އިނގިރޭސި މުއުޒިކީ ދުނިޔޭގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ބައްޕަ ޖޯ ޖެކްސަން މަރުވެއްޖެއެވެ.

ޕެންކްރިއަޓިކް ކެންސަރު ޖެހި ޖޯ މަރުވިއިރު އޭނާ ހުރީ ކެންސަރުގެ ހަތަރުވަނަ ސްޓޭޖް ނުވަތަ ފަހު ސްޓޭޖްގައެވެ. 89 އަހަރުގެ ޖޯ މަރުވެފައިވަނީ ބުދަ ދުވަހު ލޮސް އެންޖަލިސްގައި ފަރުވާދެމުން ދަނިކޮށެވެ.

މީގެ ކުރިން އޭނާއަށް ހިތުގެ މައްސަލަތަކެއް ދިމާވެގެން ވެސް ފަރުވާ ދީފައި ވެއެވެ. މީގެ އިތުރުން، މީގެ އަހަރެއްހާ ދުވަސް ކުރިން ކާރު އެކްސިޑެންޓެއްވެ، ޖޯއަށް ވަނީ އަނިޔާތަކެއް ލިބިފައެވެ.

ދަރިފުޅު ޖެނެޓް ޖެކްސަންއަށް ވެސް ދާއިރާ ދަސްކޮށްދީފައިވަނީ ބައްޕަ ޖޯއެވެ. މި އަހަރުގެ ޑިޒްނީ މިއުޒިކް އެވޯޑްސްގައި އިމްޕެކްޓް އެވޯޑް ލިބުނު ޖެނެޓްވަނީ އޭނާގެ ކާމިޔާބީއަށް ބައްޕައަށް ޝުކުރު އަދާކޮށްފައެވެ.

ޖޯ އަކީ އާއިލާގެ ބޭންޑް 'ޖެކްސަން ފައިވް'ގެ ލީޑް ވޯކަލިސްޓެކެވެ. ޖެކްސަން ފައިވް މެނޭޖް ކުރީ ޖޯއެވެ. ދަރިން މެނޭޖް ކުރުމުގައި 'ހަރުކަށި' ގޮތްތަކެއް ގެންގުޅުނު ޖޯ އާއި ކުދިންނާ ފަހުން ގިނަ މައްސަލަތަކެއް ވަނީ ޖެހިފައެވެ.

ޖޯގެ ދަރިފުޅު ދަރިފުޅު މައިކަލް ޖެކްސަން ވަނީ 2009 ވަނަ އަހަރު މަރުވެފައެވެ. މައިކަލް މަރުވީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން "ދިސް އިޒް އިޓް" ގެ ނަމުގައި ކޮންސެޓަކަށް ނިކުންނަން ތައްޔާރުވަމުން ދަނިކޮށެވެ.

އޭނާގެ މަރާ ގުޅިގެން ފަހުން ވަނީ، ކޮންސެޓަށް ވަމުން ދިޔަ ތައްޔާރީތަކުގެ ވީޑިއޯ ފުޓޭޖްތަކާ އެކު "މައިކަލް ޖެކްސަން ދިސް އިޒް އިޓް" ގެ ނަމުގައި ފިލްމެއް ގެނެސް ދީފަ އެވެ.