"މާހަތު ހުސައިން (މާތު) ސަންގް ޓީވީ" މިއީ އަޅުގަނޑު މި އާޓިކަލް ފަށަން ބޭނުންވާ ގޮތެވެ. އޭނާ އަކީ ކޮންމެ ޕްރޮގްރާމެއްގައި ގެނެސްދޭން ބޭނުންވާ ކޮންމެ މައުލޫމާތަކަށް ވެސް އެފަދަ ދެވަނައެއް މަދުން ނޫނީ ނުފެންނާނެ ފަދަ ހުނަރުވެރި ނޫސްވެރިއެކެވެ. ބޮޑު އިވެންޓެއް ވިޔަސް، ބޮޑު ލައިވް ކަވަރޭޖެއް ވިޔަސް ނޫނީ ބޮޑު މުޒާހަރާއެއް ކަވަރު ކުރަން ވިޔަސް، އެ ހުރީ މާތު އެވެ. އިޖުތިމާއީ މައްސަލައަކަށް ވިޔަސް، ސިޔާސީ ހިޔާލު ތަފާތުވުމެއްގެ ޚަބަރު ގެނެސްދޭން ވެސް ހުރީ މާތު އެވެ. އޭނާ މިހާރު ރާއްޖޭގައި އެންމެ ވިދާލެވޭ ވީޑިއޯ ޖާނަލިސްޓުންގެ ތެރޭގައި އެކަކަށް މާތު ވާނެއެވެ.
މާތުގެ ސްކޫލު ދައުރުގެ ހަނދާންތައް!
މާތުއަކީ އައްޑޫ ސިޓީ ހުޅުދޫއަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާގެ ސާނަވީ ތައުލީމީ ހަޔާތް ސ.އަތޮޅު ތައުލީމީ މަރުކަޒުން ނިންމާލިއެވެ. އޭނާ އަކީ ސްކޫލްގައި އުޅުނުއިރު އަދަބީ ކަންތައްތަކުގައި ޝާމިލްވެ އުޅުނު ދަރިވަރެކެވެ. އެގޮތުން އާ އަހަރެއް ފެށޭއިރު އަބަދުވެސް ބަލާނީ، ދިވެހި ހަފްތާ އޮންނަ ދުވަހެއް ކަމަށާއި، އެދުވަހު އެންމެ ކުރާ ހިތްވާ ކަމަކަށް އޮންނަނީ ހަބަރު ކިޔުން ކަމަށް މާތު ބުންޏެވެ. އެހެންކަމުން މާތު ސްކޫލް ދައުރުން ފެށިގެން އޭނާ ވަރަށް ބޮޑަށް ނޫސްވެރިކަމަށް ޝައުގުވެރިކަން އުފެދުނުކަން އެނގެ އެވެ. މާތު ބުނިގޮތުގައި، ސްކޫލްގައި އުޅުނުއިރު އެންމެ ބޮޑު ޝައުގުވެރިކަމެއް ހުންނަނީ ވެސް ދިވެހި މާއްދާއަށެވެ.
ކުޑައިރުގެ ހަނދާންތައް!
މާތު ފާހަގަކުރީ އޭނާގެ ކުޑައިރުގެ ހަނދާންތަކުގެ ތެރެއިން އުމުރުން 16،15 އަހަރު ހިސާބުގައި ކުރި ކަމެއްގެ ވާހަކަ އެވެ. މާތު ބުނީ، އެއިރު ޓިއުޝަން ނިންމާފައި ދަނީ ޖޫސް ޕެޓީ ގަންނަން ކަމަށެވެ.
"އެއިރު ދެން ކޮންމެވެސް އެކަކު ގެންގުޅޭނެ ބައިސްކަލެއް، ފަހަތުގައި ހުރެވޭނެ އެކަކަށް ކޮޅަށް، ދެން މާތު އިންނާނީ ފަހަތުގައި ކޮޅަށް، ދެން އެ ދާގޮތަށް ދުއްވާފައި އެތާ ކައިރީ އިންނަ ގެއަކަށް ޖޫސްޕެޓީ ގަންނަން، ދެން ދާނީ ފާލަން މައްޗަށް" ކުޑައިރުގެ ހަނދާންތަކުގެ ވާހަކަ ހިއްސާ ކުރަމުން މާތު ބުންޏެވެ.
މިފަދަ އެތައް ކަމެއް އޭރު އޭނާ ރަށުގެ ދިރިއުޅުމާއިއެކު އަދިވެސް ހިތުގައި ރައްކާ ކުރެވިފައި އެބަހުއްޓެވެ.
މާތު ނޫސްވެރިކަމަށް ޝައުގުވެރިކަން އުފެދުން!
"ކުޑައިރު ޓީވީން ފެންނާނެ އޮންކެމްސް އެއްޗެހި އެއިރު ދެން ޓީވީއެމް ބިއުރޯގައި ރާއްޖޭގެ ރަށްތަކުގައި އޮންކެމް ނަގާ ތަން ފެނުނީމަ އޮން ކެމްއަށް ޝައުގުވެރިވީ، އެއިރު އެކަމަކު އޮންކެމް ވޯކް ކުރާ ގޮތެއް ނޭނގޭނެ. ހަބަރު ކިޔުމާއި އޮންކެމް އާ ދާ ގޮތް ފުދޭވަރަކަށް ރީތިވީ، ސަޅި އެއްޗެއްގެ ގޮތުގައި އެއިރު ވިސްނުނީ ކުޑައިރު" އުމުރުން ވަރަށް ކުޑައިރުން ފެށިގެން ނޫސްވެރިކަމަށް ޝައުގުވެރިކަން އުފެދުނު މާތު ބުންޏެވެ.
މާތު ބުނީ، އެއިރު އޭނާއަށް އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ ނޫސްވެރިއަކީ، މަޝްހޫރު ނޫސްވެރިޔާ އަލީ ސުލައިމާން ކަމަށެވެ. ދެން ފަހުން ވީޓީވީ އާއި ދިޓީވީ އުފެދުނުއިރު، ވީޓީން އޭނާއަށް އަނާ ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ.
އަދި އޭނާ ވަރަށް ބޮޑަށް ދިޓީވީއަށް ފޮލޯ ކުރި ކަމަށް މާތު ބުންޏެވެ. މާތު އެތަނުގެ ނިއުސް ރޫމްގައި މަސައްކަތް ކުރަން ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދުނެވެ. އޭނާ އެތަނުގައި މަސައްކަތް ކުރުމަށް ފުރުސަތު ހޯދިއެވެ.
ފުރަތަމަ ފެށުން، ދިޓީވީގެ ކިޑްސް ޕްރޮގްރާމަކުން!
މާތު ގްރޭޑް 10 ނިންމާފައި މާލެ ބަދަލުވިއިރުވެސް، އޭނާގެ ޝައުގުވެރިކަން ހުރީ މީޑިއާ ދާއިރާއަށެވެ. އެއިރު މާތުގެ ދައްތަ ނަޒާހަތު އިބްރާހިމް ރަޝީދު (ނައްތު) މަސައްކަތް ކުރަމުން ދިޔައީ އެތަނުގައެވެ.
"އެއިރު ރޯދަމަހަކަށް 2016 ހިސާބުގައި، ކިޑްސް ޝޯވއަކަށް އިންޓަވިއުއަށް މާތު ގެންދިޔައީ، އިންޓަވިއު އަށް ގެންދިޔައީ، އިންޓަވިއު ކުރަނީ މިހާރު ސަންއޮންލައިންގައި އުޅޭ މިހޫ އާއި ސައުޝަތު. އޭގެ ތެރެއިން ލިބުނު ފުރުސަތެއް، އެއީ އެތަނުގައި އަހަރެއް ވަންދެން އުޅުނިން" މާތު ބުނީ، އެތަން ބަންދު ކުރަންދެން އެތަނުގައި އެކި މަސައްކަތުގައި އޭނާ ޝާމިލްވެ އުޅުނު ކަމަށެވެ. އެއީ ވޮލެންޓިއަރ ކޮށެވެ. އެއްވެސް ކަހަލަ އުޖޫރައަކާއި ނުލައެވެ.
މާތު މީޑިއާ ދާއިރާއަށް ވަންއިރު، އެ ދާއިރާގައި ނައްތު އުޅުނެވެ. އޭނާ އެ ދާއިރާއިން ކުރިއަށްދާން އެންމެ ބޮޑު ސަޕޯޓެއް ދިން މީހަކީ ނައްތު އެވެ. ނައްތު ދިން އެ ސަޕޯޓާއެކު، މާތުގެ މައިންބަފައިންގެ ރުހުން އެކަމަށް ލިބުނެވެ.
"ދިޓީވީގެ ނިއުސް ރޫމަށް ވަދެވުނީ ވަރަށް ތަފާތު ގޮތަކަށް، އެއީ ކިޑްސް ޝޯ ހުށަހަޅަން އުޅެއުޅެފައި، ދެން ގޭގައި ވަރަށް ފޫހިވާނެ، އެހެން އުޅޭތީ ދެން އަލަށް އައިސް އުޅުނީމައާއެކު ރައްޓެހިންވެސް ނުތިބޭނެ، ދެން ހަމަ ކުރާ ކަމަކީ ނައްތުއަށް ގުޅާފައި ބުނަނީ އޯކޭހޭ ދިޔަޔަސް"، އެގޮތަށް އެތަނަށް ގޮސް އުޅެމުން ރަނގަޅަށް ޓީވީގެ މަސައްކަތްތަގެ ތެރެއަށް ވަދެވުނެވެ.
މާތު ސަންގަށް ވަނުން، ވަރަށް ތަފާތު!
އޭނާ އަކީ މިހާރު ސަންގް ޓީވީގެ އެންމެ މޮޅު އެއް ނޫސްވެރިޔާ އެވެ. އެންމެ ދޫފަރިތަ އެކަކެވެ. ހުރިހާ ދާއިރާއެއްގެ ހަބަރުތައް ކަވަރު ކުރާ އޯލް އިން ވަން އެކެވެ. އޭނާ އަކީ މުޒާހަރާތައް ކަވަރު ކުރުމުގައި އެފަދަ ދެވަނައެއް ނުވާ ނޫސްވެރިއެކެވެ. ބޮޑެތި ލައިވްތަކަށް އަރަން އަބަދުވެސް ހުންނަނީ ތައްޔާރަށެވެ. ބޮޑެތި އިވެންޓްތަކުގައި ބޮޑެތި ސުވާލުތައްކޮށް، ގިނަބައެއްގެ ލޯބި ލިބިފައިވާ ނޫސްވެރިއެކެވެ.
"ސަންގުގައިވެސް ވީ ހަމައެހެން، އެތަނަށް ގޮސް އެތަނުގެ ސްޓާފެއް ނޫން އެކަމަކު، ހަމަ އެތަނުގައިވެސް އެ މީހުން ލިޔަން ފެށީމަ އެ މީހުންގެ ލިޔުން ބަލައިގެން ހުންނަނީ، ފުރަތަމަ ސަންގުގެ ކިޑްސް ޝޯވތައް ހުށަހެޅުމަށްފަހު އެރީ ފުރަމެންދުރު ކިޔާ ޝޯއަކަށް، މާތު ހަތަރު އަހަރު ވަންދެން އެ ޝޯ ހޯސްޓް ކުރިން" މާތު ބުންޏެވެ.
މާތުއަށް އެ ޕްރޮގްރާމަށް އަރަން ފުރުސަތު ލިބިގެން ދިޔައީ، އެތަނުގައި ކުއްލިއަކަށް މުވައްޒަފުންތަކެއް ވަކިވުމާއެކު ޕްރޮގްރާމަށް އަރާނެ މީހަކު ނުވުމުން ލިބުނު ފުރުސަތެއްގައެވެ.
"އެއް ދުވަހު އަސްވާޑް އައިސް ބުނެފި، ކޮބާ މާތު ފުރަމެންދުރަށް އަރާލަން ވީ ނޫންހެއްޔޭ، ބުނީމަ ފުދޭވަރަކަށް އޮކްވާޑްވެސް ވި، ދެން މާތު ބުނިން އޯކޭއޭ މައްސަލައެއް ނެތޭ، އެއީ ފުރަތަމަ އެރި ޕްރޮގްރާމް"
މާތު ފުރަތަމަ އޮންކެމްއަކަށް ނަގާފައި ވަނީ މޫސުމާއި ގުޅުން ހުރި އޮން ކެމް އެކެވެ. މާތު ބުނީ، އެފަހަރުވެސް 15 ފަހަރަށްވުރެ ގިނަ ފަހަރު އޮންކެމް ޝޮޓްތައް ޖައްސަން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު އެއް ޝޮޓުން ޖައްސާލެވޭނެ ކަމަށް މާތު ބުންޏެވެ.
މާތު އެ ޝޯއަށް އެރުމުގެ ކުރިން ހަބަރު ލިޔެ އުޅުނެވެ. އެއިރު އޭނާ ލިޔެ އުޅުނީ މިނިސްޓްރީތަކުން ފޮނުވާ ބަޔާނަށް ތައްޔާރުކުރާ ޚަބަރުތަކެވެ. މާތު ދާއިރާއަށް އޮންނަ ޝައުގުވެރިކަމުގެ ބޮޑުކަމުން ދިޔައީ، އޭނާއަށް ތަންތަނުން ފުރުސަތު ލިބޭތޯ އެޕްލައި ކުރަމުންނެވެ. އަދި އެ ސްޓޭޝަންތަކުގެ ފޭސްބުކް ޕޭޖަށް މެސެޖްވެސް ކުރަމުންނެވެ. އޭނާ ބޭނުންވީ ވޮލެންޓިއާކޮށްވެސް އެ މަސައްކަތް ކުރާށެވެ. މާތު ބުނީ، އޭނާ ރާއްޖޭގެ ނަގާ ކިޔާލެވޭ ހުރިހާ މީޑިއާއަކަށް ކަހަލަ ގޮތަކަށް މެސެޖް ކުރި ކަމަށެވެ.
"އެކަމަކު ފުރަމެންދުރަށް އަރަން ފުރުސަތު ލިބުނީމަ ހިތައް އެރީ އާ އޯކޭއޭ، މި ލިބުނީ ޗާންސްއެކޭ، ދެން އެއިރުވެސް ހަބަރު ލިޔުނިން، އެއީ އިއްސެމެން އިވެންޓް ނިންމާފައި އައިސް ދޭނެ، އާއްމުގޮތެއްގައި އެންވެރޮމެންޓް މިނިސްޓްރީ ކަހަލަ ތަންތަނުން ދޭނެ ބަޔާން ދިނީމަ، އެއިރު އޮންލައިންއެއް ނުއިންނާތީވެ، އެ އެއްޗެހި ކޮމްޕައިލަށް މި ލަނީ ކަނޑާލާފައި، ދެން އެއިރު ނިއުސް ހެޑަކަށް އުޅޭނެ އޭޑީ. އޭނާ ބުނާނެ ކޮންމެވެސް ވަރަކަށް ސެންޓެންސް ކަނޑާލާށޭ. އެހެން ހަދަމުން ހަދަމުން އައިސް މަޑުމަޑުން އެ މީހުން ކިޔާދޭން ފެށީ. އެއިރުވެސް ނިއުސް ރޫމަކަށް ނުއެއް ވަންނަން، ނޭނގޭ އަސްލު ނިއުސް ރޫމަށް ވަދެވުނު ގޮތެއްވެސް"
ކެރިއާ ބޫސްޓެއް އައީ މުޒާހަރާތަކަށް ނުކުންނަން ފެށި ހިސާބުން!
މާތުއަކީ މުޒާހަރާތައް ކަވަރު ކުރުމުގައި އަބަދުވެސް ފެންނަ ނޫސްވެރިއެކެވެ. ސަންގް ޓީވީގެ މައިކް ހިފައިގެން ރައްޔިތުންނަށް އެ މަންޒަރު ދަށްކަމުންދާއިރު، ފަހަތުން ވާ ކަންކަން ކިޔާދެމުން ދަނީ މާތުއެވެ. މާތު ބުނީ، އޭނާ މުޒާހަރާތައް ކަވަރު ކުރަން ނިކުތް ހިސާބުން ކެރިއާ ބޫސްޓެއް ލިބުނު ކަމަށެވެ.
"މުޒާހަރާތަކަށް ނުކުންނަން ފެށީމަ ނޫސްވެރިންނާއި، މީހުންވެސް ދިމާވީމަ ބުނާނެ އަންހެން ކުއްޖަކު ކުރަން މާ ރަނގަޅު ކަމެއް ނޫނޭ، އަސްލު ހީނުވޭހޭ މާ ކުޑަހެން މީގެ ތެރޭގައިއުޅެން، އެއިރު 18، 19 ވާނީ. މާތު ބުނަން ނޫނެކޭ، ކުރާ ހިތްވާތީއޭ ކުރަނީ"
މާތު މުޒާހަރާއަށް ދާތީ ސަންގު ޓީވީގެ ވެރިޔާ އަސްވާޑު ކައިރީގައިވެސް މީހުން އެ ވާހަކަދެއްކިއެވެ. އަސްވާޑު ދިން ޖަވާބަކީވެސް މިއީ އެވެ. އޭނާ ކުރާ ހިތުން ކުރާ ކަމަކަށް ވާތީ ދަނީ އެވެ. އޭނާ މާތުއަށް އިތުބާރު ކުރާ ވާހަކަވެސް ބުނި ކަމާށް މާތު ބުންޏެވެ.
"އަސްލު އެއީ ކަންނޭނގެ މާތުއަށް ރިއަލައިޒްވި ސަބަބަކީ، އެބަ ޓްރަސްޓް ކުރެޔޭ، އެހެންވީމަ ކޮންމެ ކަމެއް ކުރެވޭނެއޭ"
މާތު ބުނީ، ސަންގް ޓިވީ އޭނާއަށް އެ ފުރުސަތު ދިން ކަމަށެވެ.
މާތުގެ ހާއްސަ ޝުކުރު!
"އެންމެ ބޮޑު ޝުކުރެއް މަންމަ އާއި ބައްޕައަށް. ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. ހަމައެކަނި ހުރި ދަރިފުޅަށްޓަކައި ކުރާ އުންމީދުތައް ހަގީގަތަކަށް ހަދަން. ނައްތު ވަރަށް ބޮޑަށް އެހީ ވި. މިހާ ހިސާބަށް އާދެވުމުގެ އެއް އަސްލަކީ އެއީ. ހާއްސަކޮށް ނައްތު ދޮންތައަށް. ސަންގުޓީވީ މާތުއަށް ވާ ގޮތަށް، މާތު އަކީ ސަންގު ޓީވީކަމަށް ގަބޫލު ކުރަނީ. މިވީ ހަތަރު އަހަރު ތެރޭ، ތަނުގެ އެންމެ އިތުބާރު ކުރެވޭ މުވައްޒަފަށް ވީ ވަރަށް މަސައްކަތުން. އަސްވާޑު އާއި ލިޒީކޮށްދޭ މަސައްކަތް އަބަދުވެސް އެޕްރިޝިއޭޓު ކުރަން. އެ އިތުބާރު އަބަދުވެސް ދަމަހައްޓާނަން. ގާތް އެކުވެރިން. އެ އެކުވެރިން، ކުރިޔަށް ދާން ދިން ހިތްވަރު" މާތުގެ ޝުކުރު ލިސްޓު ކިޔަމުން ބުންޏެވެ.
މާތުއަކީ މިހާރު ސަންގްޓިވީ ނިއުސް ރޫމްގެ އެންމެ ދުވަސްވީ އެއް މުވައްޒަފެވެ. އަދި މިވަގުތު އެތަން ހިންގުމާއި ހަވާލުވެ ހުރީ އޭނާ އެވެ.
މާތު އަކީ ކުރަން ބޭނުންވާކަމެއް ކުރުމަށް ހިތްވަރު ހޯދަން އެންމެ ފުރިހަމަ މިސާލެވެ.
ހެއްހެއް ލިޔެފި ލިޔެފި.
މީގެންވެސް އެނގެނީ ހަ މަ ފަރުވާ ކުޑަ ކޮށްލަނީކަން. ފެށިގޮތްވެސް ތަފާތު. އޯވަރއޯލް މިއާރޓިކަލް މި އިނޓަވިއު ގެންދިޔަ ގޮތްވެސް ވ.ރަނގަޅު.
ސޯ ފާ ޔޯ ބެސްޓް އާރޓިކަލް.
ޙަ މަ ތެދައް މިބުނީ. (:
މާތު އަކީ ސަޅި ނޫސްވެރިއެއް
މި ކުއްޖާ ސަންގުގަ ކިތައްމެ ދުވަސް ވިއަސް މި ކުއްޖާގެ ރިޕޯޓުތަކުން ވަރަށް އާ ކުއްޖެއް ހެން ހީވަނީ
ލޯބި ...ކުއްޖެއް 😘😘😘
ޕްރެސްކޮންފަރެންސްތަކުގައި މަބުރޫޚް މާހަތުއަށް މުހާތަބުކޮށް "މާތު، ސަންގު" އޭ ބުނުމުން އަޅުގަނޑަށް ހީވީ، "ވާއަތު ސަންގު" ހެން. މާފަށް އެދެން.
ކޮއްކޮ! ބުރުގާ އަޅާބަލަ. އޭރުން ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބޭނެ.
މާތުއަކީ ހަގީގަތް ހާމަކުރާ ހަގީގަތް ސާރުކޮށްދޭ ކުޅަދާނަ ނޫސްވެރިއެއް. އޭނާއަކީ މިސަރުކާރުން ޖަހާހާ ބެރަކަށް ނަށާނޫސްވެރިއެއްނޫން. މާތުގެ މަސައްކަތުން ކަރަޕްޝަންގެ އެތައްހާއްޔެއް ފަޅާލި. އަދި ވައްކަން ހާމަ ކުރި. މީހުންގެ ކަންބޮޑުވުން ހުރި އެތައް ކަމެއް އެދަނީ ތިލަކޮށް ސާފުކޮށްދެމުން. މާތުގެ މަސައްކަތައް އިޖާބަ ނުދީ ސަރުކާރަށްވެސް ހިމޭނުން ނޯވެވޭތީ އެކަމުގެ ތެރެއަށް ސަރުކާރު ވަންނަން މަޖުބޫރުވޭ. ވަރަށް ޝައުގެވެރިކޮށް ކުޅަދާނަކޮށް ރިޕޯޓްވެސް ހުށަހަޅާ ކުއްޖެއް އެއީ.
ޢެހާ ޝަ އުގުވެރި އެ އްނޫން އަހުންނަކަށް. ކުޑަކު އްޖަކު ފިލާވަޅެ އް ކިޔާހެން ހީވަނީ އިންޓަރވިޔޫ ކުރާ އިރުވެސް
މީ ވރަށް ހި ތްވަރު ކުރާ ކުއްޖެއް
އަބަދުވެސް ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ ކުއްޖެއް. ބަހުރުވަ ވެސް ވަރަށް ހަޑި
މިހާރު މިއޮތް ދެބޯގެރި ސަރުކާރަށް އެއްމެ ޗެލެންޖިން ނޫސްވެރިޔާ ، ޕްރައުޑް އޮފް ޔޫ .