ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެމޭޒަންގެ ވެރިޔާ ޖެފް ބެޒޮސް އޭނާގެ ކުންފުނި ބްލޫ އޮރިޖިން އިން އުފެއްދި އުޅަނދުގައި ޖައްވަށް ދަތުރު ކުރުމަށް ފަހު މިއަދު އެނބުރި އަތުވެއްޖެއެވެ.

20 އަހަރު ވަންދެން ޖައްވަށް ދާނެ އުޅަނދެއް ތައްޔާރުކުރަން ކުރި މަސައްކަތް ކާމިޔާބުކޮށް ބްލޫ އޮރިިޖިންގެ އުޅަނދުގައި ޖެފް ޖައްވަށް ދިޔައީ އޭނާގެ ބޭބެ މާކް ބެޒޮސް އާއި ކުރީގެ ޕައިލެޓެއް ކަމަށްވާ ވެލީ ފަންކް އާއި ނެދަލޭންޑްގެ ދަރިވަރެއް ކަމަށްވާ އޮލިވާ ޑަމަން އެވެ.

10 މިނެޓަށް ދެމިގެންދިޔަ ދަތުރަށް ފަހު ކާމިޔާބު ކަމާއިއެކު އެނބުރި ޖެފްގެ ޓީމް އައުމަކީ ވިޔަފާރި އުސޫލުން ޖައްވަށް ދަތުރު ކުރަން ފެށުމަށް ކުރަމުން އަންނަ މަސައްކަތައް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.

އެމެރިކާގެ ޓެކްސަސް އިން އުދުއްސާލި ރޮކެޓްގައި ބްލޫ އޮރިޖިންގެ އުޅަނދު ޖައްވަށް ގޮސް ތިން މިނެޓް ހޭދަކުރިއެވެ. ތިން މިނެޓް ވަންދެން ޖައްވުގައި ވަގުތުތައް ހޭދަކޮށްލުމަކީ ވެސް އާދަޔާއި ހިލާފު ތަޖުރިބާއެއް ކަމަށެވެ.

ބްލޫ އޮރިޖިންގެ ދަތުރުގައި ވަނީ އެންމެ ދުވަސްވީ މީހާ އާއި އެންމެ ހަގު މީހާ ވެސް ޖައްވަށް ގޮސްފައެވެ.

ބްލޫ އޮރިޖިން އިން ޖައްވަށް ފަތުރުވެރިން އުފުލަން ފަށާނެ ގަޑިއެއް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް އަގު އެއްމިލިއަން ޑޮލަރަށްވުރެ ބޮޑު ވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބިލިއަނަރު ރިޗަޑް ބްރިންސަން ވެސް ވަނީ މިމަހު ޖައްވަށް ގޮސްފައެވެ. ބްރެންސަން މިއަދު ވަނީ ޖެފް ޖައްވަށް ގޮސް އެނބުރި އައުމުން އެކަމަށް މަރުހަބާ ކިޔާފައެވެ.