ޒަމާނަށް އަންނަ ބަދަލުތަކާއެކު ބޭނުން ކުރާ ގިނަ އެއްޗެއްސަށް ވެސް ޒަމާނީ ބަދަލުތަކެއް އަންނަކަން ފާހަގަކުރެވެއެވެ.
ޒަމާނީ ގޮތަށް ހެދުން އެޅުމާއި، ޒަމާނީ ގޮތަށް ގޭތެރެ ޒީނަތްތެރި ކުރުމަކީ މިހާރު ގިނަބައެއްގެ އާދައަކަށްވާއިރު، ޒަމާނީ ގިނަ ތަކެތި މިހާރު ފަސޭހައިން ލިބެން ހުރެއެވެ.
މީގެ ތެެރޭގައި މިހާރު ވާހަކަދައްކާލަން މި އުޅެނީ ޒަމާނީ ފާހަނަތަށީގެ ވާހަކައެވެ. މިހާރު އެ ތަށިތައް ރީތިވެފައި ތަފާތެވެ. އެގޮތުން މިހާރު ޒަމާނީ ފާހަނަތަށީގައި އިންނަ ކުޑަ އަދި ބޮޑު ފްލެޝް ފިތުގެ ބޭނުމުގެ ވާހަކަދައްކާލަން އެބަޖެހެއެވެ. ބައެއް މީހުންނަށް އޭގެ ބޭނުން ނޭނގިދާނެތީއެވެ.
އެއަށް ކިޔާ ނަމަކީ "ޑުއަަލް ފްލެޝް" ޓޮއިލެޓްސްއެވެ.
އޭގެ ކޮންސެޕްޓަށް ބަލާއިރު، އެއް ފިތަކީ ބޮޑު ފިތެކެވެ. އަނެއް ފިތް ކުޑައެވެ. ދެ ފިތްވެސް ވަކި ވަކިން އިންނަނީ ދެ ވޭލްއަކާއި ގުޅުވާފައިވާތީ ވެއެވެ.
އޭގެ ބޭނުމަކީ ފެން ރައްކާތެރިކުރުމެވެ. ފެން އިސްރާފް ނުކުރުމެވެ. އޭގައި ހިމެނޭ ބޮޑު ފިތުން ފްލެޝް ކުރުމުން ގާތްގަނޑަކަށް އެ ބޭނުން ކުރެވުނީ 6 އާއި 9 ލީޓަރުގެ ފެނެވެ. އަދި ކުޑަ ފިތުން އިން ފްލެޝް ކުރުމުން އެ ބޭނުން ކުރެވުނީ 3 އާއި 4.5 ލީޓަރުގެ ފެނެވެ.
ފާހަނަތަށީގައި ހިމެނޭ ފްލެޝް ކުރާ ބޮޑު ބޮޑު ފިތުގެ ބޭނުމަކީ ބޮޑުކަމުދާ ތަކެތި ފްލެޝް ކުރުމެވެ. އަދި ކުޑަ ފިތުގެ ބޭނުމަކީ ކުޑަކަމުދާ ތަކެތި ފްލެޝް ކުރުމެވެ.
ރަނގަޅު ވާހަކައެއް
އެހެންވެގެން ދޯ ބޮޑުކަމުގޮސްފަ ކުޑަ ފިތަށް ފިތީމަ ފްލަޝްނުވަނީ
ހާދަފަހަތުގަ އުޅޭބޭފުޅެކޭދޯ ތިކަން މިހާދުވަސްވީއިރު ނޭގޭތަ؟ މިހާރު ތިކަން ނޭގިހުންނާނީ ނޫސްވެސް ބަލަން ބޭނުން ނުވާ މަދުމީހަކު ހެހެހެހެ.
ސަކަރާތް އެއީ ކުޑަކުދިންނަށް
ދަރިން ފުލޭޝް ކުރާމީހުނަށް ބުނެލަންއޮތީ ދެފިތް އެއްކޮށްލިޔަސް އެކަންކުރަން ނިޔަތްވެސް ނުގަންނާށޭ... ފަހުގެ ތަށިތަކުގައި ލޭ ހޭކިއްޖެނަމަ އެލާމްވާ ޗިޕެއް ވެޔޭ
ދެ ކަމުދާތީ. ?