މުސާރައަށް 30،000 ލިބޭ ދިވެހި ފިރިހެނަކު އިންނާނެ އިއްފަތްތެރި އަންހެނެެއް ހޯދަން އިއުލާނުކޮށްފިއެވެ.

ކައިވެނި ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރާ އެ މީހާއަކީ ދެކުނުގެ ރަށަކަށް ނިސްބަތްވާ މީހެއް ކަމަށެވެ.

އަދި އޭނާއަކީ 26 އަހަރުގެ މީހެއް ކަމަށާއި، އިސްކޮޅުގައި ފަސް ފޫޓު އަށް އިންޗި ހުންނާނެ ކަމަށް ބުނެފައި ވެއެވެ. އަދި އޭލެވެލް ފެންވަރަށް ކިޔަވާފައިވާ އެ މީހާއަކީ ދުވަހަކުވެސް ކައިވެންޏެއް ކޮށްފައި ނުވާ މީހެއް ކަަމަަށް ބުނެފައި ވެއެވެ.

އެ ޕޯސްޓްގައި ބުނެފައި ވަނީ، އޭނާ ބޭނުންވަނީ 18-25 އަހަރާއި ދެމެދުގެ ބުރުގާ އަޅާފައިވާ، ދީންވެރި، އިއްފަތްތެރި ޒުވާނެއް ކަމަށެވެ. އަދި އެކުގައި މި ދުނިޔޭގެ ވަގުތީ ހަޔާތް ހޭދަކުރާނެ މީހަކަށް ވާން ވާނެ ކަމަށް އެ ޕޯސްޓްގައި ބުނެފައި ވެއެވެ.

ކައިވެނި ޕޭޖުން ކުރާ ޕޯސްޓްތަކަކީ އަސްލު ޕޯސްޓްތައް ކަަމަށް އެ ޕޭޖުން ބުނެެއެވެ. އެޕޭޖް މެދުވެރިކޮށް އެތައް ބަޔަކު ކައިވެނީގެ ގޮތުން ގުޅިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްމަޑޭ

    ހެހެހެހެހެ. ކަލޯ ތި ޝަރުތުތައް ހުރި އަންހެނަކު ނުފެންނާނެ މިޒަމާނަކު. އެއްވެސް އަންހެނެއްގެ މޫނަކު ނުވަތަ ގަޔަކު ލިޔެފައެއް ނުހުންނާނެ އެމީހާއަކީ ބުރުގާ އަޅާ ދީންވެރި އިއްފަތްތެރި ދުނިޔޭގެ ހަޔާތް އެކުގައި ހޭދަކުރާނެ މީހެކޭ. މިޒަމާނުގަ ތިބޭނީ ބަނޑިބަނޑިވެ ދަބަރަށް ވެފަތިބި އަންހެނުން ހުސް. ކަލޯ ޖެހޭނީ އެއިން މީހަކު ހޯދައިގެން ބަނޑިބަނޑި ފިލުވާ ދަބަރު ފިލުވާ ރީތި އެއްޗަކަށް ބަދަލުކުރަން. އެއީ ކަލޯގެ ހިތްވަރާ އަޒުމުން ކުރެވޭނެ ކަންކަން.

    19
    7
    • ކިޔު

      ކެކެކެކެ...މިޒަމާނުގަ ގިނަ ފިރިހެނުންގެވެސް ހާލަކީތީ...ވަކި ބަޔަކަށް އިނގިލި ދިއްކުރެވޭކަށް ނެތް..މިޒަމާނުގަ އިއްފަތްތެރިއެއް ހޯދަންޏާ ޒުވާނުންނަށްވުރެ މާމަމެން ކާފަމެން އުމުރުގެ މީހުން މާބޮޑަށްވެސް އިއްފަތްތެރިވާނެ ކަމަށް ބެލެވޭ...އެކަމަކު ނިސްބަތުން މަދު ނަމަވެސް އިއްފަތްތެރި ޒުވާނުންވެސް އުޅޭކަން ފާހަނގަކޮށްލަން..

    • އީފޭ

      އިފަތްތެރި އަންހެންނަކު ނެތިއްޔާ އިފަތްތެރި ފިރިހެނަކުވެސް ނުހުންނާނެ ކަލޭގެ ސިކުނޑިން ފުރަތަމަ ދަބަރު ފިލުވަންދޭ.

  2. Anonymous

    ރަނގަޅު ސޮރެއްހެން ހީވަނީ. 26 އަހަރު ވީއިރު އަދި ބިޓެއްނެތް.

    14
    4