ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ އޭނާގެ ފިރިމީހާ އޮފްސެޓަށް ބޭވަފާތެރިވީ ކަމަށް ބުނެ، ފިރިމީހާގެ ޓްވިޓާ އިންސްޓަގްރާމް ސްޓޯރީގައި ޑިލީޓްކޮށްފައިވާ މެސެޖަކަށް ރައްދު ޖަވާބު ފޯރުކޮށްދީފިއެވެ.

" އަހަރެންނާއި ނުކުޅޭތި!" ޑިލީޓްކޮށްފައިވާ ޕޯސްޓަށް އިޝާރާތްކޮށް އުމުރުން 30 އަހަރުގެ ކާޑީ ބީ ބުނެފައިވެއެވެ.

އޮފްސެޓް ޑިލީޓްކުރި ޕޯސްޓްގައި އޭނާ ވަނީ ކާޑީ ބީ އެހެން މީހަކާއި ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހަޑި ހުތުރު ބަހުން ކާޑީ ބީއާއި ގުޅޭގޮތުން މުހާތަބުކޮށްފައިއެވެ.

ކާޑީ ޓްވިޓާ ސްޕޭސްގައި ވާހަކަ ދައްކަން ފެށީ ކޭޝިއާ ކޯލްގެ "އައި ޝުޑް ހެވް ޗީޓެޑް" ލަވައިގެ ފުރަތަމަ ކަނޑީގެ ބައެއް ލިޔެގެންނެވެ. "ފުރަތަމަ ކަމަކަށް ބުނަން، ކަލޭގެ ކުށް އެނގިހުރެ، ހުރިހާ ކަމެއްގެ މައްޗަށް އަހަރެންގެ މައްޗަށް ތުހުމަތު ނުކުރެވޭނެ. އަދި އަހަރެންނަށް ފެންނަނީ ކަލެއަށް ހުރިހާ ކަމެއް އަހަރެންގެ ބޮލުގައި އަޅުވަން ފަސޭހަކަން." އޭނާ ކީ ލަވައިގައި ބުނެފައިވެއެވެ.

ކާޑީގެ ރައްދު ޖަވާބުގައި އޭނާވަނީ ފިރިމީހާއާއި ދޭތެރޭ ހިތްހަމަނުޖެހޭ ވަރު ވަރަށް ސާފުކޮށް ހާމަކޮށްފައިއެވެ. އޮފްސެޓްއެކޭ އެއްގޮތަށް އޭނާވެސް ވަނީ ހަޑި ހުތުރު ބަސްތައް ބޭނުންކޮށްފައިއެވެ. " އެންމެނޭ، 'ރަށްފުށަށް' ނިސްބަތްވާ މީހާ ދައްކާ ވާހަކަތައް އަޑުނާހާ! " ކާޑީ ބީ ކީ ލަވައިގައި ބުނެފައިވެއެވެ.

2017 ވަނަ އަހަރުގައި ކައިވެނިކުރި މި ދެ ލަވަކިޔުންތެރިންގެ ދެ ކުދިން ތިބެއެވެ.