މަސްތުގެ ހާލުގައި ހުރެ އުސް ތަނެއްގެ މައްޗަށް އަރައި އުޅެނިކޮށް ހިނގި ހާދިސާއެއްގައި ވެއްޓުނު މީހާގެ ހަށިގަނޑު އަދިވެސް ނުފެންނަ ކަމަށް އޮފިޝަލުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ ފަތުރުވެރި މަންޒިލެއްގައި، މަސްތުގެ ހާލުގައި ހުރެގެން ފޮޓޯ ނެގުމަށް އުޅުނު ދެ ރަހުމަތްތެރިއެއްގެ ތެރެއިން އުމުރުން 35 އަހަރުގެ މީހަކު 170 ފޫޓު އުސް ފެންނާރެއްގެ މަތިން ވެއްޓިގެންނެވެ. މި ހާދިސާއަށްފަހު ގެއްލިގެން ހޯދަމުން ދަނީ ފިރިހެނެކެވެ. ހާދިސާ ހިނގި ވަގުތު އޭނާ ހުރީ މަސްތުގެ ހާލުގައި ކަމަށް އޮފިޝަލުން ބުނެފައިވާއިރު، އޭނާއާއި އެކު އެވަގުތު އެތަނުގައި ހުރި ރަހުމަތްތެރިޔާވެސް ހުރީ މަސްތުވެގެންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާ ހިނގަން މެދުވެރިވީ، ފެންނާރުން ފެން ފައިބާ ދިމާލުގައި އޭނާ ފޮޓޯ އަށް ހުއްޓުނު ވަގުތު ކައްސާލައިގެން ވެއްޓުމުގެ ސަބަބުންނެވެ. އޭނާ ވެއްޓުނީ ރަހުމަތްތެރިޔާގެ އެދުމުގެ މަތިން ފަހަތަށް ޖެހުމުން ދަނިކޮށްކަމަށް ވެއެވެ. މި ހާދިސާ ހިނގި ވަގުތު އެ ސަރަޙައްދުގައި ގިނަ ބަޔަކު ތިބިއިރު، އެފަރާތްތަކުން ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައްވެސް މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯތަކުން އޭނާ ފެންނާރުން ވެއްޓެ މަންޒަރު ފެނެއެވެ.

މި މަންޒަރުދުށް ފަރާތްތަކުން ބުނެފައިވަނީ، އެމީހުން މަސްތުގެ ހާލުގައި ތިބެ އެހައި ނުރައްކާތެރި ގޮތަކަށް އުޅެމުން ދިއުމުން އެކަން އެގޮތަށް ނުކުރުމަށް އެތަނުގައި ތިބި ފަރާތްތަކުން ނަސޭހަތްތެރިވި މަންޒަރުވެސް ފެނުނު ކަމަށެވެ. ނަމަވެސް އެ ދެމީހުން އެފަރާތްތަކަށް ދިނީ ބީރުކަންފަތެކެވެ.

އެމީހުން އެ ކޯރާއި ދިމާލުގައި ފޮޓޯ ނަގަން ހުރި މަންޒަރު ފެނުނު ބައެއް މީހުން، އެ ދެ މީހުން ކައިރީ ފާޑު ފާޑު ގޮތްގޮތަށް އެތާ ނުޅުމަށް ނަސޭހަތްތެރިވިކަމަށް ވެއެވެ.

މި ހާދިސާ ހިނގި ގޯކަކް ވޯޓާ ފޯލްއަކީ ފަތުރުވެރިންނަށް ވަރަށް މަގުބޫލުތަނެއް ނަމަވެސް، އެއީ ވަރަށް ގިނަބަޔަކު އަމިއްލައަށް މަރުވާން ދާ ތަނެއް ކަމަށް ވެއެވެ. ހޮނިހިރު ދުވަހުގެ ހާދިސާ އާއި ގުޅިގެން އިންޑިއާގެ ފުލުހުން، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ސަރަޙައްދު ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރާންތި

    ފެންނާރެއް ނުން ފެންޢާރު