ބޮލީވުޑުގެ އެކްޓަރ ސައިފު ޢަލީ ޚާނާއި ކަރީނާ ކަޕޫރު ޚާންގެ ދެވަނަ ދަރިފުޅު ޖެހް އުފަންވެފައިވަނީ މި އަހަރުގެ ފެބްރުވަރީ މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް އަދި ވެސް ސައިފުގެ މަންމަ ޝަރުމީލާ ތައިގޯރުއަށް ޖެހް އުރާލަން ނުލިބޭ ކަމުގެ ޝަކުވާތައް މި ވަނީ ކުރަން ފަށާފައެވެ.

ކަރީނާގެ ދެވަނަ ދަރިފުޅު ވިހާފައިވަނީ އިންޑިޔާގެ މުމްބާއީގައެވެ. ނަމަވެސް ސައިފުގެ މަންމަ ޝަރުމީލާ ދިރިއުޅެމުން ދަނީ ދިއްލީގައެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ޝަރުމީލާއަށް ޖެހްއާއި ބައްދަލު ކުރުމަށް ނުދެވުނު ކަމަށް އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

ނަމަވެސް ކަރީނާއާއި ސައިފު އެމީހުންގެ ދެ ދަރިން ގޮވައިގެން ވަރަށް އަވަހަށް ދިއްލީއަށް ދާނެއެވެ. ނުވަތަ ކޮންމެ އަހަރަކު ވެސް އެ އާއިލާއިން އާދަކާދައިގެ ގޮތުގައި ކާބަފައިންގެ ގޭގައި ބާއްވާ އެއްވުމުގައި ބައިވެރިވާނެއެވެ. އަދި ޝަރުމީލާއާއި އޭނާގެ މާމަ ދަރިފުޅާއި ބައްދަލުވާނެ ކަމަށް އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން ޝަރުމީލާ ބުނެފައިވަނީ ސައިފުގެ ދެވަނަ ދަރިފުޅު އުރާލުމުގެ ނަސީބު ނުލިބޭ ކަމަށެވެ. އަދި ޖެހްއާއި ބައްދަލުވުމުގެ އުއްމީދުގައި ހުރި ކަމަށެވެ.

ކަރީނާއާއި ސައިފު ވަނީ އެމީހުންގެ ދެ ދަރިންނާއި އެކު ސައިފުގެ މި އަހަރުގެ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައިސްފައެވެ. ރާއްޖޭގައި ދެ ދަރިންނާއި އެކު ސައިފުއާއި ކަރީނާ ހޭދަކުރަމުންދާ އުފާވެރި ވަގުތުތައް ދަނީ މީސް މީޑިޔާގައި ހިއްސާ ކުރަމުންނެވެ.

ކަރީނާއާއި ސައިފުގެ ފުރަތަމަ ދަރިފުޅު ތައިމޫރުުގެ ނަމަށް ފާޑުކިޔުންތައް އައި ފަދައިން ދެވަނަ ދަރިފުޅު ޖެހްގެ ނަމަށް ވެސް އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.