އާމިނަތު އަމީނާ ނައީމް (އަނާ) އަކީ މިހާރު ރާއްޖޭގައި ހުރި ބްރޯޑްކާސްޓިން ދާއިރާގެ ނޫސްވެރިންގެ ތެރޭގައި ގުނާލެވޭ އެކަކެވެ. ލ.އަތޮޅުގެ އެންމެ އާބާދީގޮތުން އެންމެ މަދު މީހުން އުޅޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ކުނަހަންދޫއަށް ނިސްބަތްވާ މި ނޫސްވެރިޔާއަކީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ޓީވީ ޗެނަލް ވީޓީވީ އަދި މިހާރު ވީމީޑިއާއިން ނޫސްވެރިކަމަށް ވަދެ، އެންމެންގެ މެދުގައި މަގުބޫލް ނޫސްވެރިޔަކަށް ވެގެން އައި ޒުވާނެކެވެ. ރާއްޖޭގައި މިހާތަނަށް ހިނގައިދިޔަ ބޮޑެތި އެތަކެއް އިވެންޓުތަކާއި ހަފުލާތަކުގެ ބެލުންތެރިންނާއި ހަމަޔަށް ވީޓީވީ މެދުވެރިކޮށް ގެނެސްދިން ގިނަ ފަހަރުތަކުގައި އަނާގެ މޫނު ނުފެންނަ ފަހަރު މަދެވެ.

ރާއްޖޭގެ އިޖްތިމާއީ އެތައް މައްސަލަތަކާއި، ނޭއްގާނީ އެތައް އަމަލުތަކެއްގެ ވާހަކަތަކެއް އޭނާ ގެނެސްދީފައިވެއެވެ. ހާއްސަކޮށް އިޖްތިމާއީ އެތައް މައްސަލަތަކާއި ގުޅުން ހުރި ރިޕޯޓްތަކަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ރިޕޯޓުތަކެކެވެ. އަނާގެ ހުށައެޅުންތެރިކަމަކީ ވެސް ގިނަބަޔަކު ފާހަގަކުރާ ކަމެކެވެ. މަޑުމައިތިރި، އަދި ނަގައިގަންނަން ފަސޭހަކޮށް ހުށައަޅައިދޭ ހުށައެޅުންތަކަކީ ވެސް އަނާގެ މަގްބޫލުކަން މުޅި ރާއްޖެއަށް ފެތުރިގެން ދިޔަ އެއް ސަބަބެވެ.

ނޫސްވެރިކަމުގައި މިވަގުތު ހަރަކާތްތެރިވެ ނޫޅުނު ނަމަވެސް އަނާ ވަނީ ގައުމީ ޔުނިވާސިޓީން ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހާސިލްކޮށްފައެވެ. ހަމަ ޔަގީނުންވެސް އަނާގެ ކުޅަދާނަކަން އޭނާ ހޯދީ އެ އަޑަކުން އެކަންޏެއް ނޫނެވެ. ނޫސްވެރިކަމުގެ ރިވެތި އަހުލާގު ނުވަތަ "އެތިކްސް" ވަރަށް ބޮޑަށް ހިފަހައްޓައިގެންނެވެ. ނޫސްވެރިކަމުގެ ދާއިރާއިން މިހާތަނަށް އެވޯޑުތަކެއް ހާސިލްކޮށްފައިވާ އަނާގެ ކާމިޔާބު ކެރިއަރުގައި އެ އަހުލާގު އެއްހަމައެއްގައި ދެމެހެެއްޓުމަކީ އަންނަން އޮތް ޖީލުގެ ނޫސްވެރިންނަށް ރިވެތި ނަމޫނައެކެވެ. އަނާއަކީ މިހާރު ވީޓީވީގެ މޫނެއް ނޫނެވެ. މިހާރު އެއީ ޒިންމާދާރު އެއް ކޮމިޝަން ކަމަށްވާ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރެކެވެ.

މަޝްހޫރު ނޫސްވެރިޔާ އަނާ

އަނާ ސްކޫލް ދައުރުގެ ހަނދާންތައް، މާ ބަސް އަހާ ކުއްޖެއް ނޫން!

އަނާ ވިދާޅުވިގޮތުގައި، އޭނާއަކީ ސްކޫލްގައި އުޅުނުއިރު މާ ބަސް އަހާ ކުއްޖެއް ނޫނެވެ. އޭނާ ސްކޫލް ތެރޭގައި ސަކަރާތް ޖަހާވެސް ހަދައެވެ. އެގޮތަށް އުޅޭތީ އޭނާ ކްލާހުން ބޭރަށް ލާ ހަނދާންތައް އަދިވެސް ސްކޫލް ދައުރުގެ އެންމެ މަޖާ ހަނދާންތަކުގައި ގޮތުގައި އެބަހުއްޓެވެ.

"އަނާ ސައިނަސް ހުންނާނެ، ތަންކޮޅެއް ކުރިން ވަކިން ބޮޑަށް ހުންނާނެ. ތަންކޮޅެއް ބާރަށް ކިނބިއްސެއް އެޅުނީމަ ވެސް އިންނާނެ ބޭރަށް ނެރެފައި، އެހާ ދެން ބަސް އަހާ ކުއްޖެކޭ ނުބުނެވޭނެ".

އަނާ ރަށުން ގްރޭޑް ހަތަކާއި ހަމައަށް ކިޔެވިއެވެ. އޭގެ ފަހުން ގްރޭޑް 8 ކިޔެވީ ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ ސްކޫލްގައެވެ. އަނާ ފަހުން ފޮނަދޫ ސްކޫލްގައިވެސް ކިޔެވިއެވެ. އަދި މާވަށު ސްކޫލްގައިވެސް ކިޔެވިއެވެ. އޭގެ ފަހުން އޭނާ މާލެ ބަދަލުވެ، 2006 ގައި ގްރޭޑް 10 ނިންމާލިއެވެ.

އޭނާ ގްރޭޑް 10 ނިންމާލީ އެމްއީއެސްގައެވެ. އެ ސްކޫލް އިތުރު ހަރަކާތްތަކުގައި ވެސް އަނާ ބައިވެރިވިއެވެ. އެގޮތުން އަދަބީ ބުސްތާނާއި ވާހަކަދެއްކުމުގެ މުބާރާތާއި، ލަވަކިޔުމާއި، ފެޝަން ޝޯވ ފަދަ އިތުރު ހަރަކާތްތަކުގައި ބައިވެރިވިއެވެ.

ސުނާމީގެ ހިތްދަތި ކާރިސާއިން ނޫސްވެރިކަމަށް އުފެދުނު ޝައުގު

އަނާގެ ނޫސްވެރިކަމުގެ ހަޔާތާއި ގުޅިފައި ވަނީ އޭނާގެ ކުޑައިރުގެ ދިރިއުޅުމާއެވެ. ކުޑައިރު ޓީވީން ހަބަރުކިޔާ ތަން ފޫހިކަމެއް ނެތި ބަލައެވެ. ހަބަރު ކިޔުމުގެ ރާގާއި އެ ހުނަރު ނަގައިގަތެވެ. މިއީ އަނާގެ ކާމިޔާބު ކެރިއަރަށް ހިތް ޖެހެން ފެށި ހިސާބެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ހަބަރު ކިޔުމާއި ޕްރެޒެންޓްކުރަން ޝައުގު ހުންނަ އަނާއަށް ގިނަ ކަންތައްތަކެއް އޭރު ޓީވީން ފެނުނު ހުށައެޅުންތަކުުން ދަސްވިއެވެ.

"މަންމަ ފިލާވަޅު ދަސްކުރަން ބުނީމަވެސް، އަނާ ފިލާވަޅު ކިޔާނީވެސް ބާރަށް، ހުށަހަޅައިދޭ ގޮތަށް. އެހެންވީމަ ކުޑައިރުވެސް ހުރޭ ކޮންމެވެސް ކަހަލަ ޝައުގެއް އެ ދާއިރާއަށް ނުކުތުމަށް"

އަނާ ފާހަގަކުރެއްވި ގޮތުގައި، އޭނާއަށް އެންމެ ބޮޑަށް މި ދާއިރާއަށް ޝައުގުވެރިކަން އުފެދިގެން ދިޔައީ 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި އެރި ސުނާމީ ކަވަރޭޖުގެ މަސައްކަތްތައް ފެނިގެންނެވެ. އޭރު ކަވަރޭޖް އެތައް ދުވަހަކަށް ދެމިގެން ދިޔައިރު، މިއީ ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް އޭނާ އަށް ގަބޫލުކުރެވުނު ކަމަށް އަނާ ވިދާޅުވިއެވެ.

އަނާ، މިއީ ގިނަ ނޫސްވެރިންނަށް ހުރި ނަމޫނާއެއް

ކަން ދިމާކުރި ގޮތުން ސުނާމީ އެރިއިރު އަނާ ހުރީ އުފަން ރަށުގައެވެ. ޑިސެމްބަރަކީ ބޮޑު ޗުއްޓީ ކަމުން ގިނަބަޔަކު ޗުއްޓީއަށް ރަށަށް ދިޔަ ފަދައިން އަނާ ވެސް ދިޔައީ ރަށަށެވެ. ނަމަވެސް މިފަހަރު ޗުއްޓީ އަނާއަށް ތަފާތުވިއެވެ. 2004 ގެ ސުނާމީ ކާރިސާ ރާއްޖެއަށް ކުރިމަތިވިއިރު އޭރު ޓީވީއެމުން މެދުނުކެނޑި ގެނެސްދިން ލައިވް ކަވަރޭޖަށް އަނާ ވަރަށް ގަޔާވިއެވެ.

"އޭރު އެއް ރަށުން އަނެއް ރަށަށް ނުވެސް ގުޅޭ، ކޮމިއުނިކޭޓް ނުކުރެވޭ ހާލަތަކަށްވެސް ދިޔަތާ، އެހިސާބުން ހިތަށް އެރި ގައުމީ ހިދުމަތެކޭ ހަމަ. އެ ހިސާބުން ބޮޑަށް އެ ދާއިރާއަށް އިންޓަރެސްޓް އުފެދުނީ." އަނާ ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ފެށުން "ވީޓީވީ" އިން، އަނާ އަކީ އެ ޓީވީގެ ބްރޭންޑެއް

އަނާ އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ ކެއާ ސޮސައިޓީގައެވެ. އެތަނަށް ވަޒީފާއަށް ނުކުތްތާ ހަފްތާއެއް ތެރޭގައި އޭނައަށް ފެނިގެން ދިޔައީ ހަވީރު ނޫހުގައި ވީޓީވީއަށް މުވައްޒަފުން ނަގަން އުޅޭ ކަމުގެ އިއުލާނެކެވެ. އެއީ އެ ޓީވީ ސްޓޭޝަން އުފެއްދުމަށްޓަކައި ބެޗެއް ނަގަން އުޅޭ ކަމުގެ އިއުލާނެވެ.

"އެއީ އެ ނޫހުގެ ޕްރިންޓެޑް ވާޝަން، ދައްތަށް މި ފެނުނީ އޭތި، ފެނިގެން ދައްތަ މި ބުނަނީ ރަނގަޅު ފުރުސަތެކޭ، މިއަށް އެޕްލައި ކުރަންވީ ނޫންހޭ، އެއިރު އެ ބެޗަށް އެޕްލައިކޮށްފައި އެ މީހުން އިންޓަވިއު ކުރި. އިންޓަވިއުއަށް ގުޅާފައި، އެ ތަނުން ޗާންސް ލިބުނީ ފުރަތަމަ ބެޗްގައި ބައިވެރިވާން، އެއީ 2007ގައި. ދެން އެތަނުން ފުރުސަތު ލިބުނީމަ ކެއާ ސޮސައިޓީއަށް ދިއުން ހުއްޓާލާފައި އެތަނަށް ޖޮއިން ކުރީ" އަނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ރީތި އެންމެ ތަޖުރިބާކާރު ނޫސްވެރިޔާ އަނާއާއެކު - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ވީޓީވީ ފެށުމަށް އޭރު ނެގި ބެޗް އެއް މަސްދުވަހުގެ ނޫސްވެރިކަމުގެ ތަމްރީނެއް ފުރިހަމަކުރުމަށް ފަހު އެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޗެނަލްގައި މަސައްކަތް ކުރުމަށް ނޫސްވެރިން ތަމްރީނުކޮށްފައިވަނީ ރިސޯޓެއްގައެވެ. މަސް ދުވަހަށް ކުރިޔަށްދިޔަ ނޫސްވެރިކަމުގެ ބޭސިކް ކޯހުން އަނާއަށް ގިނަ ކަންކަން ދަސްވިއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި 13 އަހަރަށްވުރެ ގިނަ އަހަރު ހޭދަކޮށްފައިވާ އަނާ ފުރަތަމަ ވީޓީވީގައި މަސައްކަތް ކުރަމުން ދިޔައީ ޕްރެޒެންޓަރ ޖާނަލިސްޓެއްގެ ގޮތުގައެވެ. އެއިރު އަނާ ޓީވީން ފެނުމުގެ ކުރިން ވީޓީވީ ތެރޭގައި އަހަރެއްހާ ދުވަސް ވަންދެން ތަމްރީންތައް ކުރިއަށް ދިޔައެވެ. އެއިރުވެސް ދިޔައީ ހަބަރު ކިޔަމުންނެވެ. އެހެންކަމުން ވީޓީވީ ރާއްޖެއަށް ލައިވް ވެގެންދިޔައިރު، އެތަނުގައި އެއިރު ތިބި އެންމެން ތިބީ ވަރަށް ބޮޑަށް ކަމަށް ފަރިތަވެފައެވެ.

ކާމިޔާބު އެތަކެއް ޕްރޮގްރާމްތަކެއް، ގިނަބަޔަކު ބަލައިގަތް ހުށައެޅުންތަކެއް

އަނާއަކީ ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެންބަރުކަން ލިބިވަޑައިގަތުމުގެ ކުރިން ވީޓީވީގައި އެންމެ ބުރަކޮށް މަސައްކަތް ކުރި އެކަކެވެ. އޭނާ ވަނީ ފާހަގަކޮށްލެވޭ އެތައް މަސައްކަތްތަކެއް އާއްމުންނާއި ހަމައަށް ގެނެސްދީފައެވެ. އެގޮތުން އަނާ އަށް ކުރެވުނު ބައެއް މަސައްކަތުގެ ތަޖުރިބާ ތަކަށް ބަލާއިރު، އޭނާގެ އަމިއްލަ ޝޯ "އަނާ ބުނީތީ ފަރަށް"އެ ޝޯ އޭނާ ފާހަގަކުރިއެވެ. އެއީ އޭނާއަށް ވަރަށް ހިތްހަމަޖެހިގެން ކުރެވުނު މަސައްކަތެކެވެ.

"އެއީ ރަށުގެ އައިލެންޑް ލައިފް އަދި ޕްލަސް، ފަރުމަތިންނާއި މޫދުން އެއްޗެހި ކައިގެން އުޅޭ ގޮތް ގެނެސްދެވުނު، ވަރަށް އިންޓަރެސްޓިންގ ގޮތަކަށް ކަލްޗަރއާ އެއްޗެހި ގެނެސްދެވުނު ޝޯއެއް"

އަނާ ބުނީތީ ފަރަށް ދިއުން ޕްރޮގްރާމްގެ ތެރެއިން

އެއީ ވަރަށް ގިނަބަޔަކު މިހާރުވެސް ބަލާ ޝޯއެކެވެ. އަދި އެތައް ބައެއްގެ ސަޕޯޓް އަނާއަށް ލިބިގެންވެސް ދިޔައެވެ.

"ކުޑަކުދިންނަށް ކާންދޭންވެސް މަންމަވެސް އެ ޝޯ ދައްކާ މިހާރު، އެއީ ދޭތެރެއަކުންވެސް އަނާ އަންނާނެ އިންސްޓަގްރާމުން މެސެޖެއް. އަންނާނެ ތިމަންނަގެ ދަރިފުޅު ޝޯ ބަލައިގެން ނޫނީ ނުކައޭ، ދެން އަނާ ޖެހޭނެ ދޭތެރެއަކުން އެއިން ކުއްޖަކަށް ވީޑިއޯ ކޯލްއެއްކޮށްލަން. ވީޑިއޯއެއް ފޮނުވަން"

ރާއްޖޭގެ އެންމެ ރީތި އެންމެ ތަޖުރިބާކާރު ނޫސްވެރިޔާ އަނާއާއެކު - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އަނާ ވިދާޅުވީ، އެ ޝޯގެ ސަބަބުން ޓްރެންޑެއް ގާއިމް ކުރެވިގެންދިޔަ ކަން ގަބޫލު ކުރެވޭ ކަމަށާއި، އެއީ ރަށްރަށުގެ އާދަކާދަ އާއި ސަގާފަތްތައް ގެނެސްދިނުމަށް އެހެން ރަށްތަކުގައި އުޅޭ މީހުންނަށް ބާރަކަށް ވެގެން ދިޔަ ޝޯއެއް ކަމަށެވެ.

އޭނާ ކުރެވުނު އެންމެ ފާހަގަކޮށްލެވޭ އެންމެ ފަހުގެ މަސައްކަތްތައް ފާހަގަކުރައްވަމުން އަނާ ވިދާޅުވީ، 2019 ވަނަ އަހަރު ގަލޮޅު ފެހިއާބާދުގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ލައިވްއަށް އޭނާ އެރި ކަމަށެވެ.

"އިޝާނަމާދަށް ނުގޮވާނެ ކަންނޭނގެ އެއިރު، އެއިރު ބްރޭކިންގއަށް އެރިގޮތަށް އަނާ ފޭބީ އަނެއް ދުވަހު ފަތިހު. އެކަހަލަ ވަރަށް ޝައުގުވެރި މަސައްކަތްތަކެއް އެބަ ހުރި ކުރެވިފައި ޕްރެޒެންޓިންގަވެސް"

މީގެ އިތުރުން އޭނާ ވަނީ އިންތިހާބުތަކުގެ ކަވަރޭޖާއި، ބޮޑެތި އިވެންޓްތައް ޕްރެޒެންޓް ކޮށްދިންކަން އޭނާ ފާހަގަކުރިއެވެ.

އަދި އޭނާއަށް ހެދުނު ރިޕޯޓްތަކަށް ބަލާއިރު، ގުރުއާން ތަރުޖަމާތައް ކުނިގޮޑަށްއުކާލާ މައްސަލާގާއި އޭނާ ހެދި ރިޕޯޓްތައް ފާހަގަކުރިއެވެ. އަނާ ވިދާޅުވީ، އެ ރިޕޯޓްތައް ގެނެސްދިން ފަހުން ވަރަށް ބޮޑު އިމްޕެކްޓެއް އައި ކަމަށެވެ. އަދި އޭގެ ދެ ދުވަސް ފަހުން މުސްހަފުތައް އުކައިގެން ނުވާނެކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ބަޔާން ނެރުނު ކަމަށް އަނާ ވިދާޅުވިއެވެ.

"އަނާ ގަބޫލުކުރާގޮތުގައި، ރަނގަޅު އިމްޕެކްޓެއް އޭގެން އައި" އަނާ ވިދާޅުވިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރެއްވި އަނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

އަދި އޭގެ އިތުރުން، ދިވެހި މަސް ދޯންޏެއް އިންޑިއާ ކަނޑުގެ ސަރަހައްދުން އަތުލައިގެން، މަލިކަށް ގެންދިޔަ ހާދިސާއާ ގުޅުންހުރި ރިޕޯޓްވެސް އަނާ ފާހަގަކުރިއެވެ.

"އެއީ އަނާ މަލިކަށް ގުޅައިގެން މަލިކްގެ ވެރިމީހާ އާ ވާހަކަދައްކައިގެން އިންޓަވިއު ނަގައިގެން ފޯނު ކޯލް ރެކޯޑް ކޮށްގެން، އަނެއްކާ ދޯނީގެ ތިބި މީހުންނަށް ގުޅައިގެން ހާލު ބަލައިގެން، ވަރަށް އިންޑެޕްތްކޮށް ގެނެސްދިން ރިޕޯޓެއް އެއީ.އެއީވެސް ވަރަށް ހިތްހަމަ ޖެހޭ މަސައްކަތެއް".

ނޫސްވެރިކަމަށް ވަންނަން ބޭނުންވާ ޒުވާނުންނަށް އަނާގެ ނަސޭހަތް!

ނޫސްވެރިކަމުގެ ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް އަނާ މި ވަނީ ނަސޭހަތެއް ދީފައެވެ. އަނާ ވިދާޅުވެފައި ވަނީ، ލިޔުމާއި ޕްރެޒެންޓިންގއަކީ ވަރަށް ތަފާތު ދެ އެއްޗެއް ކަމަށާއީ، މުޖުތަމައުގައި ހިނގާ ވަރަށް ގިނަކަންކަމަށް ލޯ ހުޅުވެން ޖެހޭނެ ކަމަށެވެ.

"މިސާލަކަށް އެ ކުއްޖަކު އިންޓަރެސްޓް ހުންނަނީ ހިސްޓްރީއަށް ވެއްޖެއްޔާ ހިސްޓްރީ ވަރަށް ރަނގަޅަށް އެނގެން ވާނެ، އޭތި ދަސް ކުރަންވެސް ޖެހޭނެ، ޕޮލިޓިކަލް ވެއްޖެއްޔާ ޑެއިލީ ޕޮލިޓިކަލް ދާއިރާގައި ހިނގާ ކަންކަމުގެ އަޕްޑޭޓްސް ހަމަ ވަރަށް ރަނގަޅަށް ބަލާ އެނަލައިޒްކޮށް ވިސްނަން ވާނެ"،

އަަދި ލިޔަން ޝައުގުވެރިކަން ހުންނަ ކުދިން ބޮޑަށް ހަބަރު އެއްޗެހި ކިޔާ ހެދުން ރަނގަޅު ކަން އޭނާ ފާހަގަކުރިއެވެ.

"އަނާ ބުނާނީ ޕެޝަންއާއެކު ކުރީމައޭ ކުރިއަށްދެވޭނީ، އިންޓަރެސްޓް އެއީ އެންމެ މުހިންމު ކަންތައް، އިންޓަރެސްޓާއެކު ކޮންމެ ކަމެއް ފަށައިގަތަސް ހަމަ ކުރެވޭނެ" އަނާ ވިދާޅުވިއެވެ.

އަނާއަކީ ރާއްޖޭގައި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާއަށްވުމާއެކު، މި ނޫސްވެރިޔާ ޓީވީ ކުރިމަތިން ގެއްލުން ބޭނުން ނުވާ އެތައް ބަޔަކު ތިބޭނެކަން ޔަގީނެވެ.

ނަމަވެސް ދާއިރާއިން އެއްފަރާތް ވެލައި، މިހާރު އަނާ މަސައްކަތަކީ ފީލްޑްގައި މަސައްކަތް ކުރާ ނޫސްވެރިން މިހާރު ކުރާ މަސައްކަތަކީ ނޫސްވެރިކަމުގެ އެތިކްސްގެ ތެރެއިން ކުރާ މަސައްކަތެއް ތޯ ބެލުމަށެވެ. އަދި އަނާގެ އެދުމަކީ ދާއިރާގައި މަސަައްކަތް ކުރާ ނޫސްވެރިންނާއި އަދި އަލަށް ދާއިރާއަށް ވަނަން ނޫސްވެރިންވެސް، އާއްމުން ބަލައިގަންނަ ރަނގަޅު އެތިކްސްއަށް ފޮލޯ ކުރާ ނޫސްވެރިއަކަށް ވުން ކަމަށް އަނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހުޅުދޫ

    މާތު އެންމެ ރީތީ.

    16
    13
    • ސުތުލިއަމީނާ

      މާތޭ؟؟ ކޮންތަނެއް ރީތި މީހެއް؟؟ މި އަމީނާ ވެސް
      މި ދީޕިކާ ހެދިގެން އަމިއްލަޔަށް ރީތިވެގެން އުޅޭ މީހެއް..އެޓެންޝަން ހޯދަން ސުތުލިން ހެދުނެއްވެސް ފެހި.. ކިހިނެއް މި މީހުން ރީތިވާނި އަމިއްލަ ނަން ހަޑިވެގެން އެ ނަމުން ނުކިޔަން އެހެން ނަމެއް ބޭނުން ކުރަނީ އަނާ އޭކޭ ކިޔާފަ

      35
      12
  2. ސައްތާރުބޭ

    އަދި އަލައް މި އަޑު އެހީވެސް މީނަ ވާހަކަ، ޕްލަސް ކޮން ގޮތަކުން “އެންމެ” ރީތީ ؟؟

    32
    13
  3. މޫސާ ވަސީމް

    ވަގުތު މީހުންބުންޏަސް އަނާ އަކީ ރާއްޖެއިންވެސް ރީތި ކުއްޖެއް.މިސް މޯލްޑިވުސް އަށްވެސް ވާދަ ކުރާނެ.މަށަށް ވަރަށްރީތި.އައި ލަވް ޔޫ.ތިގޮތުގަ ކުރިޔަށް ދޭ...ކާމިޔާބަށް އެދެން އަބަދުވެސް.

    27
    20
    • ގުރަހަ

      ރީތީކޮންތަނެއްބާވައެވެ ރީތިކަމަކީ ދެއްކުންތެރި ކަމާ ބޮޑާކަމާ ކިބުރުވެރިކަން ބާވައެވެ...ނާތަހުޒީބު މީހުނަށް ރީތިކަމާއި އޮރިޔާންހެދުން އެޅުމާއި ގަދަޔަށް މޭކަޕުކުރުން...މުސްލިމުންގެ ތެރޭގަ މުސްލިމުއަންހެނާގެ ރީތިކަން ނޭގުމަކީ ދެރަކަމެއް.ވީޓީވީގެ ހުރިހާ ކުދިން ބުރުގާ އެޅި އިރު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ވެސް އިސްތަށިގަނޑުދެއްކުމާ ބޭނުންވަށްތަރަކަށް ހެދުން ނޭޅޭތީ ބުރުގާ ނާޅާ ހުރިމީހެއްތީ..ކޮންމެ އިންސާނަކީވެސް މާތްﷲ ހަމަ އެންމެ ރީތިގޮތުގަ ިިަިިަްިިަިިަްިިަިިަްިިަިިަިިަިިަްިިަިިަްިިަިިަްި ހައްދަވާފަ ވާއިންސާނެއް...ފޫހިމީހެއްތީ...ކޮބާތަ އަސްލުނަން....

      12
      6
  4. ކުޑޭ

    ލޯބި މަންޖެއެއް

    26
    23
  5. ޢާހް

    ތީހަމަ ރަންގަންޑެއް. އަބަދުވެސް ކާމިޔާބީއަށް އެދެން.

    25
    15
  6. ބަ ޚަބަރު

    މި ކުއްޖާ VTV ން ނުފެންނާތީ ވރަށް މިސްވޭ

    21
    13
  7. ހާލުފޮޅި

    އެންމެ ނަލައޭބުނީމަ ހިނި އަންނަނީ...

    32
    8
  8. ހާލުފޮޅި

    އެންމެ ރީއްޗޭ ބުނީމަ ހިނި އަންނަނީ... ކޮންގޮތަކުންބާ އެންމެ ރީތިވީ؟؟؟

    30
    9
  9. މާލެ

    ހިތުން... ހަހަހަހަހަ.... ރަށައްދޭބަލަ

    20
    11
  10. ފަނޑިޔާރުމަނިކުފާނު

    ހުރިހާ ބޭފުޅުން ވެސް އަ އްސަވަ ބަ އްލަވާ!
    ރީތިކަމަކީ ކޮބަ އިތޯ އެވެ؟ ތަންކޮޅެ އްް ފުޅާކޮ އްލަންވާނެ އަޅުގަނޑާ އެކީ!!!!!
    ރީތިކަމަކީ ހެދުންލަ އިގެން އޮރިޔާންވެފާ ބޭރުފުށުގެ ހުރި ރީތިކަން އިތުރަށް ދަ އްކަން އުޅުމާ ލެނބިގެން އެހެންމީހުން ލަންބުވާ ބަލި ހިތްތަށް ބަލިކުރުން ކަމަށް ވެ އްޖަ އިވި އްޔަކާ އެއއ އީ ހަޤީޤީ ރީތިކަމެ އް ނޫން... ސުވާލުކުރެވޭނެ ޖަވާބުދާރީވާންޖެހޭނެ މާދަމާ..
    އަލް އިސްލާމް އެތެރެފުށާ ބޭރުފުށުން ނުފެންނަންޏާ އެއއ އީ އެއ އްވެސް ލޯތްބެ އް ނޫން.. އެހެންވެގެން މި ބުނަނީ ލޯތްބެ އް ނޫނޭ....
    ﷲ ތިބާ އަށް ތެދުމަގުގެ ތަ އުފީޤް ދަ އްކަވާށި. އާމީން..

    30
    3
  11. މަލިކާ

    މިސް މޯލްޑިވްސް އަކުން ނުފެނޭ؟

    13
    1
  12. ގަލް ގޫ

    ވަރަ އް ރީތި މި މީހުން ހާދަހާ ފޯރި އެ އް އެބަހުއްޓޭ ދޯ!

    21
    4
  13. ރިޒޯޓް ބޯއި

    އަމީނާ ވަރަށް ލޯބި.... ލ.އަތޮޅު ކުދިން ހަމަ ފައްކާ

    7
    9
  14. އަރިއަތޮޅުން/ ފެހެންކަނުގޭ ތައްޚާނުގެ މޫސާދީދީ

    އަމީނާޔަކަށް ނުވިތާ އަމީނާ ވެއްޖެއްޔާ އެތެރެޔާ ބޭރުފުށުން ތިމާއީ އަމީނެއްކަން ތަންފީޒުކުރެވެން ވާނެ. ތިމާގެ ހަށިގަނޑަކީވެސް އެ ހަށިގަނޑުގާވާ ހިތަކީވެސް ﷲ ތަޢާލާ ތިމާޔާ ހަވާލުކުރައްވާފާވާ އަމާނާތެއްކަން އެ އަމާނާތާމެދު މާދަމާ އެކަލާނގެ ދަރުބާރުގާ ޖަވާބުދާރީވާން ޖެ ހޭނެކަން އަމީނެއް ވެއްހޖެއްޔާ ދަންނާނެ. އެހެހހެ ހެންނޫނީ އަމީނާޔެކޭ އަނާޔެކޭ އަންނިޔެކޭ ވަކި ތަފާތެއްް ނޯންނާނެ.

    6
    2
  15. ޝޮރޮކޮނި

    އަނހަ މިއުޅެނީ ސޯލްމޭޓުންގެ ކައިވެނި ތެރޭގ ތިމަންނަ ހުންނަން ޖެހެއޭ ކީއާގެން އުޅޭ މީނާހެއްޔެވެ

    2
    1
  16. Anonymous

    ކޮން މާތު އެއް؟ފޮޓޯ ކޮބާ؟

    1
    1
  17. ހަމް

    އާނަ ކާރި އިންނަން އަހާފިއްޔާ އިންނާނަންތަ ؟