ ދަބަސް ބޭރަށް އެއްލާލާފައެވެ.

އެ ދަބަސް މަގުމަތީ އޮތްއިިރުވެސް ވަރަށް ބޮޑަށް ދުން އަރަމުން ދިޔަ ކަމަށް ވެއެވެ. އަދި އެ ދަބަހުގައި ވަރަށް ބޮޑަށް ރޯވިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އާއްމުކޮށް ޕަވާ ބޭންކް އެއްޗެހި ގޮވާނީ މާބޮޑަށް ހޫނުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ

    استغفر الله