އަމީތާބު ބައްޗަން

މިމަހުގެ ކުރީކޮޅުގައި އަމީތާބްގެ ޓްވިޓާގެ ފޮލޯވާސް މަދުވެގެން އޭނާވަނީ ޓްވީޓާ ހުއްޓާލާނެކަމަށް އިންޒާރުދީފައެވެ. މި އިންޒާރާ އެކީގައި ޓްވިޓާގެ ހާއްސަ އޮފިސަލުންތަކެއް މިވަނީ އަމީތާބާއި ބައްދަލުކޮށްފައެވެ.

އަމީތާބް މިދިޔަ އާދިއްތަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޓްވިޓާގެ ޓީމެއް އޭނާއާއި ބައްދަލުކޮށް ޓްވިޓާ ހިނގާ ގޮތް އޭނާއަށް އޮޅުންފިލުވައިދީފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި އޭނާ އެފަރާތްތަކަށް ސުކުރު އަދާކޮށްފައިވެއެވެ.

"ޓްވިޓާ ޓީމްއިން ވަނީ އެތަށް ކަނޑެއް ހުރަސްކޮށްފައި އަހަރެންނާއި ބައްދަލުކުރުމަށް އައިސްފަ. އެމީހުން އައީ ޓްވިޓާއާއި ގުޅޭ ގޮތުން އަހަރެންނަށް މައުލޫމާތު ދީ ޓްވިޓާ ހިގާ ގޮތް އަހަންނަށް އޮޅުންފިލުވައިދިނުމަށް. ވަރަށް ބޮޑަށް ސުކުރިއްޔާ. ރަނގަޅު ގޮތުގައި މަސައްކަތް ކުރުމަކީ އެއީ" އެމީހުނާއެކު ނަގާފައިވާ ފޮޓޯއަކާއެކު ކޮއްފައިވާ ޓްވީޓްގައި ބުނެފައެިވެއެވެ.

އަމީތާބް އޭރު ހިތްހަމަ ނުޖެހިގެން ޓްވިޓާ ދޫކޮށްލާނެކަމަށްބުނީ އޭނާގެ އޭރު ހުރި 33 މިލިއަން ފޮލޯވާސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 32.9 މިލިއަން ފޮލޯވާސްއަށް ދައްވުމުންނެވެ. އެހެން ވުމުން އެދުވަސްކޮޅު އިންޑިއާގެ އެންމެ ގިނަ ޓްވިޓާ ފޮލޯވާސް ހުރި މީހާގެ މަގާމް އަމީތާބް އަތުން ގެއްލި ޝާޙްރަކް ޚާންއަށްވަނީ ލިބިފައެވެ. ނަމަވެސް މިހާރު އަމީތާބްގެ ފޮލޯވާސްގެ އަދަދު 33.1 މިލިއަނަށް އަރައެވެ.

އަމީތާބަކީ އިންޑިއާގެ އެހެން މަސްހޫރު ފަރާތްތަކާއި އަޅާ ބަލާއިރު ޓްވިޓާގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. އަމީތާބް މިހާރު 2 ފިލްމެއްގެ މަސައްކަތް ކުރަމުން ގެންދެއެވެ. އެއީ "102 ނޮޓް އައުޓް" އާއި "ބްރަމަސްތާ" އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަމީތާބު ދެން ކޮން ތުއެއްވާކަށްތަ؟

  2. ޓަގް އޮފް ހިންދުސްތާންކޮބާ މައުލޫމާތު ހޯދއަިގެން ލިއޭ