އަޅުގަނޑުމެން ދިރިއުޅެމުން މިއަންނަ ދުނިޔެ އަށް ކަރަންޓް ދެވޭނެ ވަރުގެ "އިރެއް" އިނގިރޭސިވިލާތުގެ ސައިންސްވެރިއަކު އުފައްދައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހައިޓެކް ސްޓާޓްއަޕް ތޮކަމަކް އެނާޖީގައި މަސައްކަތްކުރާ އެ ސައިންސްވެރިޔާ އޭނާގެ ކޮމްޕިއުޓަރު ކައިރީ ހުރެގެން އެގޮތަށް ކަރަންޓް ދޭން ބޭނުންވެގެން އެކަމެއް ކުރާ ކޮންމެ ފަހަރު އޭނާ އުފައްދާފައިވާ މެޝިނުން ހައިޑްރޮޖެން ގޭސް ބޭނުން ކޮށްގެން ކަރަންޓް ފޯރުކޮށްދެއެވެ.
"ޕްލާސްމާ" ގެ ނަމުން ނަން ދީފައިވާ އެ ހައިޑްރޮޖެން ގޭސް ދަނީ 6 ފޫޓު ފުޅާ މިނަށް ހަދާފައި ހުންނަ ވަށް އެއްޗެއްގެ ތެރެއަށެވެ. އޭގެ ފަހުން ޕްލާސްމާ ކުއްލި ގޮތަކަށް އަލިގަދަވެ، ހޫނު އުފައްދަން ފައްޓައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭގެ ހޫނު މިން ވެގެން ދަނީ ކާއިނާތުގައިވާ އެންމެ ހޫނު އެއްޗަށެވެ. އޭގެ މާނައަކީ އިރުގެ އެންމެ ހޫނު ހިސާބަށްވުރެ ވެސް ޕްލާސްމާ ހޫނު ވެގެން ދިއުމެވެ. އެއީ 15 މިލިއަން ޑިގްރީސް ސެންޓިގްރޭޑަށްވުރެ ހޫނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ އުފެއްދުން އުފައްދާފައިވާ ސައިންސްވެރިޔާއަކީ ދުނިޔޭގެ ނިއުކްލިއާ ފިއުޝަންގައި ވެސް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ސައިންސްވެރިއެކެވެ.
އޭނާ ބުނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މެޝިނުން އުފައްދާ ހޫނުމިން 100 މިލިއަން ޑިގްރީސް ސެންޓިގްރޭޑަށްވުރެ ހޫނު ވެގެންދާނެ ކަމަށެވެ. އެއީ އިރަށްވުރެ ހަގުނަ ހޫނު މިނެވެ.
އަދި 2030 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކަށް ފުރަތަމަ ކޮމާޝަލް ނިއުކްލިއާ ފިއުޝަން ޕަވާ ޕްލާންޓްސް ވެސް ދެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކޮން އިރަކު؟
ހުސް ދޮގު... އިރުގެ ހޫނުމިން އަދި ނޭގެނީކަމަށް ވާނީ
ތިގޮލާ ވިރޭނީ ކަންނޭނގެ....އިނގިރޭސިން ނަކީ ދުނިޔޭގައި އަޑު އަރުވައިގެންވެސް ހަންފަތުރާ ބައެއް
އެވަރުގެ ގަދަހޫނު ގައި އިންސާނާ ދިރިއެއްނުހުންނާނެ. ތިވާނީ ޚިޔާލީ ކުރެހުމަކަށް.
މުޅިންދޮގު އިރުގެހޫނުމިން ބެލިއެއްވެސް މީހަކު އަދި ދުނިޔެއަކުނެތް
.......
މުއްލާތައް ތަންދޮރު ނޭނގިތިބޭ ކޮމެންޓްކޮށްލަކޮށްލަ. ދުނިޔެ ދާނީ ކުރިއަށް