ރޭ އައިސް ޓީވީން ގެނެސް ދިން "މީހުންގެ ވާހަކަ" ޝޯވގައި ފެނިގެން ދިޔައީ ބަތަލާ ނިއުމާ މުހައްމަދުއެވެ. އޭނާ އެ ޝޯވގެ ތެރެއިން ލައްކަ ވާހަކަދައްކައިފިއެވެ. އެންމެ ކުޑައިރުން ފެށިގެން އޭނާގެ ދިރިއުޅުމާއި، މިހާރު ދިރިއުޅުމަށް އައިސްފައި ހުރި ބަދަލުތަކުގެ ވާހަކަދައްކައިފިއެވެ.

ނިއުމާ ބުނިގޮތުގައި، އޭނާއަކީ އަބަދުވެސް ވަރަށް ސިމްޕަލްކޮށް ދިރިއުޅެން ބޭނުންވާ މީހެކެވެ. ހިތްވަރުގަދަ މީހެކެވެ. ކަންކަމާއި ކުރިމަތިލާން ކެރޭ ހިތްހެޔޮ ދީލަތި މީހެކެވެ.

ނިއުމާ މި ޝޯވގެ ތެރެއިން އޭނާއާ ދިމާލަށް މީހުން ކިޔާފައި ހުރި އެއްޗެހިތަކުގެ ވާހަކަ ވަރަށް ބޮޑަށް ދެއްކިއެވެ. އޭނާއަށް ޖެހިފައި ހުރި ބަލީގެ ސަބަބުން މީހުން އޭނާއާ ދިމާލަށް ކީ އެއްޗެއްސާއި، ގާތް ރަހުމަތްތެރިން ދުރުވުމާއި، އެ ބައްޔަކީ ކޮން ބައްޔެއްކަން ނޭނގި ފެތުރުނު އަޑުތަކުގެ ވާހަކަދެއްކި މީހުން މަދެއް ނޫނެވެ.

ނިއުމާ އެ ޝޯވގައި ބުނިގޮތުގައި، އޭނާ އާއި ސީޒަންގެ ކައިވެނި ރޫޅުނީ ނިއުމާގެ އެ ބަލި ހުންނާތީ އެއްނޫނެވެ. އެކަމުގެ ތަފްސީލުވެސް ނިއުމާ ކިޔާދިނެވެ. އަދި އޭނާއަށް ބަޔަކު ހަދާފައި ހުރި ފަންޑީތައިގެ ވާހަކައާ ބެހޭގޮތުން އަލިއަޅުވާލަމުން ބުނީ، އެއީ ކޮންމެ މީހަކު ކުރި ކަމެއް ކަމުގައި ވިޔަސް އެ މީހަކަށްޓަކައި އޭނާގެ ހިތުގައި އެއްވެސް ކަހަލަ ނުރުހުމެއް ނެތް ކަމަށެވެ.

ކުޑައިރުގެ ހާލަތު ހުރިގޮތުން އޭނާއަށް ކިޔަވަން ނުދެވުނު ކަމާއި، އެހެން ނަމަވެސް އޭނާއަކީ ޑިގްރީ ފެންވަރަށް ނުކިޔެވިއެއް ކަމަކު ކިޔަވައިގެން ހުރި މީހެއްކަމަށް އޭނާ ބުންޏެވެ. އަދި މަޖިލީހަށް ކުރިމަތިލާން އުޅޭ ވާހަކައާ ގުޅޭގޮތުން ވާހަކަދައްކަމުން ނިއުމާ ބުނީ، އެއީ އޭނާ ޝައުގުވެރިކަން ހުންނަ ދާއިރާއެއްކަމަށެވެ. އަދި އޭނާއަށް އެކަމުގެ ގާބިލިއްޔަތުކަން ހުރި މިންވަރު އެނގޭނީ އެ ދާއިރާއަށް ނިކުތުމުންކަމަށާއި، އޭނާގެ ސިކުނޑީގައިވާ އެއްޗެއް އެނގޭނީ އެއިރުންކަމަށް ނިއުމާ ވަނީ ބުނެފައެވެ. އޭނާއަކީ އަބަދުވެސް ސިޔާސީ ވާހަކަދައްކާ އުޅޭ މީހެއްކަމަށްވެސް ނިއުމާ ބުންޏެވެ.

މީގެ އިތުރުން ނިއުމާ އާއި ސުނީތާ އާއި ޖެހުނު މައްސަލާގައި އޭނާގެ ވާހަކައާއި، އެ މައްސަލާގެ ތެރެއިން ޖެހުނު މައްސަލަތަކާއި، އެ ވާހަކަތައް މީސް މިޑީޔާގައި ދެކެވިފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ނިއުމާ ވަނީ ކިޔާދީފައެވެ.

އެ ޝޯވގެ ތެރެއިން ނެގި ފަސް ކާޑުގައި ތަރިންތަކާއި ގުޅޭގޮތުން ވަރަށް ބޮޑަށް ނިއުމާ ވާހަކަދެއްކިއެވެ.

އޭގެ ތެރެއިން އެންމެ ފުރަތަމަ ކާޑުގައި ވާ ކޮޕީ އިއްސެއާއި ގުޅޭގޮތުން ނިއުމާ ބުނީ، އެއީ ކުރީގައި ވަރަށް ރަނގަޅު ރަހުމަތްތެރިއެއް ކަމަށެވެ. ނަމަވެސް މިހާރު މައްސަލައެއް ޖެހިގެން ދެ މީހުންގެ ގުޅުމަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަމަށް އޭނާ ބުންޏެވެ. އަދި ކޮޕީ އިއްސެއަކީ މަސައްކަތައް މޮޅު މީހެއްކަމާއި، ނިއުމާއަކީ ކުޑައިރު އޭނާގެ ވަރަށް ބޮޑު ފޭންއެއްކަމަށް ނިއުމާ ބުންޏެވެ.

މަރިޔަމް ނިޝާ އާއި ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ،އެއީ ސްކޫލް ދައުރުން ފެށިގެން ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އަދި މިހާރުވެސް އެ ދެމީހުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށާއި، ނިޝާގެ ހާލުވެސް ވަރަށް ރަނގަޅުކަމަށް ނިއުމާ ބުންޏެވެ.

އެންމެ ފަހު ތަރިއެއްގެ ގޮތުން ނިއުމާ ނެގި ކާޑުގައި ވަނީ އޭނާގެ އެންމެ ގާތް އެކަކު ކަމުގައިވާ ޒީނަތުއެވެ. އޭނާ ވަނީ ޒީނަތު ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައެވެ. ނިއުމާ ބުނީ، ޒީތުއަކީ ވަރަށް ގެވެހި ސާފްތާހިރު މީހެއް ކަމަށެވެ.

މި ނޫނަސް ބައެއް ތަރިންނާއި ގުޅޭގޮތުން ނިއުމާ ވާހަކަދެއްކިއެވެ.

މީހުންގެ ވާހަކަ ޝޯވގެ ތެރެއިން ނިއުމާ ލައްކަ ވާހަކައެއް ދެއްކިއިރު، އޭނާ ވަނީ ޝޯވގެ ކޮންސެޕްޓް ވަރަށް ސަޅިކަމަށް ބުނެފައެވެ. އަދ ޝޯވއަކީ ވަރަށް ރަނގަޅު ޝޯވއެއް ކަމަށާއި، އަދި ޝޯވގައި އޭނާއަށް ވަރަށް ފްރީކޮށް ވާހަކަދައްކާލަން ލިބުނުކަމަށްވެސް ނިއުމާ ބުންޏެވެ.

ޝޯވގެ ހޯސްޓާއި ގުޅޭގޮތުން ނިއުމާ ބުނީ، ޝަހޫގެ މަސައްކަތް ވަރަށް ސަޅި ކަމަށެވެ. އަދި ހީވަނީ އޭނާއަކީ ވަރަށް ގޮސިޕް ކުރާ ކުއްޖެއްކަމަށާއި، މީހުންގެ ވާހަކަ ޝޯވގެ ހޯސްޓަކަށް ޝަހޫއަކީ އެންމެ ޕާފެކްޓް ކުއްޖާކަމަށް ނިއުމާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަައެނބޫ

    އައްސުވެސް ހޯސްޓްކުރާ ކުއްޖާ ވަރަށް މޮޅު

  2. މާމިގިލީ މީހާ

    ނިއުމާވެސް ބޭނުން ވަނީ ރައީސް ކަން..

  3. ކުލްސޫމު

    ވަރަށް ފޫހިވާ މީހެއް!!!1

    • ޑިމޮކްރަޓިސްޓް

      އެގްޒެކްޓްލީ..

  4. ޑޯންވޮނާ

    ދަ ރާއްޖެތެރެއަންސް ހޭވް ގޯން ފްރޮމް ވެއަރ ދޭއާރ ޓު ހިއަރ ދޭ އާރ ދަ ގަމާރު ދަ ބީތާއިން އެގެއިން އޯސަމް އެން ފްލޯލެސް ދޯ. އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް ވަޓް ވަޓް ވަޓް ދަ ޑަމްބް ވަޓް ވަޓް ވަޓް ދަ ގަމާރު ދަ ބީތާ ދަ ސެލްފިޝް އާލާތުންނޭ ދޯ. އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން އިޓް ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން އިޓް ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން އިޓް..

  5. ޖޮއްބެ

    ބޭކާރު އަނގަނުތަޅާ. ނިޢުމާ އަކީ ކިހިނެތް އުޅުނު ކާކުކަން އެންމެން ދަނޭ.

    • ސަކީބު މާމިގިލީ

      ނިއުމާ މެން ފިލްމު ކުޅޭންނޭ ކިޔާފައި އަރިޔަދޫ އަށް އައިސް ގަޏް ކަޑުވެސް އަހަރުމެން ދެކުނިން... އދ މާމިގިލީ ކައިރީ އޮންނަ އަރިޔަދޫ.

  6. thudy thudy thudy

    Ti vaahaka waDuwahA rovinge ??? ބbut I ަalways like to support you in deed you are the best film star ތthat I think ??now there is no point of crying.
    Thanks so much. ?

  7. ހެޔޮ އެދޭ

    ތައުބާވެ ޤުރުއާން އަދި ސުންނަތުން އެންގެވި ގޮތައް އުޅެބާ ދެން .. ރުޤުޔާ ކުރޭ..

  8. ގދ.ވާދޫ

    މީހުންގެ ހަމްދަރުދީ ހޯދައިގެން މަޖްލިސްއަށް ކުރިމަތި ލީމަ ހުންނާނީ ވެފަ.. ނިއުމާމެންނާ ގުޅެނީ ފިލްމު ކުޅެން.. މީހުންނަށް މަލާމާތް ކުރަން.. ނިއުމާ އަށް ސުނީތާ ސަލާންބުނި.. ސުނީތާ ބުނީ މަޖްލިސް އަށް ލާނަމޭ ނިއުމާ ކުރިމަތި ލައިފިއްޔާ..

  9. ހުސެން 500

    މިއޮއް ކޮމެންޓް ކުރާ ބަޔެއް ދޯ. ނިއުމާ މަޖްލިސްއަށް ކުރިމަތި ލައިފިއްޔާ ހޮވޭނެކަން ޔަގީންވާތީ ހަމަ މޮޔަގޮވަނީ.

    • ރައީސް

      ހިހިހިހި

  10. ޕޮފުބާ

    މީދެންކާކުތަ ؟ ފޫހިމީހެއް

    • ނިއުމާ

      ފޫހިވާވަރުން ދޯ ކިޔާފަ ކޮމެންޓް ތިކުރަނީ