ޓިކްޓޮކްގައި އުޅޭ ދިވެއްސެއް ކަމަށްވާ މުހައްމަދު ނަބީލް 36، އަށް ވަނީ އާއްމުންގެ ވަރަށް ބޮޑު ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައެވެ. އިޖުތިމާއީ މިންގަނޑާ ޚިލާފަށް އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި އުޅުމުން މައާފަށް އެދުމަށް ފަހު ޓިކްޓޮކް ދޫކޮށްލި ކަމަށް އޭނާ ވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ބުނެފައެވެ.

ނަމަވެސް އޭނާގެ ޓިކްޓޮކް އެކައުންޓް ޑިލީޓްކުރި ކަމަށް ބުނިތާ ހަ ވަރަކަށް ދުވަސް ފަހުން އޭނާ ވަނީ އަލުން އޭނާގެ އެކައުންޓް އެކްޓިވްކޮށްފައެވެ. އޭނާ ކުރިން ކުޅުނު ޓިކްޓޮކްތައް ފެންނަ ގޮތަށް އެކައުންޓް އާއްމުކުރުމަށް ފަހު އޭނާ ވަނީ އަނެއްކާވެސް ޓިކްޓޮކް ކުޅެން ފަށައިފައެވެ.
.
އެއާއެކު އަންހެނުން ހެދުން އަޅައިގެންނާއި، ފިލްޓަ ބޭނުންކޮށް އަންހެނެއްގެ ސިފަ ފެންނަ ގޮތަށް ޔާޔާ ޓިކްޓޮކް ކުޅުމުން އަމާޒުވި ފާޑުކިޔުންތައް އިތުރުވެގެން ދިޔައެވެ. ޔާޔާ ޓިކްޓޮކް އާ ދުރަށް ދިޔައީ އޭނާގެ ބައްޕަގެ އެދުމުގެ މަތިން ކަމަށް ބުނުމަށް ފަހު އަލުން އެގޮތަށް ޓިކްޓޮކް ކުޅެން ފެށި ސަބަބާ މެދު އާއްމުން ވަނީ ސުވާލު އުފައްދާފައެވެ. އަދި އޭނާގެ ވީޑިއޯތަކާއި މެދު ނުރުހުން ފާޑުކޮށް އާއްމުން ވަނީ ކޮންމެންޓްކޮށްފައެވެ.

ފާޑުކިޔުންތައް ބޮޑުވެ އެކަމާއި ކުރިމަތިލާން ބޭނުން ނުވުމުން ޔާޔާ ވަނީ އޭނާގެ ވީޑިއޯތަކަށް ކޮމެންޓް ނުކުރެވޭ ގޮތް ހަދައިފައެވެ.

މީގެ ކުރިން ނަބީލް ބުނީ އަންހެން ހެދިގެންނާއި ފިލްޓާތައް ބޭނުން ކޮށްގެން ވީޑިއޯތައް ހެދުމުން އާއިލާ އަށް ވަރަށް ބޮޑު ޕްރެޝައަކާ ކުރިމަތިވި ކަމަށާއި ޓޮކްޓޮކް ދޫކޮށްލަން ނިންމީ ބައްޕައަށްޓަކައި ކަމަށެވެ.

"ޓިކްޓޮކް އެކައުންޓް ހަމަ އަމިއްލަޔަށް ޑިލީޓް ކޮށްލީ. ބައްޕަ ބުނެގެން އަސްލު. ޔާޔާގެ މަންމަވީ ނިޔާވެފައި. ދެން ބައްޕަ ހުންނަނީ. އެހެންވެ ބައްޕަގެ އެދުމުގެ މަތިން ޑިލީޓް ކޮށްލީ. ޓިކްޓޮކްގައި އަންހެން ވެގެން ވީޑިއޯ ކުޅެފައި ހުއްޓަސް، ނަބީލް އަކީ އަސްލު އެހެން އުޅޭ މީހެއް ނޫން. އެކަމަކު އެހެން ޓިކްޓޮކް ކުޅޭތީ އެ ވީޑިއޯތައް ބަލައިގެން އިތުރު މީހުން ވެސް އަންހެން ވެގެން ޓިކްޓޮކް ކުޅޭ. ޓިކްޓޮކްއިން ފެނިގެންދާ އެ ކެރެކްޓާ ސޮސައިޓީއަށް ފިޓް ނުވާތީ ބޭނުންވީ ލޯ ޕްރޮފައިލް ވެލަން. ޓިކްޓޮކްއިން ނުފެނުނަސް އިންސްޓަގްރާމް އާއި ފޭސްބުކްއިން ފެނިގެންދާނެ" ނަބީލް އޭރު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހޫ

    އަދި ތިއެނގުނީ؟

  2. ސަހުސް

    ތާކު ވިޔާނުދާ ކަމެއް ކުރަންޔާ އެ މީހަކު ޕްރޮމޯޓު ކުރާތި ތިކުރާ ކަންކަމުން ރާއްޖެއަށް ވަރަށްބޮޑުފައިދާތަކެއްވާނެ.

    15
  3. ޖާބެ

    ކޮބާތަ އިމްރާން އަދާލަތުގެ ހޯމްމިނިސްޓަރު އިޖްތިމާޢި ފެރާން ވީދާލައިފި ، ހުސް މުނާފިޤުން

  4. މއކ

    ކީކުރަންތަ މިމީސްމީހުންގެ ހަބަރުގެންނަނީ. މިމީހުންބޭނުންވަނީ ފޭމް. އެކަން ވަގުތުން ތިކޮއްދެނީ

    12