ކޮވިޑް-19 އާއި ގުޅިގެން އެތައް ވިޔަފާރިއެއް ބަނގުރޫޓްވެ އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިޔަ ނަމަވެސް މިބަލިމަޑުކަމުގެ ތެރޭގައި ވެސް ބޮޑު އާމްދަނީއެއް ހޯދާ އެތައް ގުނައެއް އިތުރަށް މުއްސަނދިވެގެން ދިޔަ ގިނަ ބަޔަކު ވެސް އެބަތިއްބެވެ.

ރިސާޗް ފާމެއް ކަމަށްވާ ކްރެޑިޓް ސޫސީ އިން ބުނާ ގޮތުގައި ކޮވިޑް ބަލިމަޑުކަން ފެށުނުއިރު ދުނިޔޭގައި ތިބީ މިލިއަނަރުންގެ އިތުރަށް 5.2 މިލިއަނަރުން މިހާރު ވަނީ އުފެދިފައެވެ. މިހާރު މިލިއަނަރުންގެ ގޮތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި 56.1 މިލިއަން މީހުން އެބަތިއްބެވެ. 2020 ވަނަ އަހަރަކީ ދުނިޔޭގައި ތިބި ބޮޑެތި މީހުންގެ ތެރެއިން %1 މީހުންނަކީ މިލިއަނަރުންނަށްވި ފުރަތަމަ އަހަރެވެ.

ގްލޯބަލް ވެލްތު ރިޕޯޓްގެ ލިޔުންތެރިއެއް ކަމަށްވާ އިކޮނަމިސްޓް އެންތަނީ ޝޮރޮކް ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ދުނިޔޭގެ މާކެޓަށް އައި ކުއްލި ބަދަލުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ ސަބަބުން މާލީ މަންފާތައް ނެގުމުގެ ފުރުސަތު ފަހިވެގެން ދިޔަ ކަމަށެވެ.

ދުނިޔޭގެ ހިއްސާގެ ބާޒާރުތަކާއި، ގެދޮރުގެ ވިޔަފާރި ކޮވިޑްގެ ހާލަތު ރަނގަޅު ވަމުން އަންނަ ވަރަކަށް ހަމައަކަށް އެޅެން ފެށުމާއިއެކު ކޮވިޑްގެ ތެރޭގައި މުއްސަނދިވި މީހުން އަދި އިތުރަށް މުއްސަނދިވެގެން ދާނެ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މިއަހަރު ގިނަ ބަޔަކު މިލިއަނަރުންނަށް ވެގެން ދިޔަ އެއް ސަބަބެއްގެ ގޮތުގައި ބައެއް ތަޖުރިބާކާރުން ވިދާޅުވަނީ ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ގިނަ ގައުމުތަކެއްގައި ލޯނުތަކާއި ޓެސްޓްތަކަށް ލުއިތައް ދިނުމާއި، އަދި ވިޔަފާރިތަކަށް އިތުރު އެހީތައް ފޯރުކޮށްދިނުމެވެ.

"އެންމެ ބޮޑު އަސަރެއް ކުރި އެއްކަމަކީ ސެންޓްރަލް ބޭންކްތަކުން އިންޓަރެސްޓް ރޭޓްތައް ކުޑަކުރުން. އެކަމުގެ އަސަރު ވަރަށް ގިނަ ވިޔަފާރިތަކަށް ކުރި" ކްރެޑިޓް ސޫސީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ކޮވިޑްގެ ތެރޭގައި ބައެއް މީހުންގެ މުއްސަނދިކަން އިތުރުވި ނަމަވެސް މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑްގެ ސަބަބުން އާމްދަނީ ގެއްލި ލިބޭ އާމްދަނީ މަދުވި މީހުންގެ އަދަދު މާގިނަ ވާނެ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހައިލީ

    ރާއްޖޭގައިވެސް މަދު ބަޔަކު ނަމަވެސް މިލިޔަރނަރުންނަށް ވެނިމިއްޖެ . ޕީސީ އާރު ޓެސްޓް ތައް ހަދާ ޕްރައިވެޓް ލެބްތަކަށް ބެލިއަސް 60 - 70 ޑޮލަރަށް އެހަދަނީ ޓެސްޓެއް ، ހުރިހާ ރިސޯޓް ތަކާއި ކުންފުނިތަކުން ޕީސީއާރު ޓެސްޓް މހަދަނީ ޕްރައިވެޓް ލެބްތަކުން ، ޚައްސަކޮށް މެޑިފްލެކެސް އަދި އޭޑީކޭ އިން ، ދުވާލަކު ރިސޯޓްތަކުންވެސް އެތެއްސާމްޕަލް އެއް ފޮނުވާ ޓެސްޓް ކުރޭ، އަދި ކޮވީޑާއި ގުޅުންހުރި އެތެއް އެއްޗެއްސެއް ރިސޯޓްތަކަށް މިހޯދާ ދެނީވެސް މިމީހުން ، ކިހާލާރިއެއް ލިބޭނެ ، މީގެ އިތުރުން ސަރުކާރުން ކޮވިޑާއި ގުޅުންހުރި ކަންތަކުގައި ކުރާހޭދަތަކުން ކަޓްނަގާ މިލިއަރ އިންނަށް ވާމީޙުންވެސް މަދެއްނޫން .

    6
    2
  2. ﷲ ގެއަޅާ

    މިހާރު އެޗްޕީއޭ އަށް ވުރެ މޮލު މީހަކު ހުންނާނެ ޖަލުން ގެނަސް ގޭގަ ބަހައްޓާފަ. އެގޮލާ ނިކަން ވެރިކަމަށް ގެނަސްބަލަ. އެއްފަހަރު މުޅިދުނިޔެއިން ކޮވިޑް ގެއްލޭނެ. ދުވަހަކު ކޮވިޑެއްނާންނާނެ. މީހަމަ އެގޮލާ ވެރިކަމަށް ނުގެނައިމަ ޖެނުނު ބައްޔެއް. އަވަހަށް އެމީހާ ގެނޭ.

    3
    2
    • އަހްމަދު

      ﷲގެ އަޅަކަށްވުރެ ބޮޑަށް ވައްތަރީ ޝައިތޯނާގެ އަޅަކާ.

  3. ބޮލި މުލައް

    ރާއްޖޭގެ އުރީދޫއާއި ދިރާގުގެ އިތުރުން ޤައުމުގެ މަތިފަޑީގައި ތިއްބެވި ބޭބޭކަލުންވެސް ވަނީ މިލިޔަނަރުންނަށް ވެފައި.

  4. ލޫޓުވާ

    ރާއްޖޭގެ ފޮރަންޓްލައިންގަ މަސައްކަތްކުރާ ފާރަތްތަކަށްވެސް ވަރަށް މަތީ ޢަދަދަކަށް މުސާރަލިބޭ މާސްކް ވިއްކާ ސަރުކާރުގެ މަތީ މީހުންނަށް ޢާމްދަނީ އިތުރު ކޮވިޑް ސާމްޕަލް ޓެސްޓްކުރާ މަތީި ބޭފުޅުން މިލިޔަނުން ފައިސާލިބޭ. އަދިވެސް ވެންޓިލޭޓަރާއި އޮކްސިޖަން ފުޅިން ވައްކަންކުރިމީހުންނަށް މިލިޔަނުން ފައިސާ ލިބިއްޖެ.

    • ގަޅި

      ފުރޮންޓް ލައިން އެލެވެންސް އޭ ކިޔާފަ ރުފިޔާ ދޭ ބަޔަކު ނޭނގެ ހަމަ ގައިމުވެސް ފުލުހުންނަކަށް ނުދޭ ތި އެލެވއންސްއެއް

  5. އަހުމަދު

    އަޑުތަށް އިވޭގޮތުގަ މިގައުގަ އޮތް ޓެކްޓީމުގެ މެންބަރުންވެސް މިހާރު މިލިޔަނަރުންނަށް ވެއްޖެޔޯ އެމީހުންގެ ލެބްތަކުގެ ވިޔަފާރިން އެއީ ތެދެއްބާ؟