ރައްޔިތުން މަޖިލީހުގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ، އަހްމަދު އުޝާމްއާއި މަޝްވަރާ ކުރުމެއް ނެތި، އެ ދާއިރާގެ ތަރައްގީގެ ޕްލޭނެއް މާލެ ސިޓީ ކައުންސިލުން އެކުލަވާލުމުން މެމްބަރު ނުރުހުން ފާޅުކުރައްވައިފިއެވެ.

ވިލިމާލޭ ތަރައްގީގެ ތަސައްވުރާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މާލެ ސިޓީގެ މޭޔަރާއި، ވިލިމާލެ ކައުންސިލަރާއި ބައްދަލުކޮށް މަޝްވަރާ ކުރައްވަން ކުރެއްވި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް ވިދާޅުވެ އުޝާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ކަންބޮޑުވުންތައް ފާޅުކުރައްވާފައި ވަނީ ވިލިމާލެ ރައްޔިތުންނާއެކު މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައެވެ.

އުޝާމް ވިދާޅުވީ ތަރައްގީގެއް ޕްލޭނެއް އެކުލަވާލި ނަމަވެސް އެ ތަސައްވުރު ވުޖޫދުކުރުމަށް ފައިސާ ބޭނުންވާނެ ކަމަށެވެ. ސަރުކާރުގެ އޮނިގަނޑުގެ ތެރެއިން މި ފައިސާ ލިބޭނީ ބަޖެޓު ކުރެވިގެން ކަމަށާއި، އެ ބަޖެޓް ފާސްކުރަނީ މަޖިލީހުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޕްލޭނެއް ހަދާއިރު މަޖިލީސް ތެރެއިން ބަޖެޓްގައި އެކަންކަން ހިމަނަން މަސައްކަތް ކުރުމަކީ އޭނާގެ ޒިންމާއަކަށްވީއިރު ސިޓީ ކައުންސިލުން އެކަމާ އެއްވެސް މަޝްވަރާއެއް ނުކުރައްވާތީ އެ ދާއިރާގެ މެމްބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އަޅުގަނޑު ވަރަށް ހިތާމައާއެކު ދަންނަވަން މިވަރުގެ ބޮޑު ޕްލޭނެއް ތި ބޭފުޅުން ތައްޔާރު ކުރެއްވި އިރުގައި މި ދާއިރާގެ އެމްޕީއެއްގެ ގޮތުގައި އަޅުގަނޑު ހުރިއިރުގައި އެންމެ ކުޑަ މިނުން އަޅުގަނޑު ކައިރީ ހޭވެސް އަހައެއް ނުލާ. އަޅުގަނޑު ހިޔާލެއްވެސް ހޯދާނުލާ." އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވި ގޮތުގައި ވިލިމާލޭގެ ތަރައްގީއަށް މިހާރު ސިޓީ ކައުންސިލުން ރާވާފައިވާ ހުރިހާ މަސައްކަތައްވެސް ކުރިއަށް ގެންދެވޭނީ ފައިސާ ލިބިގެން ކަމަށްވީއިރު ކައުންސިލުން ބޭނުންވާ މިންވަރަށް ސަރުކާރުގެ ތެރެއިން ފައިސާ ލިބުމަކީ ނާދިރު ކަމެކެވެ.

މީގެ އިތުރުން އުޝާމް ވަނީ ސިޓީ ކައުންސިލުން ވިލިމާލެއާމެދު ގެންގުޅޭ ތަސައްވުރާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ.

އޭނާ ވިދާޅުވީ އެ އަވަށުގައި ދިހަ ބުރިއަށް އިމާރާތް ކުރުމާއި ގުޅޭގޮތުން އޭނާވެސް ހައުސިން މިނިސްޓްރީއާ މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް އެފަދަ ބޮޑު ނިންމުމެއް އައުމުގެ ކުރީން ވަރަށް ބޮޑަށް ބަލާ ދިރާސާ ކުރަންޖެހޭ ކަަމަށެވެ.

މާލެއަށް މިހާރުވެފައި އޮތް ގޮތާއި ހުޅުމާލެއަށް ވަމުންދާ ގޮތުން ވިލިމާލޭގެ އާބާދީ ބޮޑުވުމުން ހިދުމަތްތަކަށްވާނެ ގޮތް ދެނެގަނެ އެކަންކަމަށް ފުރަތަމަ ހައްލު ހޯދަން ޖެހޭ ކަމަށް މެމްބަރު ދެކިވަޑައިގަނެއެވެ. "ވިލިމާލެގައި 10 ބުރީގެ އިމާރާތް ކުރުމުގެ ހުއްދަ ދިނުމުގެ ކުރީން އަޅުގަނޑުމެން އެބަޖެހޭ ކަރަންޓްގެ މައްސަލަ ހައްލު ކުރަން އަދި ފެނާ ނަރުދަމާގެ މައްސަލަވެސް ހައްލުކުރަން." އުޝާމް ވިދާޅުވިއެވެ.

ރޭގެ ބައްދަލްވުމާއި ގުޅިގެން ރަސްމީ އެއްވެސް ދައުވަތެއް އުޝާމްއަށް ލިބިވަޑައިގަނެފައި ނުވާ ކަމަށް ވިދާޅުވެ އެކަމާ ވެސް އުޝާމް ނުރުހުން ފާޅުކުރިއެވެ. ނަމަވެސް ރޭގެ ބައްދަލުވުމަކީ މާލޭ ސިޓީ ކައުންސިލުން އާއްމުކޮށް ހުޅުވާލައިގެން، ބައްދަލުވުން އޮންނާނެ ވަގުތާއި ތަން އިއުލާން ކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.

މާލޭ ސިޓީ ކައުންސިލުން ގެންދަނީ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުރިހާ އަވަށްތަކެއްގައި ބައްދަލުވުންތައް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރާއްޖެ

    އެމްޕީން ހަދަން ޖެހޭނީ ގާނޫނު.

    17
    1
  2. ޓ

    ޚުޝާމް ވެސް ޕާރޓީ އެއް ހަދާތީ މިހާރު އޮޅެނީ ބަލަ ފިނޭންސް އިން ސީލިން ދީގެންނޭ ބަޖެޓް ހަދަނީ...އަދި ސިޓީ ކައުންސިލުން ވިޔަފާރި އުސޫލުންވެސް އަދި ހިލޭ އެހީން ވެސް ކަން ކުރެވޭނެ. ޢަދި ކުރާނެ ކަމަށް ފެންނަނީ

    21
    1
  3. ހެހެހެ

    ޤައުމު ދާނެ ގޮތަކަށްދާން ދޫކޮށްލައިގެން ތިބި ބަޔަކާ މަސްވަރާ ކުރުމުގެ އެއްވެސް މާނައެއްނެތް، ހިޔާލެއް ނުވަތަ ތަސައްވުރެއް އޮތް ނަމަ އެވާހަކަ ތިޔަ ބުނާ މަޖިލީހުގަ އަޑުހަރުކޮށް ގޮވާނެ، ތަސައްވުރަކައިގެން މުޅި މާލެ ސިޓީގެ ތާއީދު ލިބިގެން އައިސް އެ މަސައްކަތް ބާރު ސްޕީޓްގަ ފެށީމަ އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމަކީ ތިމާގެ ނުކުޅެދޭ މިންވަރު ދަށްކުވައިދޭ އަލިގަދަ ދަލީލެއް. ރަގަޅު ގޮތަކީ ތިމާގެ ދާއިރާއަށް މޭޔަރު ގެނެސްދެއްވަން އުޅުއްވާ ތަރައްގީއަށް ހުރަސް ނޭޅުން. ޤައުމު ގޮސް ފަރަށް އަރާދިޔަވަމުން ދާއިރު އެ އޮޑީގެ ވަތުން ދިޔަ ހިއްކަން މަސައްކަތް ކުރުމުގެ ހިތްވަރު ނެތް މީހުން ތިފަދަ ވާހަކަ ދެއްކުން އެއީ ހުތުރު ކަމެއް.

    25
    1
  4. މަސްއޫދު

    މިހާތަނަށް އައިއިރު އުޘާމު ވިލިގިއްޔަށް ކޮންދިނީ ކޮންކަމެއްތޯ! މާލޭސިޓީއިން ވިލިގިލީގެ ރައްޔިތުންނާ ބައްދަލު ކުރުމުން ވިލިގިލީގެ ރައްޔިތުންގެ އުދާސްތަކުން އެގޭ އުޘާމުއާ މަޝްވަރާ ނުކުރީއޭ ކިޔައި ސަކުވާ ކުރުމްކީ އަމިއްލަ އެދުން އިސްކުރުން! ބޭޒާރުވީ އަމިއްލައަށް!

    22
    2
  5. ވިސްނާލުމަށް އެދެމޭ

    ނުޖެހޭ އުޝާމުގެ ހިޔާލުހޯދަން..އުޝާމުގެ ހިޔާލު ސަރު ކާރަށް ހިއްސާ ކޮށް ރައްޔިތުންގެ ހިޔާލުހޯދައިގެން މެމްބަރުގެ އަމިއްލަ ޒިންމާއަދާ ކޮއްބަލަ..ބަޔަ ކު ކަމެ ކުރާތީ އެ ކަމުގެތެރެއަށް ތިމާގެނަން ވައްދަންނޫޅެ..ބަޖެފާސް ކުރާ ދުވަސް މިއޮއް އަންނަނީ ވިލިމާލެއަށް ގެންނަންބޭނުންވާ ތަރައްގީ ދާއިރާގެ ރައްޔިތުންގެ ހިޔާލާއެ ކު ބަޖެޓަށް ހުށަހަޅަން ކިތައް ބައްދަލުވުންބޭވިއްޖެ..މުއިއްޒުއަށް ބަވަން އުޝާމު ލަދުގަންނަޖެހޭ ވިލިމާލޭގެ ރައްޔިތަ ކަށްވެހުރެ ދާއިރާގެ އިހުސާސްނޭގޭ އަމިއްލަޖީބު އެ ކަނިފެންނަމީހެއް..މުއިއްޒުގެ އަގުވައްޓާލަން އުޝާމު ރޭގަ ކުރި ކަމަ ކީ ވަރަށް ހުތުރުއަމަލެ..

    15
  6. އަހްމަދު

    އުޝާމް ތިމަގާމައްވިލިމާލެރައްޔިތުން އިންތިހާބުކޮށްދިނީ މިނިވަން މެމްބަރެއްގެގޮތުގަ ޕާޓީއެއްއުފެއްދުމުގަ ބައިވެރިވަނީވިލިމާލޭގެ ރައްޔިތުންގެލަފާހޯއްދަވައިގެންތޯ މަސްވަރާކުރެއްވިންތޯ

    19
  7. ހަނި

    ޕަޓީހަދަންވިލިގިލި ރައިތުން ކައިރިން ހިޔާލު ހޯދިންތޯ އުސާ މް

  8. ބަހުލޫލު

    ވިމިލާލެ ތަރައްޤީ ކުރަން އުޝާމް ގެ ހިޔާލުތަ ބޭނުންވަނީ؟ ވިލިމާލެ ރައްޔިތުންގެ ހިޔާލު ހޯދީމާ މީނާއަށްވެސް ކަމުނުދިޔައީ ދޯ؟ މި މީހުންނަށް ނުވާ، ނުކުރެވޭ ކަންކަން މުއިއްޒު ކުރީމާ ހަޖަމް ނުވަނީ.

  9. މުހައްމަދު

    މަނިކުފާނަށް ރައްޔިތުން ވަނީ އެތަށް ކަމެއް ހުށަހަޅާފައި. ފުރަތަމަ އެކަންކަން ރަނގަޅުކޮއްބަލަ ބޭބެގެ ވިޔަފާރިން (ބަގީ ހިދުމަތް) ރައްޔިތުން ފައިދާއެއް ކުރޭތޯ ބަލާބަލަ ބޮޑެތި ބިންތަށް ވިލިގިލިން ނަގާފައި ބޮޑު މަގަށް ހުރިހާ ބަގީތަށް ގްރައުންޑް ކޮއްގެން ނުތިބެ

  10. ސ

    ވިލިމާލެއަކީ ވަރަށް ހިތްފަސޭހަ ރަށެއް. ދުއްވާ އެއްޗެހި މަދު ރަށެއް. ވާރޭ ވެހޭއިރު މަގުމަތީގައި ފެންބޮޑެއްވެސް ނުވޭ. ނަމަވެސް ވިލިމާލޭގައި ގިނަ މީހުން އުޅެނީ ކުއްޔަށް. ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ދާން ޖެހެނީ މާލެއަށް. ރޭގަނޑުގެ ވަގުތުގައި ގިނަ މަގުތަކުގައި އަލިކަމެއް ނުހުރޭ. ސްކޫލަށް ބޭނުންވާ އެއްޗެހި ގަންނަން މާލެއަށް ދާންޖެހޭ. މީހުން މަދުވީމަ ބަެއއް ކަހަލަ ވިޔަފާރިތައްވެސް ބަނގުރޫޓުވެގެން ހުއްޓޭ ހިސާބަށްދޭ. ދެން އޮތީ ކޮންމެ ދުވަހަކު ކުނި އަންދާތީ އެ ހިސާބުގަނޑުގައި އުޅޭ މީހުންނަށްވާ އުނދަގޫ. ޕޯސްޓުން އެންމެ އެއްޗެއް ބަލާ ވެސް މާލެ ދާންޖެހޭ. އަޅުގަނޑުގެ ސުވާލަކީ އެތައް ސަރުކާރެއް ބަދަލުވެގެން ދިޔައިރުވެސް ވިލިމާލެގަެ ރައްޔިތުންނަށްވާ އުނދަގޫތައް ނުފެނި ހުޅުމާލެއެއް ތަރައްޤީކޮށް ނިންމާލައި އެތަނުގައި ހުރިހަާ ފެސިލިޓީތައް ޤާއިމުކުރެވި ނުވާނެއޭ އުނދުގުލޭ ބުނާނެ ފުރުސަތެއް އެބައޮތްތޯއޭ؟ ވަރަށް އުއްމީދާއިއެކު އަޅުގަނޑުމެން އެންމެންވެސް ވޯޓުލަނީ އެހިސާބުން ހަމަ ތިޔަ ބޭފުޅުންނަށް އަޅުގަނޑުމެން ގެއްލެނީތޯއޭ؟

  11. އަފީ

    ދާއިރާގެ ބަސް މަޖިލިސް ތަޅުމުގައި ނުއިއްވޭ މެމްބަރެއްގެ ހިޔާލް ހޯދާން ޖެހޭ ސަބަބަެއް ނުވިސްނުނު.