ބޮލީވުޑުގެ ބަތަލާ ސަނީ ލިއޯންއާއި އޭނާގެ ފިރިމީހާ ޑެނިއަލް ވެބަރގެ ކައިވެންޏަށް މިދިޔަ ހުކުރު ދުވަހު 10 އަހަރު ފުރުމުގެ މުނާސަބަތުގައި ޑެނިއަލް ދީފައިވަނީ ޑައިމަންޑް ކަރުގަ އަޅާ ހާރެކެވެ.

މި ހާރު ކަރުގައި އަޅައިގެން ނަގާފައިވާ ވީޑިއޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ސަނީ ބުނެފައިވަނީ ކައިވެނީގެ އަހަރު ފުރުމުގެ މުނާސަބަތުގައި އޭނާއަށް އެ ދިން ލޯތްބާއި ހަދިޔާއަށް ފިރިމީހާ ޑެނިއަލްއަށް ޝުކުރުވެރިވާ ކަމަށެވެ.

ކައިވެންޏަށް 10 އަހަރު ފުރުމާއި އެކުގައި އުޅޭތާ 13 އަހަރު ފުރުމުން އެކަމާއި އުފާވެފައިވާ ސަނީ ލިއޯން މި ޕޯސްޓުގައި ބުނެފައިވަނީ ޑައިމަންޓް ހާރެއް ލިބުމާއި އަދި އެހާ ގިނަ ދުވަހު ޑެނިއަލްއާއި އެކު އުޅެވުމަކީ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ފަދަ ކަމެއް ކަމަށެވެ.

ޑެނިއަލް ދެކެ ވަރަށް ލޯބިވާ ކަމަަށް ވެސް ސަނީގެ މި އިންސްޓަގުރާމު ޕޯސްޓުގައިވެއެވެ. މި ޕޯސްޓު ވަނީ އެތައް ބަޔަކަށް ކަމުގޮސްފައެވެ. އެތައް ލައިކެއް ދީފައިވާ މި ޕޯސްޓަށް ހިތުގެ އެމޯޖީ ކޮމެެންޓު ކޮށްފައިވާ ފަރާތްތައް ވެސް މަދެއް ނޫނެވެ.

ހުކުރު ދުވަހު ސަނީ ވަނީ ކައިވެންޏަށް އަހަރު ފުރުމުގެ ތަހުނިޔާ ފިރިމީހާ ޑެނިއަލްއަށް ކިޔުމަށް ޑެނިއަލްއާއި އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފައެވެ.

މި ޕޯސްޓުގައި ސަނީ އެންމެ ލޯބިވާ މީހާއަށް ކައިވެނީގެ އަހަރު ފުރުމުގެ ތަހުނިޔާ ކިޔާފައިވެއެވެ. އަދި މަރުވުމާއި ހަމައަށް ވެސް އެކީގައިވުމަށް އެދިފައިވެއެވެ. ސަނީގެ ''ރޮކް'' އަދި ''ހީރޯ'' އަކީ ވެސް ޑެނިއަލް ކަމުގައި މި ޕޯސްޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށސޖި

    ޑައިމަންޑް ކަރުގަ އަޅާ ހާރެކެވެ...އެ ކޮންކަހަލަ ހާރެއް

    • ހުސޭނުބޭ

      އެކޮއި ކަރުގަ އަޅަން ހޯދި އެއްޗެއް ނޫނޭ އެބުނަނީ. ކޮންމެވެސް ޑައިމަންޑެއްގެ ކަރުގައޯ އަޅުވަނީ