ބިލިއަނަރު ބިލް ގޭޓްސް އާއި އޭނާގެ އަނބިމީލާ މެލިންޑާ ވަރިވާން ނިންމިކަން އިއުލާން ކުރުމަކީ ދުނިޔެއަށް ވެސް ލިބުނު ބޮޑު ހައިރާން ކަމެކެވެ. މެލިންޑާ އާއި ބިލްގެ ގޭޓްސް ފައުންޑޭޝަނާއިއެކު އެދެމަފިރިން މިހާތަނަށް ފެންނަމުން ދިޔައީ އާދަޔާއި ހިލާފު ގާތް ގުޅުމެއް އޮތް ދެމަފިރިންގެ ގޮތުގައެވެ. ނަމަވެސް ދެމަފިރިންގެ ވަރީގެ ރަސްމީ ކަންކަން މިހާރު ކުރިއަށް އެބަދެއެވެ.

ވަރި އާއި ގުޅޭ ގޮތުން މިހާތަނަށް ގޭޓްސް އާއި އަދި މެލިންޑާ ވެސް މާގިނަ ވާހަކައެއް ނުދައްކައެވެ. ނަމަވެސް މިދިޔަ ހަފްތާގައި އެލެން އެންޑް ކޯގެ ބިލިއަނާސް ފޯރަމްގައި ގޭޓްސް ވަނީ ވަރިއާއި ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އޮފް ރެކޯޑްގައި ކުރިއަށް ގެންދިޔަ ބަންދަލުވުމުގައި ގޭޓްސް ވަނީ ދެމަފިރިން ވަރިވާން ޖެހުނީ އޭނާގެ ސަބަބުން ކަމަށް ބުނެފައެވެ. ވަރަށް ޖަޒުބާތުގައި ވާހަކަތައް ކުރިއަށް ގެންދިޔައިރު ގޭޓްސްގެ ލޮލުން ކަރުނަ އަންނަމުން ދިޔަ ކަމަށް ބައްދަލުވުމުގައި ބައިވެރިވި މީހުން ބުނެއެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގޭޓްސް ވަރިއާއި ބެހޭ މައުލޫމާތު ދިން ނަމަަވެސް އޭނާ ސިއްރު ލޯބީގެ ގުޅުމެއް ގެންގުޅުނު ކަމަކަށް ނުބުނެއެވެ. ނަމަވެސް ދެއްކި ވާހަކަތަކަށް ބަލާއިރު ވަރިވާން ޖެހުނު ސަބަބަކީ ގޭޓްސް ސިއްރު ލޯބީގެ ގުޅުމެއް އެހެން އަންހެނަކާއިއެކު ބޭއްވުން ކަން އެނގޭ ކަމަށް ބައްދަލުވުމުގައި ބައިވެރިވި މީހުން ބުނެއެވެ.

ގޭޓްސ އާއި މެލިންޑާ ވަރިވި ނަމަވެސް ދެމީހުންގެ ނަމަށް ނިސްބަތްވާ ފައުންޑޭޝަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ގޭޓްސް އާއި މެލިންޑާ ވަރިވާން ނިންމިއިރު ދެމީހުންގެ ކައިވެންޏަށް 27 އަހަރު ވެއްޖެއެވެ. ދެމަފިރިންނަށް ތިން ކުދިން ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާރި ބޭނުން ނެތް

    ޙީކުރީ ދޯ ރފ އޭ ބޭނުންވާނީ. ރުފިޔާ ނުފެނި ތިބޭ މީހުން މީހުންގެ ފިރިން ފަހަތުން ދުވަނީ އެވެސް ޑަބަލްކޮށް ހުރެ