މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ހުށަހެޅުންތެރިޔާ ލަމްހާ (ލަމް) ގެ ހުނަރާއި މިޒާޖުގެ ސަބަބުން އާއްމުންގެ ލޮތްބާއި ޝައުގުވެރިކަން ހޯދާފައެވެ. ހަމައެހެންމެ ތަފާތު ފޮޓޯ ޝޫޓްތަކުން އޭނާ ދައްކާލާ މޮޑެލިންގެ ހުނަރާއި އެކު އޭނާ އަށް އާއްމުންގެ ފަރާތުން ބޮޑު ތަރުޚީބެއް ލިބެމުން އާދެެއެވެ.

އެގޮތުން އިންސްޓަގްރާމްގައި 63000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި އރު ލަމްގެ އިންސްޓަގްރާމް އެކައުންޓުން ރާއްޖެއިން ބޭރުގެ ގައުމުތަކަށް ގޮސް ރީތި ތަންތަނުގައި ނަގާފައި ހުރި ޗާލު ފޮޓޯތައް ފެންނަން އެބަހުއްޓެވެ. އަދި ރާއްޖޭގެ ރީތި ތަންތަނުގައި ނަގާފައިވާ އެތައް ފަރި ފޮޓޯތަކަށް ވެސް އާއްމންގެ ބޮޑު ސަމާލުކަމެއް ލިބުނެވެ.

އަދި މިހާރު ލަމް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރާ މާބަނޑު އިރުގެ ފޮޓޯތަކަކީ ވެސް އެހާމެ ހިތްގައިމު ފޮޓޯތަކެކެވެ. މިހާތަނަށް އައިއިރު އޭނާ ބަލިވެ އިނީއްސުރެ އެކި ދުވަސްވަރު ތަފާތު ތީމްތަކަށް ރީތިފޮޓޯތަކެއް ނެގުމަށް ފަހު އާއްމުންނައި ހަމައަށް ގެނެސްދީފައެވެ.

 

View this post on Instagram

 

A post shared by Lamha Latheef (@lamha.latheef)

އެ ފޮޓޯތަކާއި އެކު ހިތްގައިމު މެސެޖެއް ވެސް ހިއްސާ ކުރަމުން އައި އިރު މެސެޖުތަކުން އެނގެނީ ދަރިފުޅާއި ބައްދަލުވުމަށް ލަމް ކެތްމަދު ވެފައި ހުރި މިންވަރެވެ. އަދި ދަރިފުޅު ދެކެވާ އިންތިހާ ލޯބި ވެސް އެ ޕޯސްޓްތަކަށް ވަނީ ބަންޑުންކޮށްލާފައެވެ

މި ފަހަރު ލަމް ގެނެސްދިން ފޮޓޯތަކަކީ ފެއާރީޓޭލް ތީމްއަށް ނަގާފައިވާ ފޮޓޯތަކެކެވެ. އެ ފޮޓޯތަކުން ލަމްގެ ފިރިމީހާ މުއާވެސް ފެނެއެވެ. އެ ފޮޓޯތަކުގައި ލަމް ހުރީ ރީނދޫ ކުލައިގެ ހެދުމެއް ލާފައެވެ. އެ ހެދުމަކީ ރަންދޮދި.އެމްވީ އިން ފަހާފައިވާ ހެދުމެކެވެ. އަދި އެ ފޮޓޯ އަށް ލަމް ރީތިކޮށްދީފައި ވަނީ މޭކަޕް އާޓީސްޓް މިދޫއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައިމިނަތު

    ވަރަށް ލޯބި ދެމަފިރިން

    12
    19
  2. ޝިފާ

    ތީ ތަންފުކެއް ބޮޑު ވަރެއް ދެއްކޭން އުޅުނަސް،ނަންވާނީ އައްޒަ ހަހަހަ

    14
    1
  3. ސާނީ

    މިވެސް ދެން ހަބަރެ.........................

    13
    1
    • ަސދ

      ފައިސާ ދިނީމަ ކަލޭގެ ހަބަރުވެސް ޖަހައިދޭނެ