މުނިފޫހިފިލުވުމަށް ފިލްމުތައް ބެލުމާއި ސީރީސްތައް ބެލުމަށް އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ޕްލެޓްފޯމަކީ ނެޓްފްލިކްސް އެވެ. އެއް އެކައުންޓަކުން އެތައް ބަޔަކަށް ފިލްމުތަކާއި ސީރީސްތައް ބެލޭއިރު ބެލުންތެރިންގެ މެދުގައި މަޝްހޫރު ފިލްމުތައްވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި މަނީ ހެއިސްޓް އާއި ވިޗާ، ކޮބްރާ ކައިފަދަ ފިލްމުތައް ހިމެނެ އެވެ.

ނެޓްފްލިކްސް އިން މިހާރު މިވަނީ ބެލުންތެރިންގެ މެދުގައި އެންމެ މަޝްހޫރު ސީރީސްތަކުގެ އާ ސީޒަންތައް ނެރޭނެ ތާރީހުތަކެއް ޢާންމުކޮށްފަ އެވެ. ކޮވިޑާއި ގުޅިގެންނާއި އެހެނިހެން ކަންކަން މެދުވެރިވެގެން ނެޓްފްލިކްސްގެ ސީރީސްތައް ގެނެސްދިނުން ވަނީ ދިގުމުއްދަތަކަށް ލަސްވެގެން ގޮސްފައެވެ.

ނެޓްފްލިކްސްގެ ހިއްސާދާރުންނަށް ފޮނުވި ސިޓީއެއްގައި ނެޓްފްލިކްސް އިން ބުނީ ނެޓްފްލިކްސްގެ އެންމެ މަޝްހޫރު ސީރީސް މަނީ ހެއިސްޓް 5 އަދި އެންމެ ފަހުބައި މި އަހަރުގެ ފަހު ކުއާޓަރުގައި ނެރޭނެ ކަމަށެވެ.

މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދެން ދައްކާނެ ސީރީސްތަކުގެ ތެރޭގައި ދަ ވިޗާރ ސީޒަން 2، ޔޫ ސީޒަން 3، ސެކްސް އެޑިއުކޭޝަން ސީޒަން 3، ކޮބްރާ ކައި ސީޒަން 4 އަދި އިތުރު ސީރީސްތައްވެސް ހިމެނެ އެވެ.

ފަހު ކުއާޓަރުގައި ދައްކާނެ ފިލްމުތަކުގެ ތެރޭގައި ރެޑް ނޯޓިސް، އެސްކޭޕް ފްރޮމް ސްޕައިޑާރ ހެޑް ހިމެނެ އެވެ. ނެޓްފްލިކްސް އިން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރިން ރިލީޒްކުރާނެ ކަމަށް ބެލެވުނު ސީރީސްތައް ދިމާވި ޓެލްނިކަލް މައްސަލަތަކާއި ގުޅިގެން ލަސްކުރަން މަޖުބޫރުވީކަމަށެވެ.

ނެޓްފްލިކްސް އިން ދެން އެންމެ ގިނަ ބަޔަކު ބަލާ އެއް ސީރީސް އަކީ ސްޓްރޭންޖާރ ތިންގްސް އެވެ. މި ސީރީސްގެ އާ ސީޒަންވެސް ކޮވިޑާއި ގުޅިގެން ވަނީ ލަސްކޮށްފަ އެވެ. މިހާރު މި ސީރީސްގެ އާ ސީޒަން ދައްކާނެ ކަމަށް ނެޓްފްލިކްސް އިން ބުނީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުގައި އެވެ.