އިންޑިއާގެ ޗޮމޫ ޓައުންގެ އުދައުޕޫރް ވިލޭޖްގައި، ޒުވާނަކު އަޅައިގެން އިން ބްލޫޓޫތް ހެޑްފޯނު ގޮވައިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނެފައި ވަނީ އުމުރުން 28 އަހަރުގެ ރަކޭޝް ކުމާރް ނަގަރް ނަމަކަށް ކިޔާ އެ ޒުވާނާ އެވަގުތު ދިޔައީ ގޭގައި ޓެސްޓަށް ތައްޔާރުވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އޭނާ ބްލޫޓޫތް ހެޑްފޯން ބޭނުން ކުރަމުން ގޮސްފައި ވަނީ، އޭތީ ކަރަންޓަށް ޖަހާފައި އޮތް އެއްޗަކަށް ޖަހައިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި ކުއްލިއަކަށް އެ ހެޑްފޯން ގޮވައި، ނަގަރްވެސް ހޭނެތުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އޭނާ ވަގުތުން ސިއްދިވިޔަނަޔަކް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދިޔައިރު، އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނެފައި ވަނީ، އެ ހާދިސާގައި އޭނާގެ ދެ ކަންފަތަަށްވެސް ގެއްލުންވެފައިވާ ކަމަށެވެ. އޭނާއަށް ފަރުވާދިން ހޮސްޕިޓަލުން ބުނެފައި ވަނީ، އޭނާ އެ ހޮސްޕިޓަލަށް ގެނައިރުވެސް އޮތީ ހޭނެތިފައި ކަމަށެވެ. އަދި އޭނާއަށް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ކޭޑިއެކް އެރެސްޓެއްގައި ބެލެވޭ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މިއީ މިގޮތަށް އިންޑިއާގައި ހިނގާދިޔަ ފުުރަތަމަ ހާދިސާއެއް ނޫނެވެ. މިފަދަ ހާދިސާއެއް މިދިޔަ ޖޫން މަސް ތެރޭގައިވެސް އިންޑިއާގައި ހިނގައި 38 އަހަރުގެ މީހަކު މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު