މަދުން ނޫނީ ނުފެންނަ ވައްތަރުގެ ވެލައެއް އިންޑިއާގެ އަވަަށަކުން ފެނިއްޖެއެވެ.
އެ ވެލައަކީ ލެއިތް ސޮފްޓްޝެލް ޓާޓަލްއެވެ. އެ ވެލާގެ ބަރުދަނުގައި 22 ކިލޯ ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. ފޮރެސްޓް ޑިޕާޓްމެންޓުން އިއްޔެ ބުނީ، މި ވެލާ ފެނިފައި ވަނީ ނަޖްޕޫރުން ކަމަށެވެ.
މި ވެލާ ފެނިފައި ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިންގްނާ ސަރަހައްދުގެ މަގެއްގެ މަތިންނެވެ.
އެ ވެލާ ގެނެސް މިހާރު ވަނީ ޓްރީޓްމެންޓް ސެންޓަރަށް ގެންގޮސްފައެވެ. އެ ވެލާ ސަލާމަތްކޮށްފައި ވަނީ ހިންގްނާ ރޭންޖްގެ ފޮރެސްޓް އޮފިސަރ އާއި ފޮރެސްޓް ސްޓާފުންނެވެ.
މި ވެލާގެ ބަރުދަނުގައި 22 ކިލޯ 200 ގްރާމް ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ވެލާގެ ދިގުމިނުގައި 83 ސެންޓިމީޓަރު އަދި ފުޅާމިނުގައި 51 ސެންޓިމީޓަރު ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާއިން މީގެ ކުރިންވެސް މަދުން ނޫނީ އެތައް ވައްތަރެއްގެ ވެލާ އާއި ކަހަނބު ފެނިފައި ވެއެވެ. އަދި އެކި ކުލަކުލައިގެ ވެލާ އާއި ކަހަނބުވެސް ފެނިފައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ވެލާގެ ސިއްހަތު ރަނގަޅެވެ. އަދި ވަރަށް އަވަހަށް ވެލާ ދޫކޮށްލާނެ ކަަމަށްވެސް ބުނެފައި ވެއެވެ.
ކަންޒު ކަހަނބު