މަޝްހޫރު ލަވަ ކިޔުންތެރިޔާ ބީބީ ރެކްސާ، އެމެރިކާގެ ނިއުޔޯކް ސިޓީގައި ޝޯއެއް ދެނިކޮށް މީހަކު އެއްލި ފޯނަކުން ޖެހިގެން އަނިޔާވެއްޖެއެވެ.

ބީބީ ރެކްސާއާ ދިމާލަށް ފޯނު އެއްލި ފިރިހެން މީހާ ފުލުހުންނާއި މައްސަލަ ބަލާ ޕްރޮސެކިއުޓަރުން ގާތުގައި ބުނި ގޮތުގައި އޭނާ އެ ކަންތައް ކުރީ ސަމާސާއަކަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ނިކޮލަސް މަލްވަގްނާއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ދައްކައިދޭ ގޮތުގައި ރެކްސާއަށް އަނިޔާ ލިބުމުން ސެކިއުރިޓީ ބަލަހައްޓާ މީހުން އޭނާ ސްޓޭޖް މަތިން ބާލުވާ ވަގުތުން ފަރުވާ ދޭން ފެށިއެވެ. ރެކްސާ ދެއްކި ފޮޓޯއިން އޭނާގެ ވާތް ފަރާތުގައި ލޯ ކައިރި މަތި ނޫފައިގެންފައިވާ މަންޒަރު ފެނެއެވެ. އޭނާގެ ލޮލާއި ބުމައާ ދޭތެރެއިން ތަންކޮޅެއް ފަހަން ޖެހުނު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައިގެ ޝަރީއަތް އެކެއް ޖުލައިގައި ބާއްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 33 އަހަރުގެ ބްލެޓާ ރެކްސާ ކުރިއަށް އޮތް ތަނުގައި ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލަޑެލްފިއާގައި ބާއްވާ ދަ ފިލްމޯ ނަމަކަށް ކިޔާ ކޮންސަޓުންނެވެ. އަދި އޭނާގެ ޓުއާ އެއް އިނގިރޭސި ވިލާތުގައި ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭނާއަކީ ލަވަކިޔުމުގެ އިތުރަށް ސެލީނާ ގޮމޭޒްއާއި އެމިނެމް ފަދަ ތަރިން ކިޔާފައިވާ ލަވަތަކުގެ ޅެންވެސް އުފައްދާ ހުނަރުވެރި ފަންނާނެކެވެ.