'ރާއްޖޭގައި މަޝްހޫރު މީހުންގެ ގޮތުގައި ބަލައި ގަންނަނީ ހަމަ އެކަނި ފިލްމީ ދާއިރާ ނުވަތަ މުނިފޫހި ފިލުވުމުގެ ދާއިރާއިން މީހުންގެ މަގްބޫލުކަން ހޯދާފައިވާ މީހުންނެވެ. އެހެން ނަމަވެސް ބައެއް ފަހަރު ދާއިރާގައި ގިނަ ދުވަސްވީ މީހުންނަކީ މަޝްހޫރު ތަރިން ކަމުގައި ނުބަލާ މީހުންވެސް އުޅެ އެވެ. އަދި އިތުރު ގޮތަކުން މީހުންގެ ލޯބި ހޯދާފައިވާ މީހުންނަކީވެސް އެއީ މަޝްހޫރު މީހެއް ކަމަކަށް ނުދެކޭ މީހުން އެބަ ތިއްބެވެ.
މި މައުޟޫއަށް ބައިސްކޯފުން ގެނެސްދޭ ތުންތުން މަތިން ޕްރޮގްރާމުގައި ޓިކްޓޮކް ތަރިން ކަމުގައިވާ ނިމްޝާ ޒާހިރް (ނިމް)، މަރިޔަމް ޝިފާ (ޝިފާ) އަދި ނަތާޝާ (ނަތާ) ވާހަކަ ދައްކާފައިވެއެވެ. މިކަމާއި މެދު ތިން މީހުންގެ ހިޔާލު ފާޅު ކޮށްފައިވާއިރު، ނަތާ ބުނެފައިވަނީ ކޮންމެހެން މުނިފޫހި ފިލުވުމުގެ ދާއިރާއިން ކުރިއަށް ނުދިޔަ ނަމަވެސް އެއީ މަޝްހޫރު މީހަކަށް ވެދާނެ ކަމަށެވެ. އެއީ ނަތާގެ ހިޔާލެވެ. ނަތާގެ ވާހަކައާއި ގުޅުވައިގެން ނިމް ބުނީ އެއްވެސް މީހަކު އުޅޭނީ މަޝްހޫރު މީހަކަށް ވެގެން ނޫން ކަމަށާއި އަމިއްލަ މަސައްކަތެއް ކޮށްގެން މަޝްހޫރު ވެވިދާނެ ކަމަށެވެ. މަޝްހޫރު ވާންވީ އެމީހެއްގެ މޮޅު ކަމެއް ދައްކައިގެން ކަމަށް ޝިފާ ގަބޫލު ކުރެއެވެ.
ނަތާ، ނިމް އަދި ޝިފާ އަކީ މިހާރު ދިވެހިންގެ ތެރޭގައި މަޝްހޫރު ތިން މީހުންނެވެ. ޓިކްޓޮކުން މީހުންގެ މަގްބޫލުކަން ނިމް ހޯދާފައިވާއިރު، ޝިފާ އާއި ނަތާ ވަނީ ފިލްމު ތަކުން ވެސް ބެލުންތެރިންނަށް ފެނިފައެވެ. ޕްރޮގްރާމުގައި ދެކެވުނު ވާހަކައިގެ ތެރެއިން ތިން މީހުން ވެސް ފާހަގަ ކޮށްފައިވަނީ މީހުންގެ ފާޑުކިޔުންތައް އަމާޒުވާ ކަމަށާއި، ބަލަން ވަރަށް އުނދަގޫވާ ޒާތުގެ ކޮމެންޓު ވެސް ލިބެމުން އަންނަ ކަމަށެވެ. މީހުންގެ އެފަދަ ބަސްތަކުން ބައެއް ފަހަރު ނިދަން ވެސް އުނދަގޫ ވާ ކަމަށް ޝިފާ ބުނުމުން އެ ޖުމްލައަށް ބާރުދީ ނަތާ ބުނެފައިވަނީ އޭނާއަށް ވެސް ހަމަ އެ އުނދަގުލާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ކަން މިހެން ދިމާވާން ފެށުމުން ހައްލެއް ހޯދުމަށް މީހުންނަށް ކޮމެންޓު ނުކުރެވޭނެ ގޮތަށް އޭނާ ހަދާފައިވާ ކަމަށް ބުންޏެވެ.
ތުންތުން މަތިން ޕްރޮގްރާމުގެ ތެރެއިން އެކި ވާހަކަ ދެކެވެމުން އައިސް ޝިފާ ބުނެފައިވަނީ އޭނާގެ އަސްލު ނަން އެނގުނީ ވަރަށް ބޮޑުވެފައި ހުއްޓައި ކަމަށެވެ. ލަފާ ކުރެވޭ ގޮތުގައި އުމުރުން 11 އަހަރު ވެދާނެ ކަމަށް ޝިފާ ބުންޏެވެ. އަސްލު ނަމާއި ގުޅިގެން ސުވާލު އުފެދިފައިވާ ގޮތް ޝިފާ ވަނީ ކިޔައިދީފައެވެ. އޭނާ ބުނެފައިވަނީ ކުޑައިރު ޝިފާގެ ބޭބެ ވަރަށް ލޯބިން ޝިފާއާއި ދިމާލަށް ކިޔަން ފެށީ ޝިފާޒާ ކަމަށެވެ. އެހާއި ހިސާބުން އާއިލާ މީހުންނާއި ރަށު މީހުން މުހާތަބު ކުރަން ފެށީ 'ޝިފާޒާ' މި ނަމުން ކަމަށާއި ސުކޫލަށް ވެއްދި އިރު ރެޖިސްޓްރީ ކޮށްފައި ވަނި ވެސް އެނަމުން ކަމަށް ވާތީ އަމިއްލައަށް ވެސް ގަބޫލު ކުރެވުނީ އަސްލު ނަމަކީ ޝިފާޒާ ކަމަށް ޝިފާ ބުންޏެވެ. އެހެން ނަމަވެސް އެ ނަމަކީ އޭނާއަށް އަސްލު ކިޔާ ނަން ނޫން ކަން ޔަގީންވީ އުފަން ދުވަހުގެ ސެޓްފިކެޓާއި އައިޑީކާޑު ފެނުން ހިސާބުން ކަމަށް ޝިފާ ބުންޏެވެ.
އަދި ޓިކްޓޮކްގެ ތަރިންގެ އެކި އެއްޗެއްސަށް މީހުން ކޮމެންޓްކޮށް ހަދާއިރު، އެ ޕްރޮގްރާމްގެ ތެރެއިން ބައެއް ކޮމެންޓްތައް ކިޔާފައި ވެއެވެ. އެގޮތުން ނިމްގެ ޕޯސްޓަކަށް މީހަކު ކޮށްފައިވާ ކޮމެންޓް މައިންބަފައިން ނިމްޝާ ތަރުބިއްޔަތު ކޮށްފައިވާ ގޮތާއި މެދު ސުވާލު އުފައްދާފައިވެއެވެ. އެ ޕްރޮގްރާމުގެ ތެރެއިން ނިމް އެކަމާއި ގުޅިގެން ބުނެފައިވަނީ އޭނާގެ މަންމަ އޭނާ ބަލައި ބޮޑު ކޮށްފައިވަނީ މަންމައަކު ދަރިއެއް ބަލައި ބޮޑުކުރަން ޖެހޭ އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. ޒަމާނަށް ހޭލުންތެރިކޮށް، އެކަނި އުޅެން ދަސްކޮށްދިނުމާއި، އަބަދުވެސް ވަރަށް ކެރޭ ކުޅަަދާނަ މީހަކަށް ވުމަށް މަންމަ ނަސޭހަތް ދީފައިހުރި ކަމަށް ނިމް ބުނެއެވެ. މަންމަ ދީފައިހުރި ތަރުބިއްޔަތަށް ބަލައި، ގޯސް މަގަކުން އަދި އޭނާ ނުހިނގާ ކަމަށް ނިމް ބުންޏެވެ.
ޝިފާއަކީ ސައިޒް އޮޅިފައި އިންނަ މީހެއް. ހަމަބިމަށް ތިރިވާން ބޭނުން ނޫންނަމަ އިސާހިތަކު ފެންނާނީ ހަމަބިމުގައި ރޯން އިންދާ.
ތިހިރަ ޝިފާއެއް މީނަ ކުރަންވީ ކަމަކީ ޒުވާބު ކުރުން ެޢެކަނި. ބާޒަރު މަތީ ބަސްމަގު. ޢަދި މިހާ ޢަހްލާގް ދަށް އަންހެން ނާރާ މި ޝޯ އަކަށް. ކުރިން ނުވާ ފޫހިވެއްޖެ. މީނަ މީ ކާކު ތަަ ދެން.
މުނިފޫހި ފިލުވުމުގެ ނަމުގަޔާ މަޝްހޫރުވުމައް ކޮންމެހެން އޮރިޔާންވާކަށް ނުޖެހެ އިނގޭތޯ!!
ތިތަނުގައި ޑީސެންޓް ސްޓައިލެއް ގެންގުޅެނީ ނަތާޝާ އެކަނި.
ރިސޯޓްތަކަށް އައިސް ޓިކްޓޮކްމެން އުޅޭގޮތް ބަޔަކު އަހަރުމެނަށްކިޔައި ދޭނެކމެއްނެތް.
ކޯޗެއް ޑީސެންޓީ؟ ބުރުގާ ބޭލީމަ؟؟ އެއަށްފަހު ކުރު ސޯޓު ލީމަ؟؟؟؟
ތިތާނެތް އައުރަ ނިވާ ކޮށްގެންހުރި އެ ކަކ ކުވެސް
ތި ޝިފާ ފެނުނަސް މިހާރު ހޮޑުލަވާ! މާބޮޑަށް އޮޅުނީ
އަހަރެމެން މި ބުނާހާ ވެސް އެއްޗަކީ ކަނބުލޮމެން އައުރަ ނިވާކުރާށޭ.. ތިޔަގޮތުގާ ތިއްބާ މާދަމާ ލޯމަރާލަން ޖެހިދާނޭ.. އޭރުން ހާދަހާ ދެރައޭ.. ބޭބެ މެންނަށް އެ ދުވަހުން ކޮއްދެވޭނެ ކަމެއް ނޯންނާނޭ..... ވިސްނާ ފިކުރު ކުރާށޭ. ތިޔަހެން ނޫޅޭށޭ. ހެޔޮނުވާނޭ.
ތިހެން ކިޔާފަ ފޮށެންވީމަ އެންމެ ފުރަތަމަ އަންނާނީ ތިބުނާ "ބޭބެ"މެން
ތި މީހުން ތިއުޅޭ ވައްތަރުން އަހަރުމެން އެންމެންގެ މައްޗައް އާނމު ވެގެންވާ ކޯފާއެއް ބާއްވާލައްވަފާނެތީ މަށަށްވެސް ނިދަން އުނދަގޫވާ ރޭރޭ އާދޭ ):
މީދެން ކޮން ބައެެއްތަ
ކަނބަލުންނޭ. ވަލު ޖަނަވާރުގެ ތަރަހަޔަށް މީހާ ވެއްޓުނީ މާ އިންސާނުން ނިދާ އެނދުގައި ނިދަން އުނދަގޫވާނެ
ތީކީ މީހުން ބަލައި ގަންނަ ބައެއްނޫން.ތިމީހުން މަޝްހޫރުކުރަނީ ހަމަ ތި ލިޔާނެ އެއްޗެއް ނެތިގެން އުޅޭ ނޫސްތަކުން.
ނުދަންނަން ތި ތަނުން އެކަކު ވެސް
ފޫހި
ނިވާކަން ކުޑަވުމާއި ލަދުހަޔާތް ކުޑަވުމަކީ އެއީ ތަަރައްގީއާއި ކުރިއެރުންކަމުގައިވާނަމަ ދުނިޔޭގައި އެންމެ ކުރިއަރާފައި ތަރައްގީވެފައިތިބީ ވަލުތަކުގައި އުޅޭ ޖަނަވާރުތަކެވެ.
ރަމަޟާންމަހުގެ ފަހުދިހައް ގުނަމުން ދާއިރު ހެޔޮނުވާނެ މިފަދަ ކަނބަލުންގެ ވާހަކަތައް ގެނެސްދޭން، އަދި މިއީން ކޮންމެ މީހަކު މިތިބެނީ ބާކޮޅުބާ ނިވާނުވެ.
މި ކަނބަލުންނަށް ހެޔޮ ވިސްނުން ދެއްވާށި އާމީން..
ކޮން ވިސްނުމެއްް ދެއްވާކައް ، ނުވިސްނެނީކީ ނޫނޭ ، ޖަނަވާރުކަން ، ތިޔަ މީހުންނައް ވިސްނުން ދެއްވުމައް ވުރެ ތިޔަކަހަލަ މީހުންގެ ސަބަބުން އަހަރުމެން އެންމެނައް ކޯފާއެއް ނުފޮނުންވަނީސް ނިމިދިޔައީޔާ މަށައް އެކަންޔެއް ނޫން މި ރާއްޖޭގެ އެންމެނައްވެސް އެތައްގުނައެއް ރަނގަޅުވާނެ.
ތިޔަ ތިން މީހުންނަކީވެސް ، އަންހެނުންނައް ހުތުރު އަރުވާ ބައެއް ، ބުނަންތަ ކަލޭމެން ވަރައް ފޫހިވާނެ އަދި ރުޅުއަންނާނެ ވާހަކައެއް ، މިދުޔެ މަތީގައުވެސް ހަގީގަތުގައި ކަލޭމެންނަކައް ބަޔަކު ތާއީދެއް ނުކުރޭ، އަދި މަހުށަރު ދުވަހު ކަލޭމެން ތިޔަތިބި ގޮތުގައި ތިއްބާ ސަންދޯކައް ލާދުވަހުން ސުވަރުގޭގެ މީރުވަސް ދުވާނެ ހިސާބައްވެސް ނާދެވޭނެ ވަރައް ސާފްކޮއް އެނގެން އެބައޮތް.
އަޅެ ނިކަން އެކުދިންނައް ބުރުގާ ކޮޅެއް ހަދިޔާ ކޮއްލަބަލަ… ދެރަވާ ކުދިން އުޅޭތިވޭ އެހެން މި ބުނީ
ޝިފާ އެއީ ވަރަށް އަނގަ ހަޑި އަންހެން
ލޮލް
ތިތާ ނެތް އަނގަ ރީތި އެކަކުވެސް. ބަލާބަލަ މެދަށް އެހު ރި މީހާ އަނގައަށް ހަދާފައިން ގޮތެއް.