މީރުކޮށް ކުކުޅު ތެލުނުލައިގެން އިންޑިއާގައި އަންހެނަކު މަރާލައިފި އެވެ.

އިންޑިޔާގެ ބެންގަލޫރުގައި ހިނގި މި ހާދިސާގައި އަންހެން މީހާ މަރާލާފައި ވަނީ އޭނާގެ ފިރިމީހާ އެވެ. ފުލުހުން ބުނީ މިހާރު އެ ފިރިހެންމީހާ ހައްޔަރުކޮށްފައިވާ ކަމަށާއި މި މައްސަލަ ބަލަމުންދާކަމަށެވެ.

މުބާރަކް ނަމަކަށް ކިޔާ 32 އަހަރުގެ ފިރިހެން މީހާ އަކީ ތަރަބަނަހައްލި އަށް ނިސްބަތްވާ މީހެކެވެ. މިމަހުގެ 6 ވަނަ ދުވަހު މުބާރަކް އޭނާގެ އަނބިމީހާ، ޝިރިން ބާނޫ، 28، އަހަރު މަރާލާފައި ވަނީ ދަނޑިބުރިއަކުން ތަޅައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނީ މުބާރަކް އޭނާގެ އަނބިމީހާ މަރާލުމަށްފަހު އެކަން ސިއްރުކުރުމަށް އަނބިމީހާ ޑަސްބިން ކޮތަޅަކަށް ލައިގެން ކޯރަކަށް އެއްލާލާފައިވާކަމަށެވެ. އަދި އަނބިމީހާގެ އާއިލާ ކައިރީގައި މުބާރަކް ބުނީ އޭނާގެ އަނބިމީހާ އޭނާ ދޫކޮށްލާފައި ފިލާފައިވާކަމަށެވެ.

ޝިރިން ބާނޫ ކުއްލިއަކަށް ގެއްލުމާއި ގުޅިގެން އޭނާގެ އާއިލާ އިން ކަންބޮޑުވެ އެކަމާ ސުވާލުއުފައްދަން ފެށިއެވެ. އަދި މުބާރަކް އަށް ޝައްކުވާތީ ޝިރިން ބާނޫ ގެއްލިގެން އުޅޭކަން އާއިލާއިން ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.

އިންޑިޔާގެ ފުލުހުން މުބާރަކް އާއި ސުވާލުކުރުމުން އޭނާ އަންހެނުން މަރާލިކަމަށް ވަނީ އެއްބަސްވެފައެވެ.

މުބާރަކް އަކީ އިންޑިޔާގައި އެނދު ހެދުމުގެ ވިޔަފާރި ކުރާ މީހެކެވެ. އަނބިމީހާ އާއި ޖެހޭ މައްސަލަތަކުގައި ވަރަށް ގިނައިން އަނބިމީހާ ގައިގާ ތަޅައި އަނިޔާކުރާކަމަށްވެސް މުބާރަކް ވަނީ އެއްބަސްވެފަ އެވެ. އޭނާގެ އަނބިމީހާ ޝިރިންވެސް ވަނީ މިކަން އޭނާގެ އާއިލާ އަށް ކުރިން އަންގާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލް

    ތޯލިބާނުންގެ ނުފޫޒު އިންޑިޔާއަށްވެސް ފޯރީތަ؟ 😂 އެންމެ ފަހުންވެސް ކެއްކި އެއްޗެހި ކަމުނުގޮސްގެން އަންހެނަކު މަރާލީ ތޯލިބާނުން ކަމަށް ހަބަރުތައް ބުނަނީ.

    7
    2
  2. މިނީޝާ

    ސުރުޚިގަ ކުކުޅު ގެ ވާހަކަ ލިޔެފަ އިނަސް ޚަބަރު ކިޔާލުމުން އެނގޭކަންނެތް އަންހެންމީހާ މަރާލީ މީރުކޮށް ކުކުޅު ނުދީގެން ކަމެއް.އެހެންކަމުން ތި ޚަބަރުގެ ސައްޙަކަން ކިހިނެއް އިނގޭނީ

    4
    1