މަރުވިކަމަށް ޑޮކްޓަރުން ނިންމި އުމުރުން 46 އަހަރުގެ މީހެއްގެ ޖަނާޒާ ކުރިއަށްދަނިކޮށް ހޭއެރުމުން ފެންފޮދެއް ބޯންދިންތާ މާ ގިނައިރުތަކެއް ނުވަނީސް އަނެއްކާ މަރުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި އިންޑިއާގެ މަދްޔަޕްރަދޭޝްގައި މި ހުރިހާކަމެއް ހިނގާދިޔައީ ގަޑިއެއްހާ އިރު ތެރޭގައެވެ. އެ މީހާއަކީ މިދިޔަ ހޮނިހިރު ދުވަހު ސިއްހީ މައްސަލަތަކެއް ޖެހިގެން ސަރުކާރު ހޮސްޕިޓަލެއްގައި ފަރުވާދެމުން ދިޔަ މީހެކެވެ. އެ ދުވަހުގެ ފަތިހު އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް، ހެނދުނު ހައެއް ޖެހިއިރު އޭނާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެއަށްފަހު އާއިލާއިން އެމީހާގެ ހަށިގަނޑު ގެއަށް ގެންދިޔައެވެ. އަދި އެ ދުވަހު މެންދުރު 11:00 ޖެހިއިރު، އޭނާގެ ޖަނާޒާ ކަންތައް ކުރިއަށްގެންދަން ފެށިއެވެ. އެ ހަރަކާތުގައި ގިނަބަޔަކު ބައިވެރިއިރު، އޭނާގެ ބޮޑު ދަރިފުޅު، އެ މީހާ އަންދާލަން އުޅުނު ވަގުތު، އެމީހަގެ ހަށިގަނޑު ހަރަކާތް ކުރިއެވެ. އަދި ބަޔަކަށް އޭނާ ކެއްސި އަޑުވެސް އިވުނެވެ.

އެ މީހުން ވަގުތުން ވަނީ އެ މީހާގެ ހަށިގަނޑު ކައިރި ބެންޗަކަށް ބަދަލުކޮށްފައެވެ. އަދި އޭނާއަށް ފެންވެސް ދިނެވެ. އޭނާ އެ ފެންތަށީގެ އެއްބައި ބުއިކަމަށް ވެއެވެ. އަދި ވަގުތުން އެ މީހާ ހޮސްޕިޓަލަށް ގެންގޮސް އީސީޖީދޭން ފެށިތަނާ މާގިނައިރުތަކެއް ނުވަނީސް އެ މީހާ މަރުވިކަން ވަނީ ކަށަވަރު ކުރެވިފައެވެ.

މިކަމއި ގުޅިިގެން ހޮސްޕިޓަލުގެ އިހުމާލެއް ވޭތޯ ބެލުމަށް މިހާރު އިންޑިއާގެ ކަމާއ ބެހޭ އިދާރާތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  2. މަގޭ

    އަނެއްކާ؟؟؟ ކޮން އަނެއްކާއެއް؟ ހުރިހާއެއްޗެއްވެސް މަރުވަނި އެއްފަހަރު ނޫންތަ؟؟