މަޝްހޫރު ލަވަކިޔުންތެރިޔާ ރޯހަންޕްރީތް ސިންގ ވަނީ އޭނާގެ ލޯބިވާ އަނބިމީހާ އިންޑިއަން އައިޑަލްގެ ދެވަނަ ސީޒަނުން އާންމުންގެ މަގްބޫލުކަން ހޯދާފައިވާ ނެހާ ކައްކަރްގެ 33 ވަނަ އުފަންދުވަސް ފާހަގަ ކޮށްދީފައެވެ. ރޯހަންޕްރީތް ސިންގް ވަނީ މީސް މީޑިއާގައި އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް ވަރަށް ދިގު މެސެޖަކާއި އެކު ފޮޓޯއެއް ހިއްސާކޮށްފައެވެ.

"އޭ ސާހިބާ. މިއަދަކީ މަގޭ ލޯބިވާގެ އުފަންދުވަސް. އަހަރެން ބުނަން ބޭނުންވަނީ އަހަރެން މީގެ ކުރިން ދުވަހަކުވެސް އަޅާލުމާއި ލޯބި ދީފައިނުވާހާ ބޮޑަށް އަދި އަޅާލުމާއި ލޯބި ދޭނަމޭ. ކޮންމެ ފަހަރަކު އަހަންނަށް ނެހާ ފެންނަނީ ވަރަށް ލޯބިކޮށް. އަހަރެން ނެހާ ވަރަށް އުފާ ކޮށްދޭނަން. އެކަމަށް އަހަރެން ވައުދުވަން. ނެހާގެ ފިރިމީހާއަށް ވުމީ އަހަންނަށް ލިބޭ ޝަރަފެއް. އެންމެ ފަހު ވިންދާ ޖެހެންދެން ވެސް އަހަރެން ނެހާ ދެކެ ލޯބިވާނަން. ލޯބިވާއަށް އުފާވެރި އުފަންދުވަހަކަށް އެދެން. އަހަރެން އުންމީދުކުރަން މި މެސެޖު ކިޔާފަ ނެހާ ހީލާނެ ކަމަށް. ނެހާ އަހަރެން ކައިރި ހުންނަ އިރު އަހަންނަށް ހީވޭ ތިއީ ލިބުނު ނިއުމަތެކޭ. ތިއީ އަބަދުވެސް އަހަރެންގެ މީހެއް." އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން ރޯހަންޕްރީތް ލިޔެފައިވެއެވެ.

ދެމީހުންގެ މީސް މީޑިއާ އެކައުންޓަށް ބަލާއިރު ނެހާގެ އުފަންދުވަސް ފާހަގަކޮށް ހަދިޔާދޭ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. މީސް މީޑިއާގައި ނެހާ އަށް ތާއިދުކުރާ މީހުން އަންނަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.

އިއްޔެ ނެހާ ވަނީ އިންސްޓަގްރާމުގައި މި މަހުގެ 6 ވަނަ ދުވަހަކީ އޭނާގެ އުފަންދުވަސްކަން ހަނދާންކޮށްދީ ޕޯސްޓެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  އާނ

 2. މާނިއުމާނި

  އާނ އިނގޭ އެހެނވެ އަހަރެން މިއަދު ސަލަވާތްފުޅެއް ކިޔަވާ ބޮނޑިބަތްވެސް ބަހައިފިން

 3. ހުސޭނުބޭ

  އެެންވިއްޔާ ދެން ކިޔެއްކުރަންވީ! އެކޮއި މާމައާއެކު އައްޕޯޑަން ކުޅެންވީތަ

  1
  1
 4. ހައިޑޭ

  މިއަދަކީ މަގޭ އުފަން ދުވަސްކަން ކަލޭމެން ދެނަހުރިންތަ؟

  5
  1
 5. ހަލީމަ ދައިތަ

  ދެން ތިޔާ ކަމުގަ އަޙުރެމެން ކިއެއްތަ ކުރަންވީ..؟؟ ބެރު ޖަހާ ނަށާ މާލި ނެރެން ވީތަ..؟؟ 🙄😕

  1
  1
 6. ޖީތޫ

  ނޭހާ އަކަށް ނޭގޭ ލަވަ ކިޔާ ކަށް! އިންޑިޔަން އައިޑޮލް ގަ ޢޭނަ ބައިވެރި ވި ތަންކޮޅެއް ކުރިން، ބައިވެރިގެން އޭނާ ވީ ފޭލް! ނޮޓް އިންޓުރަސްޓެޑް އިން ހާރ ކޯޒް ޝީ އިޒް ފޭކް

  3
  1