އިންޑިޔާގެ މަޝްހޫރު ތަރިއަކު ކުޑަ ކުއްޖެއް ރޭޕް ކުރުމުގެ ކުށުގައި ހައްޔަރު ކޮށްފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކު ރަހީނުކޮށް އެކުއްޖާއާ ގަދަކަމުން ބެހުނު މައްސަލައިގައެވެ. މިކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކުރިން އިންޑިޔާގެ ރިއަލިޓީ ޝޯއަކުން ފެނިގެން ދިޔަ އަދި މިހާރު ކުރިއޯގުރާފަރެއްގެ މަސައްކަތް ކުރަމުންދާ 20 އަހަރުގެ އަދިތްޔާ ގުޕްތާއެވެ.

މިކުއްޖާ ފުލުހުންގެ ތަޙްޤީޤަށް ބުނެފައިވަނީ އަދިތްޔާއާ އޭނާ ދިމާވީ މީސްމީޑިޔާއެއް ކަމުގައިވާ އިންސްޓަގްރާމްއިން ކަމަށާއި މީނާ ރޭޕް ކޮށްފައިވަނީ ދެމީހުން ދިމާވި ފުރަތަމަ ފަހަރުގައި ފަޅު ގެޔަކަށް ގެންގޮސްގެން ކަމަށެވެ.

އަދިތްޔާގެ މައްޗަށް ކުއްޖަކާއި ގަދަ ކަމުން ބެހުނު ކަމުގެ ކުށުގެ ދަޢުވާ ކުރާއިރު، މިކުށް ސާބިތު ކުރުމަށް ރޭޕް ކުރި ވަގުތު އެތަނުގައި ހަރު ކުރެވިފައިހުރި ސީސީޓީވީ ކެމެރާގެ ފުޓޭޖްވަނީ ފުލުހުން ހޯދާފައެވެ.