އެއީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނިމުމަކަށް އައި ދުވަސްވަރެވެ. އެ ޕާޓީގެ ސަޕޯޓަރުން ބުނާ ގޮތުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން "ބަޣާޥާތަކުން" ވައްޓައިލި ދުވަހެވެ. ވާދަވެރިން ބުނާ ގޮތުގައި "އަނިޔާވެރި ވެރިކަމެއް" ނިމުމަކަށް އައި ދުވަހެވެ. އެއީ "ޝުމްބާ ގޮންގް" އުފެދިގެން އައި ދުވަސް ވެސް މެއެވެ. މުޅި މީސް މީޑިއާގައި ޕޯސްޓްތަކުން "ވަކި ހިއްޕާލި" މި އެކްޓިވިސްޓަކަކީ ކާކު ކަން ވެސް ފުރަތަމަ ބަޔަކަށް ނޭނގެއެވެ. އޭރު އެއީ ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވެ ހުރި ކުޑަ ކުއްޖެކެވެ. މިއަދު އެންމެންނަށް ވެސް އެނގޭ މީސް މީޑިއާގެ ވަރުގަދަ އެއް އެކްޓިވިސްޓެވެ.

އަހްމަދު އަޝްރަފް، ޝުމްބާ އެންމެ ކުޑައިރު އުޅުނީ މާލޭގައެވެ. ނިސްބަތްވަނީ ޅ. ހިންނަވަރަށެވެ. އުމުރުން ގާތްގަނޑަކަށް 12 އަހަރުގައި ލަންކާއަށް ދިރިއުޅުން ބަދަލުވިއެވެ. އޭގެ ފަހުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ބައެއް ކަންކަމާ މެދު ނުރުހޭން ފެށިއެވެ. އެ ޅައުމުރުގައި ސިޔާސީ ޕޯސްޓް ކުރަން ފެށީއެވެ. ނަން ހާމަނުކޮށް ސިޔާސީ ޕޯސްޓް ކުރަން ބޭނުން ވާތީ އަމިއްލަ ނަމުގައި އެކައުންޓެއް ހެދުމުގެ ބަދަލުގައި ކޮންމެ ވެސް އެހެން ނަމެއް ބެލީއެވެ. މި ގޮތުން "ޝުމްބާ ގޮންގް" ކިޔާފައި އެކައުންޓެއް ހުޅުވީއެވެ. އެމްޑީޕީގެ އެތައް ހާސް ސަޕޯޓަރުންނާއެކު "އެމްޑީޕީ ހަރުގެ" ނަމުގައި ފޭސްބުކްގައި ގްރޫޕެއް އުފެއްދިއެެވެ. މާ ދުވަސްތަކެއް ނުވެ އެންމެނާ ހަމައަށް މި ނަން ހިނގައްޖެއެވެ.

އަހްމަދު އަޝްރަފް، ޝުމްބާ ގޮންގް "ވަގުތު" އަށް ދިން ޚާއްސަ ބަސްދީގަތުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މީސް މީޑިއާގެ ސިޔާސީ ބަހުސްތަކަށް ވަރަށް ހަގު އުމުރެއްގައި ވަދެއްޖެ

ޝުމްބާ ބުނި ގޮތުގައި އޭނާ އަބަދުވެސް ސިޔާސީ ހަރަކާތްތައް ޝައުގުވެރިވެއެވެ. އޭނާ އަކީ ސިޔާސީ ގޮތުން އޭނާ ދެކޭ ގޮތް ހާމަ ކުރަން ބޭނުންވާ މީހެކެވެ. އަދި ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ވެ ނުދާ ސަބަބާއި ސަރުކާރުތަކުގެ ތެރޭގައި ހިނގާ ގޯސްތަކާއި، ލިބެން ޖެހޭ ހައްގުތަކަށް އަރައިގަނެ ދައުލަތުގެ އެންމެ މަތިން ހިންގޭ އަމަލުތައް އަބަދުވެސް ތިލަ ކުރަން ބޭނުންވާ މީހެކެވެ.

އޭނާ ދެކޭ ގޮތުގައި އިންތިޚާބީ ސަރުކާރެއް އިންތިޚާބަކުން ނޫން ގޮތަކަށް ބަދަލު ކޮށްގެން ނުވާނެއެވެ. އެހެންވެ ފެބްރުއަރީ 7، 2012 ގައި ހިނގި ކަންކަން އޭނާއަށް ފެނުނީ ހިނގައިގެން ނުވާނެ ކަންކަމުގެ ގޮތުގައެވެ. އަދި 2013 ގައި ރައީސް މުހައްމަދު ނަޝީދު އަލުން އަނބުރާ ވެރިކަމަށް ގެންނަން އޭނާ ވެސް ބޭނުންވީއެވެ. އެހެންވެ އޭރު ލަންކާގައި ކިޔަވަމުން ދިޔަ ސްކޫލުން ވަކިވެ ސިޔާސީ ހަރަކާތްތަކަށް އޭނާގެ މުޅި ދުވަހުގެ ވަގުތު ހުސްކޮށްލިއެވެ.

"ސްކޫލް ސްކިޕް ކޮށްލީ އަސްލު ކޮންމެވެސް އެއް ކަމެކޭ ކުރެވޭނީ ކަމުގަ ޤަބޫލު ކުރެވިގެން. ކިޔަވަންޏާ ކިޔެވޭނީ. ލިޔަންޏާ ލިޔެވޭނީ. ކިޔަވަން ސްކޫލްއަށް ގޮސް ގާތްގަނޑަކަށް ދޭއް ޖަހަން ދެން އެ ގަޑި މިސްވީ. ފުލް ޓައިމް އުޅެގެން ނޫނީ ނުވާނެ ކަމަށް ޤަބޫލު ކުރެވޭތީ ސްކޫލް ސްކިޕް ކޮށްލީ." ޝުމްބާ ކިޔައިދިނެވެ.

މީސް މީޑިއާގައި ހިނގާ ބަހުސްތަކުގައި ޝުމްބާ ބައިވެރިވާން ފެށިއިރު އަދި 18 އަހަރު ވެސް ނުވެއެވެ. އުމުރުން އެންމެ 12 އަހަރުގައި ބަހުސްތަކުގައި ބައިވެރިވެއްޖެއެވެ. ފުރަތަމަ އެއީ ކާކު ކަން ވެސް މީހުންނަށް ނޭނގި ތިއްބައި، އެ ކަން އާންމުންނާ ހަމައަށް ތިލަވެގެން އައީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާންއަށް އެ ކަން އެނގިވަޑައިގެން ޝުމްބާގެ ފޮޓޯއަކާ އެކު ޓްވީޓެއް ކުރެއްވުމުންނެވެ.

"ދެން މީހުނަށް އަސްލު އެނގެން ވެސް މި ފެށީ، ކުޑަ ކުއްޖެއް ކަން މި އުޅެނީ ވެސް.." ޝުމްބާ ބުންޏެވެ.

އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް)
އަހްމަދު އަޝްރަފް، ޝުމްބާ ގޮންގް

ޖަލުގައި ލިބުނު އަނިޔާތައް، ޝުމްބާގެ ދުލުން

2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދެވީ ރައީސް އަބްދުﷲ ޔާމީނެވެ. ރިޔާސީ އިންތިޚާބު ނިމި، މަޖިލީހުގެ އިންތިޚާބުގައި ވެސް ޕީޕީއެމްއަށް ރަނގަޅު ކާމިޔާބީއެއް ލިބުނެވެ. އޭގެ ދުވަސްތަކެއް ފަހުން ޝުމްބާއާއި އަދީބުގެ އެކުވެރިކަން ފެށިއްޖެއެވެ. އަދި އެމްޑީޕީގެ ހަރަކާތްތައް ދޫކޮށްލައި އަދީބުގެ ފަހަތަށް ޝުމްބާ އެރިއެވެ. މީސް މީޑއާގައި ވަރުގަދަ ކެމްޕޭނެއްކޮށް ނައިބު ރައީސް ކަމަށް އަދީބު ގެނެވުނެވެ.

އެހެން ވިޔަސް ދުވަސްތަކެއް ނުވެ ސެޓެމްބަރު 2015 ގައި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން، އެ މައްސަލައިގައި އަދީބު ހައްޔަރުކޮށްފިއެވެ. އަދި ލަންކާގައި އޭރު ހުރި ޝުމްބާ ހޯދަން ދިވެހި ފުލުހުން އިއުލާން ކުރިއެވެ. އޭގެ ފަހުން ހަފުތާއެއް ވެސް ނުވަނީސް ލަންކާގައި ހުއްޓައި ޝުމްބާ ވެސް ހައްޔަރު ކޮށްފިއެވެ. ލަންކާގެ ސަރުކާރުން ވެސް ބުނެފައިވާ ގޮތުގައި، އެ ޤައުމުގެ ޤަވާއިދުތަކާ ވެސް ޚިލާފަށް ޝުމްބާ އެ ގައުމުން ރާއްޖެ ގެނެސްފިއެވެ.

"ދެން ރާއްޖޭގެ ޖަލުގަ ސުވާލުތަކެއް ކުރި. އެކަމަކު ބޮމާ ގުޅޭ ގޮތުން ނާހާ. ބޮޑަށް އަދީބާ އޮތް ގުޅުމަކާ ގުޅޭ ގޮތުން ސުވާލު ކުރީ. ދެން ޕީޕީއެމްގެ ކައުންސިލް މެންބަރަކަށް މަރުގެ އިންޒާރު ދިނޭ، އެކަމަކު އިންޒާރު ދިނީ ކިހިނެއްކަން ނުބުނޭ، އިންޒާރު ދީފައޭ ބުނަނީ، އަހަރެންނަކަށް ވެސް ސާފެއް ނުވި އެ ކަމެއް ދެން، މީހަކަށް އިންޒާރު ދީފައެއް ވެސް ނޯންނާނެ،" ޝުމްބާ ބުންޏެވެ.

ޝުމްބާ ކިޔައި ދިން ގޮތުގައި ޖަލުގައި ހޭދަކުރަން ޖެހުނު ދުވަސްތަކަކީ ވަރަށް ނިކަމެތި ހާލަތަކަށް މީހާ ގެންދިޔަ ދުވަސްތަކެކެވެ. ޖަލުން ދިން ކާތަކެތި ރަނގަޅު ނޫން ކަމަށް އޭނާ ބުންޏެވެ. ގިނަ ތަކެތި އަނގައަށް ލާން ވެސް ނުކެރެއެވެ. ދެން ނުކެވޭތީ ގަދަ ދައްކައި ނުކާން ފެށީމަ ޖަލުން ދޭ އެހެން އިނާޔަތް ކަނޑާލި ކަމަށް ޝުމްބާ ބުންޏެވެ.

"މުގު ރިހައަށް ވެސް ހުންނަނީ ގުދަން ފުށް އަޅާފައި އެ މީހުން. މަސްހުންޏަށް މި ހުންނަނީ ކިރު ފެލައިފައި. އަަހަރެން ދެން ހަންގާ ސްޓްރައިކްއެއް ކުރީ. ފަސް ވަރަކަށް ދުވަހު ނުކައި ހުރީމަ އިނާޔަތް ކަނޑާލައިފި އެއް މަސް ދުވަހަށް. ޖަލު އިނާޔަތް މި ކިޔަނީ ކާއެއްޗެހި ގަންނާށާއި ދުންފަތް ގަންނަން ލިބުން. ފޯނު ކޯލު ކުރަން ވަކި ވަގުތުކޮޅެއް." ޝުމްބާ ތަފްސީލް ކޮށްދިނެވެ.

އިނާޔަތްތައް ކަނޑާލަމުން ޝުމްބާގެ ރުޅި ވެސް މަތަ ނުކުރެވުނު ކަމުގައި އޭނާ ބުންޏެވެ. މި ގޮތުން އޭނާ ބަހައްޓައިފަ ހުރި ގޮޅީގައި ހަރުކޮށްފައި ހުރި ކެމެރާތައް ނައްޓުވައިލި ކަމަށް އޭނާ ބުންޏެވެ. އެ ކަން އެ ގޮތަށް ކޮށްގެން އޭނާއަށް ވަރަށް ބޮޑަށް "އަނިޔާ ކުރި" ކަމަށް ޝުމްބާ ބުންޏެވެ. "ޓޯޗާގެ ގިނަ އަމަލުތަކެއް" ހިންގި ކަމަށް ކިޔައިދިނެވެ.

"ފަހަތުގަ ބިޑި އަޅުވައިފައި ފާހާނާއަށް ވައްދާފަ ބާރަށް ޝަވަރު ދޫކޮށްފައި ދެން މި ބަހައްޓަނީ. ދެން އަހަރެން މި ލަނީ ހަތަރު ފޫޓު ހަތަރު ފޫޓުގެ ކުޑަ ކޮޓަރިއަކަށް. ދެން އޭސީއަށް އަޅުވައިފައި ހުންނާނެ. އޭސީ 16 އަށް ލައިފަ މި ބައިންދަނީ. ކުޑަ ކަކޫ ޖައްސައިފަ ބަހައްޓަނީ. ދެން ހަށިގަނޑު ފިނިކޮށްފަ ބަހައްޓައިފައި މި ކުރާ ކަމަކީ ހޫނު ފެން ފުޅިއެއް ގަޔަށް އަޅަނީ. އެ ވެސް 500 ލީޓަރުގެ ފެން މި އަޅަނީ. ވަރަށް އުނދަގޫވި،" ޝުމްބާ ބުންޏެވެ.

ޝުމްބާގެ އަމާޒަކީ އިންސާފު އަދި އެމްޓީޑީ ވަރުގަދަ ކުރުން

ޝުމްބާ ޖަލުން މިނިވަންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަސް ދުވަސް ފަހުންނެވެ. ޝުމްބާ ބުނާ ގޮތުގައި އޭނާގެ މައްޗަށް ކުށުގެ ރެކޯޑެއް ވެސް މިހާރު ނެތެވެ. ރެކޯޑް ބަލައިލުމުން އޭނާ އެއްވެސް އިރެއްގައި ހައްޔަރު ކުރި ކަމަކަށް ވެސް ނުދައްކައެވެ. އެހެންވެ އެ ދުވަހު ހައްޔަރުކުރީ "އިންސާފުން ބޭރުން" ކަމުގައި ޝުމްބާ ބުންޏެވެ.

އަދީބު ގޭބަންދަށް ފުރަތަމަ ފަހަރު ބަދަލު ކުރެވުުނު ދުވަސްވަރާ ދިމާކޮށް އަދީބު އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ޓާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގައި ޝުމްބާ ވެސް ބައިވެރިވިއެވެ. ޝުމްބާއަކީ އެ ޕާޓީގެ ހަވަނަ މެންބަރެވެ. އަދި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެ ޕާޓީ ރަޖިސްޓްރީ ވާން ބޭނުންވާ ވަރަށް މީހުން ވެސް ހަމަކުރިއެވެ. ފުރަތަމަ ވަރުގަދަ ހަރަކާތްތަކެއް ވެސް ބޭއްވިއެވެ. އެކަމަކު މިއަދު ޕާޓީގެ ހަރަކާތްތައް އޮތީ މަޑުޖެހިފައެވެ.

އެމްޓީޑީގެ އިފްތިތާހީ ޖަލްސާގައި އަހްމަދު އަޝްރަފް، ޝުމްބާ

ޝުމްބާ ބުނި ގޮތުގައި މިހާރު ވެސް އޭނާގެ ހަރަކާތްތައް ގެންދެވޭ ގޮތާ މެދު ހިތްހަމަޖެހެއެވެ. އަދި ދާދި ފަހަކުން އެމްޓީޑީގެ ކައުންސިލްއާ ވެސް އޭނާ ގުޅިވަޑައިގަތެވެ. ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ވެސް ވަނީ ދެއްވައިފައެވެ. މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އެކުވެރިޔާ އަދީބު މިނިވަން ވުމަށް ކަމަށް ބުންޏެެވެ. އަދި އެންމެނަށް ވެސް އިންސާފު ލިބުމަށް، އެމްޓީޑީއާ އެކީ މަސައްކަތް ކުރުން ކަމަށް ބުންޏެވެ. މި ގޮތުން އެމްޓީޑީ އިތުރަށް ހަރުދަނާ ކުރުމަކީ މި ވަގުތު އެންމެ ބޮޑު އެއް އަމާޒު ކަމުގައި ޝުމްބާ ބުންޏެވެ.

"މަ ޖަލަށް ލިއިރު އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތު، ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް، މުމްތާޒް، ފަނޑިޔާރު ނިހާން، އަދީބުގެ ދެ ބޮޑީ ގާޑުން، މި އެންމެން ތިބި، ކުޑަ ދައުލަތެއް އޮތް، އެހާ އަނިޔާވެރި އަމަލެއް ހިންގާ ވަރު މީހެއް އެ ތަނުގަ ތިބި ކަމަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. ކުށެއް ނެތި ތިބި ކަމަށް ބެލެވެނީ. ސިޔާސީ ގޮތުން ދުއްވައިލަން ވެގެން ކުރި ކަމެއް އެއީ." ޝުމްބާ ބުންޏެވެ.

ޝުމްބާ މިއަދު ވެސް ގެންދަނީ މީސް މީޑިއާގައި އޭނާގެ ޚިޔާލު ފާޅު ކުރަމުންނެވެ. ޝުމްބާ މިއަދު ޤަބޫލު ކުރާ ގޮތުގައި، މުޅި ދުނިޔެއަށް ވެސް ބޮޑު ބަލިމަޑުކަމެއް އަދި އިގްތިސާދީ ތަދުމަޑުކަމެއް ކުރިމަތިވެފައި މިވާ ދަނޑިވަޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިވެހި ދައުލަތް ބެލެހެއްޓެވީ ވަރަށް ރަނގަޅު ގޮތެއްގައެވެ. އެހެންވެއާ އެކު މި ވެރިކަމަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ. އެކަމަކު އެތެރޭގައި ތިބެގެން ބައެއް ފަރާތްތަކުން ކުރާ ގޯސްތައް ދެއްކުމުގައި ވެސް ޝުމްބާ ފަހަތަކަށް ނުޖެހޭނެ ކަމުގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ޙައްޔު

    އަމިއްލައަށް ކިންގު ވެގެން އުޅޭ ރޯނު އެދުރެއް.

    127
    2
  2. ާއަލީ

    އަދީބު އަތުން ލާރިކަ އިފަހުރި މީހެ އްމީ

    108
  3. ޖުހާބެ

    ދެފު އްކެހެރި ގޮލަ އެއއްq

    77
    1
  4. ނަސީރު

    ޝުންބާ އަކީ ވ ހިންހެޔޮ މީހެން ، އަޅުގަނޑައް ޝުންބާ އާއި އެކު ދުވަސްކޮޅެއް ހޭދަކުރެވުނު ، ނ ، އަތޮޅުގައި ، މީހުންގެތެރޭ ބަސްމަދު ވިސްނުންތޫނު ވަރުގަދަ ސަހުސިތްޔަތެއް ޝުންބާ އަކީ ، ޝުންބާގެ މަސައްކަތައް ކުރިއެރުން ދެއްވާ ކާމިޔާބީ އައް އެދެން.

    10
    88
  5. ނަސީދު އަންނި

    ޖަލޭ ކިޔައިގެން މޮޅު ސްޓޯރީއެއް ފަޅާލީ ދޯ؟ ދެން އެތަން ނޭގޭ މީހުން ހީކުރާނެތާ އެއީ ހުސްތެދޭ، ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު، އޭރު މަވެސް އޮތިން، އަހަރެން ފުލުހުނަށް ކިތަންމެ ރުޅިއަޔަސް، އިރެއްގަ އެގޮތަށް ކަންތައް ކުރިޔަސް މިހާރަކު ނުކުރޭ އެކަހަލަ ކަމެއް، ކަނޑައެޅިގެން ދޮގެއް އެހެދީ،،

    84
    3
  6. ގޯސް

    އަދީބަކީ ރަނގަޅު މީހެއްނޫން. ދެން ގައުމަށް ކޮށްދެވޭނީކޮން ރަނގަޅުކަމެއް. އަދީބަކީ ބޮޑު ހިޔާނާތްތެރިއެއް

    110
    3
  7. ސިފ

    ލޮލް

    48
    1
  8. ދަލާސްޓް

    ބަޔަކު ރުހުނަސް ނުރުހުނަސް މިޤައުމު ފަސާދަ ކުރި މީހުންގެ ތެރެއިން މީހެއް ތިވެސް. ޙަގީގަތާއި ޚިލާފު އެތައް ދޮގު ވާހަހަކައެއް ފެތުރި ނުބާ ނުލަފާ މުނާފިގެއް ތީ.

    108
    4
  9. ހިޔަޅު

    ޖަލުގަ އަނިޔާކިރެޔޭ ކިޔަނީ ސިޔާސީ މީހުން އެކަނި. އެހެން މީހުން ޖަލުން ނުކުންނައޮރު މަސްޖަހާ ފަލަވެގަ ތިބެނީ. ޝުމްބާ ބުނާގޮތުން ގުއަންޓަނާމޯބޭ ޖަލުން އެ ނިކުތީ

    85
    2
  10. ސަސު

    ހަމަ ކުޑަ ރުފިޔާ ކޮޅަކުން ރިޗާރޖްކުރެވޭ ސޮރެއއް.

    87
  11. ޓޯހާ

    ކުޑަ ކުޑަ އޭ

    45
  12. ސަސި

    ސިޔާސީ ގޮތުން އަދީބަށް މީހާކު ތާއީދު ކުރާނެ ސަބަބެއްނެތް. އެހެންވީމާ ކިންގު ކަމަށް ބުނާ މީހާ ހުރީ ބޮޑު އަގުގަ ގަނެފަ

    55
  13. ރަދީފުލް ކުމާރު

    މީ ކޮން ސުންބާއެއްތަ؟

    44
  14. އަހުމަދު

    ތީ އަހަރެން އަތްދަނޑި މަތީ އުރަ އިގެން ގެންގުޅު ސޮރެ އް...... އަހަރެންނަކީ ޑިމުކްރާތީ އަދި ސިޔަސީ ކަންކަމަށް ނަފުރަތުކުރާ މީހަކީމު. އެކަމު މިސޮރުދޯ! 🙁

    29
  15. ތައްޔިބު

    ތިޔާ މަގޭ ކުޑަ އެއްޗޭނު.

    17
    1
  16. ޙހހހ

    މީނަގެ ނެތް އިހްލާސްތެރިކަމެ އް ، އަނިޔާ އާ އި ދެކޮޅަށް އުޅޭނެ ހިތްވަރެ އް ، އަދިބް އަކީ ރަނގަޅުމީހެ އް ކަމަށް ކަލެ އަށް ސިފަކުރެވުނީމަ ތީ ކާކުކަން ސާފްވެ އްޖެ

    54
  17. އަހުމަދު

    ތިކަހަލަ ދޮގުވެރިން ހެޑްލައިނަށް އަރުވައިގެން "ކިންގް" ކުރަނީ ނޫސްތަކުން.

    29
  18. ޑައެލޯގް

    ތިޔައީ ހަމަފައްކާ ގައުމަށް ގައްދާރެކެވެ. ފައިސާއަށް ވިކޭގޮންގެކެވެ. މީހުންގެ މަސްކައިއުޅޭ މުނާފިގެކެވެ.

    28
  19. އަހުމަދު ނީޒް

    ނޯ އައ އިޑިޔާ

    11
  20. ޖަންގިޔަ ބޮންގ

    މިކަހަލަ އެއްޗިސް ޕްރޮމޯޓް ކުރުމަކީ ހަޑިއަމަލެއް.

    29
  21. ވިސްނާލުމަށް އެދެމޭ

    ލަންކާގެ އެމެރިކަން ސްކޫލުގެ ޓީޗަރުންނަ ނުކަތަ އިފަ ހުރި މީހެ އް..ކުށެ އް ނެތްދޯ އަދީބުގެވެސް..ޕޮލިސް ރިކޯޑު ބަ އިލަ އިލީމަ މިހާރު ނުހުންނާ ކުށެ އް.

    24
  22. ޢަލީ

    އެހާ އިންސާފަށްލޯބިކުރާއިރު އަދީބަށް ކުށެއް ކުރެވުނުކަން ޤަބޫލެއް ނުކުރޭ..

    26
  23. ފޫހި

    އަދީބަށް ވެރިކަން ލިބިއްޖެނަމަ މިގައުމު އޮންނާނީ މިއަށްވުރެ ނާމާން ވެފައި.

    25
  24. ސްލޯލިހް

    ތީބިހެއް ކިންގެ ނޫން ހަމަ ބިހެއް

    19
  25. ޔޫސުފް

    އިންސާފުވެރި ވާހަކަ ތަކެއް ނޫން އޭނަ އަށް އެންމެފައިދާ ހުރި ގޮތައް ހުރިވާހަކަ ތަކެއް ޖަލުގެ ކާނާ ފަދަ އެހެންމީހުންނަށް އެނގޭ ކަންތަކުން ބޮޑެތި ދޮގު ހަދާފައިވާ ކަން ސާބިތުވޭ. އަދި މިހާރު ފާޅުކަން ބޮޑުކޮށް ސަރުކާރު ވުޒާރާތައް ބައިވެރިވެ ހިންގާފައިވާ ބޮޑެތި ވައްކަމުގެވާހަކަ އެއްވެސް ވަރަކަށް ދައްކާ ފައެއްވެސް ނިވޭ. އަދި މި ނޫނަސް އާއްމުވެފައިފާ ކޮރަޕްޝަން ގެ ލާމަސީލު ގައުމަކަށް ބަދަލުވެފައިވާ އިރު އެކަންވެސް އޭނައަކަށް ބޮޑެއްނުވި. ގިނައީ “ ބަތްދެންޏާ ދޮންބޭބެ “

    20
  26. ޒުވާނާ އެވެ!

    އިޞްލާޙްގެ ނަމުގައި ތިއުޅެވެނީ ހަމައެކަނި މިދުނިޔެ ހޯދުމުގަ އެވެ! ދެދުނިޔެ ވެސް ލިބޭނީ ޙައްޤަށް މަސައްކަތް ކޮށްގެންނެވެ! އިންސާފަށް ވަކާލާތު ކޮށްގެންނެވެ! ނަފްސު ހިސާބު ކޮށްގެންނެވެ!

    24
  27. އައްޑޫ މީހާ

    އެއްވެސް ގޮތަކަށް ތާކުންތާކު ޖެހޭ ގޮލައެއްނޫން މީހުންގެ ސަމާލުކަން ހޯދަން ތެޅެވަނީ

    23
  28. ޝައްފަ

    ކޮމެންޓް ތަކަށް ބަލާލީމަ އިނގޭ ނުބައި މީހެއް ކަން.

    13
  29. ސުންޕާގޮންގް

    ތީ ސުންބާއެއްނޫން

    11
  30. ޟަނޮހް

    ތީ ހަމަ އަދީބު

  31. ފައްސި2

    ކުޑަކުޑަ ޝުމްބާ ޢެެ ތީނަ ކޮންތަނެއް ކުޑައީ

  32. 🇲🇻

    މީ ދެން ކާކު