އިނގިރޭސިވިލާތުގެ ކުރީގެ ފުޓްބޯޅަ ކެޕްޓަން ޑޭވިޑް ބެކަމްގެ ވާހަކަ އަނެއްކާވެސް މާގިނައިން ދެކެވޭ ދުވަސްކޮޅެކެވެ. އިނގިރޭސިވިލާތުގެ ފުޓްބޯޅަ ޓީމުން ޔޫރޯގައި ދައްކަމުން އަންނަ މޮޅު ކުޅުމާއިއެކު ބެކަމްގެ "ޒުވާންކަމާއި ރީތިކަމުގެ ވާހަކަ" ދުނިޔޭގެ ނަން ހިނގާ ގިނަ މީޑިއާތަކުން އަންނަނީ ދައްކަމުންނެވެ.

ނަމަވެސް މިއަދު ބެކަމްގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް އައީ ފުޓްބޯޅަ މެޗަކާއި ގުޅިގެންނެއް ނޫނެވެ. ވިމްބަލްޑަން ޓެނިސް މެޗެއް ބަލާލަން ބެކަމް ދިޔައިރު އޭނާ ފެނުނީ މާބޮޑަށް ވެސް "ޒުވާންވެފައި" ހުރި މަންޒަރެވެ.

ކްރީމް ކުލައިގެ ސޫޓެއްގައި ނޭވީ އަދި އަލި ނޫކުލައެއްގެ ޓައީއެއްގައި ތުނބުޅި ވެސް ކޮށާލާފައި ހުރިއިރު އޭނާ އަކީ އުމުރުން 46 އަހަރުގެ މީހެއްހެން ހިއެއް ވެސް ނުވެއެވެ. ހަތަރު ކުދިންގެ ބައްޕައެއް ކަމަށްވާ ބެކަމް ކައިވެނި ކުރީ 1999 ވަނަ އަހަރުއެވެ. އޭނާ އާއި ވިކްޓޯރިއާ އަށް ހަތަރު ދަރިން ލިބިފައި ވާއިރު އެންމެ ދޮށީ ދަރިފުޅު ބްރޫކްލިން އަށް 22 އަހަރެވެ. ރޯމިއޯ އަށް 18 އަހަރެވެ. ކްރޫޒް އަށް 16 އަހަރު ހާޕާ އަށް ނުވަ އަހަރެވެ.

މެންޗެސްޓާ ޔުނައިޓެޑާއި، ރެއާލްމެޑްރިޑް އަދި އޭސީ މިލާން ފަދަ މަޝްހޫރު ކްލަބްތަކަކަށް ފުޓްބޯޅަ ކުޅެފައިވާ ބެކަމްގެ ފުޓްބޯޅަ ކެރިއަރު ނިމިގެން ދިޔަ ނަމަވެސް އޭނާގެ ވާހަކައެއް ނުނިމެއެވެ. އެންމެ ބޮޑަށް އަދިވެސް ދެކެވޭ އެއް ވާހަކައަކީ އޭނާގެ ރީތި ހަށިގަނޑުގެ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮއިންޓް

    46 އަހަރުން ކާކު ތަ މުސްކުޅި ވަނީ އަމުދުން ރީތި ސިފައަކާ ޗާލު އިސްތަށި ގަނޑެއް އިނިއްޔާ! އހަރެމެން ވެސް މިތިބީ 46 އަހަރުވެފަ އެކަމަކު މީހުން ހީކުރަނީ 34 އަހަރު ކަމަށް، ބައެއް މީހުން ހީކުރޭ 29 އހަރު ކަމަށް ވެސް! ބެކަމް ހާރީތި ނުވިޔަސް!

    14
    1