ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އާއި އިސްމާއިލް ޖުމައިހް (ޖުމާ)ގެ ލޯބީ ގުޅުމުގެ ވާހަކަތައް ގަދަވިއެވެ. އެ ރިލޭޝަންޝިޕް ފަނި ކުރަން ވަން މީހަކީ ޖުމާގެ ކުރީގެ އަނބިމީހާ މަރިޔަމް އައްޒައޭ ކިޔާތީވެސް އަޑުއަހަމު އެވެ. އެކަމަކު މިއީ ހަމަ ހުސް ވާހަކަ އެވެ.

ބައިސްކޯފްގެ ތުންތުން މަތިން ޕްރޮގްރާމްގައި ވާހަކަދައްކަމުން އައްޒަ ބުނީ، މީރާ އާއި ޖުމާ އާ ރައްޓެހިވުމުގެ ކުރިން އޭނާ އާއި މީރާ އަކީ ވަރަށް ގާތް ރައްޓެހިން ކަމަށެވެ.އަދި މީރާ އާއި ޖުމާ އާ "އިން އަ ރިލޭޝަންޝިޕް"ވި ހިސާބުން އޭނާއާ މީރާއާ ދުރުވި ކަމަށް ބުންޏެވެ.

"އައްޒަގެ ނަން އައިސްގެން ދެ މީހުންގެ ދޭތެރޭގައި މައްސަލައެއް ނޫނީ، އެ ދެމީހުންގެ ދޭތެރޭގައި އައްޒަގެ ނަން ބޭނުން ކުރަން، އައިކެޕްޓްދަ ޑިސްޓެންޑް މައިސެލްްފް"

އައްޒަ ބުނީ، އެއީ އޭނާ ކޮންމެހެން މީރާ ދެކެ ރުޅިން ނޫން ކަމަށާއި، އަދި ބޭނުންވީ މީރާއަށް ކޮންފޯޓް ޒޯން ދޭން ކަމަށެވެ.

"ދެން އެއިރުވެސް އެންމެން ކިޔާ ހަސަދައޭ، ޖޭވެއޭ، އެކަހަލަ އެއްވެސް އެއްޗެއް، ނެތް ފްރޮމް މައި ސައިޑް އެކަހަލަ އެއްވެސް އެއްޗެއް ނެތް".އައްޒަ ބުންޏެވެ.

އައްޒަ ވަނީ އޭނާއާ މީރާގެ ގުޅުން ފަހުން ރަނގަޅުވި ކަމަށް ބުނެފައެވެ.

އެ ޝޯގެ ތެރެއިން މި ވާހަކަތައް ދެއްކުމަށްފަހު އެންމެ ފަހުން ކުރިއަށްގެންދިޔަ ގޭމެއްގެ ތެރެއިން ވަރަށް ގިނަކަންކަން ހިނގާފައި ވެއެވެ. އެއީ ފޮޓޯ ވީދާ ގޭމެވެ. އެ ގޭމްގައި ދެތަރިންގެވެސް މީގެ ކުރީގެ ފޮޓޯތަކެއް ޖަހާފައި ހުރި ފޮތެއް ދެ ދެއެވެ. އަދި އޭގެން އެ މީހުން ބޭނުންވާ ފޮޓޯއެއް ވީދާލަން ފުރުސަތު ދެއެވެ.

މި ފޮތުގެ ކޮންމެ ޕޭޖެއްގައި އިންނާނީ ދެ ތަރިންގެވެސް ކުރީގެ ފޮޓޯތަކެކެވެ. ކުރީގެ އެކި ދުވަސްތަކުގައި ނަގާފައިވާ ފޮޓޯތަކެކެވެ. އެ ގަނޑުތަކުގައި ތަތްކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން މީރާއަށްވެސް އަދި އައްޒަވެސް ކޮންމެ ގަޑަކުން އެއް ފޮޓޯ ވީދާލަން ޖެހެއެވެ.

އެ ގޭމްގައި ބައިވެރިވުމަށް ޖުމާވެސް އާދެއެވެ. ޖުމާ އެ ދެ ތަރިންނަށްވެސް ފޮޓޯ ވީދުމުގައި އެހީ ވެއެވެ.

އެގޮތުން އެ ފޮތުގައި މީރާ އާއި ލަަވަކިންތެރިޔާ ފާލިހް އާއި އަދި އޭނާއާ ޖުމާ އާއެކު ނަގާފައިވާ ފޮޓޯއެއް ހިމެނޭ ގަޑެއް ވެއެވެ. އެތަނުން މީރާ ބޭނުން ފޮޓޯއެއް ވީދާލަން ފުރުސަތު ލިބުނުއިރު، އެ ފޮޓޯތަކުގެ ތެރެއިން އޭނާ ވީދާލީ އޭނާ އާ ޖުމާއާއެކު އިން ފޮޓޯއެވެ.

އޭގައި ހިމެނެނީ މީރާ އާއި ފާލިހް ހަނީމޫނަށް ގޮސް ނެގި ފޮޓޯއަކާއި، މީރާ އާއި ޖުމާ އެކުގައި ނަގާފައިވާ ފޮޓޯއެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދޮންކަލޯ

    މަ ޕީސް🤧🔪✌🏻

    16
    1
  2. މީހާ

    މީރާއާ ފާލިހްއާ ރުޅީތަ؟ މިހެން މި ބުނީ އިންސްޓާގައި އެ ދެ މީހުން އެއްކޮށް ނުފެންނާތީ!

    35
    1
    • މިރާ

      ޑިވޯސްޑް ނައު

  3. ފާ

    ޥަރި ވެއްޖެ އޭ ވެސް ކިޔާ

    14
  4. ޟޮދް

    ޟި ދޭތެރެ ޖައްސަން ގެންނަ ޝޯއެއް.

    9
    1
  5. ޖިމާުއު

    މީ ދެން ކޮން ބައެއްގެ ވާހަކަތަ މި ގެންނަނީ، މި ރޯދަ މަހުގައި. ވަރިފަށުން އަރާ ނުގަނެވި މަތި މައްޗަށް ކައިވެނިތައް ކުރަމުން ޢެދަނީ. ތާހިރުކޮށް ދިރިއުޅުން ހުންނާތީ އެހެން ވަނީ. އަހަރެން ވަކި އަންހެން އަދި ފިރިހެން ޢިސްތިނާނުކޮށް މި ބުނީ.