ކޮވިޑް-19ގެ ސަބަބުން އުއްމީދުކަނޑާފައިވާ މީހެއްގެ “ދަރިފަނި” ނެގުމަށް އިންޑިއާގެ ކޯޓަކުން ހުއްދަ ދީފިއެވެ.

ގުޖުރާތުގެ ހައިކޯޓުން ވަޑޮޑާރާގައި ހުންނަ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައި އޮތް ކޮވިޑް ބަލިމީހަގެ “ދަރިފަނި” ނެގުމަށް އަންގާފައިވަނީ އެފިރިހެން މީހާގެ އަނބިމީހާ އެދުމުންނެވެ.

އެއަންހެން މީހާ އެގޮތަށް އެދިފައިވަނީ އެފިރިހެން މީހާ ނެތް ދުނިޔެއެއްގައި ވެސް އޭނާގެ ކުއްޖަކު ހޯދަން ބޭނުންވާ ކަަމަށެވެ. އެ އަންހެން މީހާ ކޯޓުގައި އެކަމަށް އެދިފައިވަނީ ހޮސްޕިޓަލުން އެކަން ނުކޮށްދޭނެ ކަމަށް ބުނުމުން ކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ.

އެހެންކަމުން ހައިކޯޓުން ވަނީ އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނިންމައި "އަވަސް ކަމެއް" ގެ ގޮތުގައި އެކަން ކޮށްދިނުމަށް ހޮސްޕިޓަލަށް އަންގާފައެވެ.

އެގޮތުން އޭނާގެ "ދަރިފަނި" ނަގައި ރައްކާތެރިކަމާއި އެކީ ބެހެއްޓުމަށް ކޯޓުން ވަނީ އަންގާފައެވެ.

އެގޮތަށް ކޯޓުން އެންގި ނަމަވެސް ކޯޓުން ވަނީ އިތުރު އެއްވެސް ކަމެއް އެފިރިހެން މީހާގެ "ދަރިފަނި"އަށް ނުކުރުމަށް ވެސް އަންގާފައެވެ.

އެފިރިހެން މީހާއަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުން ބުނެފައިވަނީ އެއަންހެން މީހާ އުޅުނީ ފިރިހެން މީހާގެ ދަރިފަނި ބޭނުންކޮށްގެން "އައިވީއެފް/އޭއާރުޓީ" ހަދައިގެން ދަރިއަކު ހޯދަން ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން އެކަމަށް އެއްބަސް ވެފައެއް ނުވެއެވެ.

ފިރިމީހާގެ ދަރިފަނި ނެގުމަށް އަންހެން މީހާ އެދިފައިވާއިރު، ކޮވިޑް-19 ޖެހިގެން އެފިރިހެން މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އެ ބަލީގެ ސަބަބުން އޭނާގެ ގުނަވަންތައް ފެއިލްވެ އުއްމީދު ވެސް ވަނީ ކަނޑާފައެވެ.

ކިޔުންތެރިންގެ ހިޔާލު