1991 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސައިފު ޢަލީ ޚާނާއި އަމްރިތާ ސިންގްގެ ކައިވެނި ރޫޅިގެން ދިޔައީ ދެ ކުދިން ލިބުމަށް ފަހުގައެވެ. އެއީ ސާރާ ޢަލީ ޚާނާއި އިބްރާހިމް ޢަލީ ޚާނެވެ.

2004 ވަނަ އަހަރު ރޫޅުނު މި ކައިވެންޏާއި ބެހޭގޮތުން ސާރާ ޢަލީ ޚާން ވަނީ އޭނާގެ އިހުސާސްތައް ހިއްސާ ކޮށްފައެވެ.

ސާރާ ބުނެފައިވާ ގޮތުގައި އޭނާގެ މަންމައާއި ބައްޕަ އެ ކައިވެނީގެ އުޅުނީ އުފަލުން ނޫނެވެ. އަދި އެއިރު އެންމެ ރަނގަޅު ގޮތަކީ ވަރިވުން ކަމަށް އޭނާވެސް ދެކެއެވެ.

ވޫޓުގެ ޗެޓް ޝޯއެއް ކަމުގައިވާ ''ފީޓް އަޕް ވިތު ދި ސްޓާރސް'' ގެ ތިންވަނަ ސީޒަނުގެ ސާރާ ބައިވެރި ޝޯގައި އޭނާ ބުނެފައިވަނީ މަންމައާއި ބައްޕަ ވަރިވުމަށް ފަހު އޭނާ ދިރިއުޅެނީ މަންމައާއި އެކުގައި ކަމަށެވެ.

''މިކަމުގައި ދެ ގޮތެއް އޮވޭ. އެއްވެސް އުފަލެއް ނެތި އެންމެން އެއްކޮށް އުޅުން. ނުވަތަ ވަކިން އެންމެން އުފަލުން އުޅުން. އެހެންވެ މަންމައާއި ބައްޕަ ވެސް ވަރިވީ. އޭގެ ފަހުން އަހަރެން އުޅެނީ މަންމައާއި އެކުގައި. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އަހަރެންގެ ހުރިހާ ވެސް މީހަކީ މަންމަ. އަހަރެންގެ ބައްޕަ ވެސް ވަރަށް ރަނގަޅު. އަހަރެން ފޯނުން ގުޅައިގެން ވާހަކަދައްކަން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ވެސް ވާހަކަ ދެއްކޭނެ. ދިމާވާން ބޭނުން ކޮންމެ ވަގުތެއްގައި ވެސް ދިމާވާނެ'' ސާރާ ބުނެފައިވެއެވެ.

މިހާރު ސައިފުއާއި އަމްރިތާ ވެސް އެމީހުންގެ އަމިއްލަ ދިރިއުޅުމުގައި އުޅެނީ އުފަލުން ކަމަށް ސާރާ ބުންޏެވެ. އަދި އެކަމުގެ ސަބަބުން އެމީހުންގެ ދަރިން ވެސް ތިބީ އުފަލުން ކަމަށް ސާރާ ފާހަގަ ކުރިއެވެ.