ބޮލީވުޑްގެ މަޖާ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ފިލުމު ކަމުގައިވާ ހޭރާ ޕޭރީގެ ތިން ވަނަ ބައެއް ނެރެން އުޅޭ ކަމުގެ އިޝާަރާތެއް ފިލްމުގެ މައިގަނޑު އެއް ކެރެކްޓަރު ކަމަށްވާ ޕަރޭޝް ރާވަލް ދީފިއެވެ.

މިހާރު ފިލުމު ''ހަންގާމާ 2'' ގެ މަސައްކަތް ކުރަމުންދާ ޕަރޭޝް ބުނެފައިވަނީ ''ހޭރާ ޕޭރީ'' ގެ ތިންވަނަ ބަޔަކަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި އަހަރު ފަހުކޮޅު ހުރިހާ ބެލުންތެރިންނަށް ވެސް އުފާވެރި ޚަބަރު ލިބޭނެ ކަމަށެވެ.

އިންޑިއަން އެކްސްޕްރެސްއަށް ދިން މި އިންޓަވިއުގައި ވާހަކަ ދައްކަމުން ޕަރޭޝް ވަނީ ޑައިރެކްޓަރު ޕްރިޔަދަރްޝަންއަށް ޝުކުރު އަދާ ކޮށްފައެވެ.

ޕަރޭޝް ރާވަލް ވަނީ ''ފިރް ހޭރާ ޕޭރީ''، ''ޗުޕްޗުޕް ކޭ''، ''ހަލްޗަލް''، ''ބޫލް ބުލައްޔާ'' ފަދަ މަޖާ ފިލުމުތަކުގެ މަސައްކަތް ޕްރިޔަދަރްޝަންއާއެކު ކޮށްފައެވެ.

ފިލުމު ހޭރާ ޕޭރީއަކީ ޕަރޭޝް ރަވާލްގެ އިތުރުން އަކްޝޭ ކުމާރާއި ސުނިލް ޝެޓީ މައިގަނޑު ކެރެކްޓަރުން ފެނިގެން ދިޔަ މަޖާ ފިލުމެކެވެ. މި ފިލުމުގެ ދެވަނަ ބައެއް ވެސް ވަނީ ނެރެފައެވެ.

''ފިރް ހޭރާ ޕޭރީ'' އާއި ''ހޭރާ ޕޭރީ'' އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މިއަދާއި ހަމައަށް ވެސް ގިނަ ބަލައި މަޖާ ފިލުމެކެވެ. މި ފިލުމުގެ ތިންވަނަ ބައެއް ނެރުން ވެގެންދާނީ ގިނަ ބައެއްގެ އިންތިޒާރަށް ގެނުވާ ނިންމުމަކަށެވެ.

 

ކިޔުންތެރިންގެ ހިޔާލު