"ޕަދްމާވަތް" ސިނަމާތަކުގައި އެޅުވި ދުވަހުން ފެށިގެން އެ ފިލްމްގެ ލީޑް ތިން ތަރިން ކަމަށްވާ ދީޕިކާ ޕަޑޫކޭ އާއި ސާހިދު ކަޕޫރު އާއި ރަންވީރު ސިންގް އަށް އަންނަނީ މީހުންގެ ތައުރީފް އޮހެމުންނެވެ.

ސަންޖޭ ލިލާ ބަންސާލީގެ މި ފިލްމް ރިލީޒް ކުރުމުގެ ކުރިން ހިންދޫން މި ފިލްމާއި ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލާ ފިލްމްގެ ތަރިންނާއި ޑައިރެކްޓަރަށް މަރުގެ އިންޒާރުދީ ފިލްމް އަޅުވާ ސިނަމާ ތަކުގައި ރޯކުރާނެކަމުގެ އިންޒާރުދިން ނަމަވެސް ފިލްމް އަޅުވާ ފިލްމްގެ ވާނުވާ އެގުނު ހިސާބުން ފިލްމާ ދެކޮޅު އެއްވެސް ހަރަކާތެއް ފެނިގެން ގޮސްފައި ނުވެއެވެ.

މި ފިލްމް އެޅުވިތާ މިހާރު 4 ހަފްތާ ވެފައިވާއިރު މި ފިލްމަށް ވަނީ 500 ކުރޯޑް ރުޕީސްއަށް ވުރެ ގިނަ ފައިސާ ލިބިފައެވެ. މިއީ އިންޑިއާގެ އިތުރުން ދުނިޔޭގެ ހުރިހާ ސަރަހައްދަކުން ލިބުނު އާންމުދަނީއެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި މި އަދަދު އިތުރުވާނެކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މިއީ ބަންސާލީގެ ފިލްމަކަށް މިހާ ބޮޑު އާންމުދަނީ އެއް ލިބުނު ފުރަތަމަ ފިލްމެއެވެ.

ސަންޖޭ ލީލާ ބަންސާލީ ބުނިގޮތުގައި މި ފިލްމާއި ދެކޮޅަށް މުޒާހަރާތަށްކޮށް ފިލްމު އަޅުވާ ސިނަމާތަކަށް އިންޒާރު ނުދިން ނަމަ މިއަށްވުރެ ބޮޑު އާންމުދަނީއެއް މިހާތަނަށް ލިބުނީސްއެވެ. އިންޒާރުތަކާހުރެ ބައެއް ސަރަހައްދުތަކުގައި މި ފިލްމް އަޅުވާފައި ނުވެއެވެ.

މި ފިލްމުގައި ދައްކުވައިދެނޫ ހިންދޫ ރީތީގެ ރާނީ އެއް ހޯދުމަށްޓަކައި މުސްލިމް ރަސްކަލަކު ކުރާ ހަނގުރާމައެވެ. އަދި އެކަން ނާކާމިޔާބު ކޮށްލުމުގެ ގޮތުން އެ ރާނީ އެ ސަހަރުގެ އެތަށް އަންހެނުންާއެކު އަލިފާންގަޑަކަށް އެރެ އެންމެން މަރުވެއެވެ.