އަތް ދަބަހަކީ އަންހެންވެރިންނަށް ވަރަށް ހާއްސަ އެއްޗެކެވެ. ތަފާތު ބުރޭންޑުތަކުގެ އެކި ކުލަކުލައިގެ އަތް ދަބަހަށް އަންހެންވެރިންގެ ހިތުގައި އޮންނަ ލޯބި ދައްކުވައިދެނީ ގިނަ މީހުންގެ އަތުގައި އެތައް ދަބަސް ތަކެއް ހުންނާތީއެވެ. ދަބަހުގެ ބުރޭންޑްތަކާއި ކުލައިގެ އިތުރަށް ތަފާތު ޑިޒައިންތަކުގެ ދަބަސް ވެސް ހުރެއެވެ.

ގޮނޑިއެއްހެން ހުންނަ އަތް ދަބަހެއް ޓްވިޓާގައި ހިއްސާކޮށް ލެކްސީ ބުރައުންގެ ނަމުގައި ޓުވިޓާ އެކައުންޓެއް ހިންގާ ލެކްސީ ބުނެފައިވަނީ އޭނާ އެންމެ ކުރާހިތްވާ ކަމަކީ އާދަޔާ ޚިލާފު ތަކެތި ހޯދައިގެން އޮންލައިން ޖުވެލަރީ ޝޮޕެއް ކަމުގައިވާ ނޯޑްސްޓްރޯމްގައި ވިއްކުން ކަމަށެވެ. އަދި މި ގޮޑި އަތް ދަބަހަކީ މިހާތަނަށް އޭނާއަށް ފެނުނު އެންމެ އާދަޔާ ޚިލާފު އެތިކަމަށް ވެސް ބުނެފައިވެއެވެ.

މި ދަބަހަކީ ފަތްޖަހާލެވޭ ގޮތަށް ހުންނަ ކުޑަ ގޮނޑިއެއްހެން ހުންނަ ދަބަހެކެވެ. މި ވެބްސައިޓުގައި މި ދަބަހުގެ އަގަކީ 895 ޑޮލަރެވެ. އަދި މި ދަބަހަކީ އެއްވެސް އެއްޗެއް ނުލެވޭ ދަބަހެކެވެ. މި ދަބަހަކީ ނިއުޔޯކުގެ ފެޝަން ވީކެއްގައި ދައްކައިލެވުނު ދަބަހެކެވެ.

ލެކްސީގެ މި ޓުވިޓާއަށް އެތައް ބަޔަކު ދަނީ ކޮމެންޓްކޮށް އަދި ރީޓުވީޓު ކުރަމުންނެވެ. މީގެއިތުރަށް މިއާއި ގުޅޭ މީމްސްތައް ވެސް މިހާރު ދަނީ ދައުރުވަމުންނެވެ. ގޮނޑީގެ ބަދަލުގައި މަތިންދާ ބޯޓުގެ އަތް ދަބަސް ލާފައިވާ މީމްސްތައް ވެސް ވަރަށް ގިނައެވެ.

މި އަތް ދަބަހާއި ބެހޭގޮތުން އެތައް ބަޔަކު ރުޅިއައިސްގެން ކޮމެންޓު ކޮށްފައިވާއިރު ބައެއް މީހުން ވަނީ މިކަން މަޖަލަކަށް ހަދައިގެން ވާހަކަދައްކައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަމް

    ތިޔަ އީ އަތްދަބަހެ އް ނޫނެވެ. އެންމެ ޞަރީޚަ ޢިބާރާތުން ބުނަންޏާ ބުނާނީ ތިޔަ އީ ދެ އްއްކުމަށް އެހެންޏާ އިއއ އްވުމަށް (މަޝްހޫރުވުމަށް ނޫނީ އިސްތިހާރުކުރުމަށް) ނޫނީ ކޮންމެސް އެހެންގޮތަކުން އަމި އްލަ ފަ އިދާގަނޑެ އް ހޯދަން ކުޅަ ކަމެކެވެ.
    އެންމެ ހަޤީޤަތާ އެއއ އްގޮތް تعليق އަކީ މިީ ކަމުގާ ހީކުރަން...