މާލެއަށް އުފަން ފިރިހެނަކު އިންނާނެ އަންހެނަކު ހޯދަން ކައިވެނި ޕޭޖުގައި އިއުނާލު ކޮށްފިއެވެ.

ކައިވެނި ޕޭޖުގައި ޖަހާފައިވާ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި މާލެއަށް އުފަން އެ ފިރިހެން މީހާއަކީ 28 އަހަރުގެ އިސްކޮޅުގައި 5 ފޫޓޫ 7 އިންޗް ހުންނަ މީހެކެވެ. އޭނާއަކީ މީގެ ކުރިން ކައިވެންޏެއް ވެސް ކޮށްފައި ނުވާ، ދަރިއަކު ވެސް ނުހުންނަ ތެލެސީމިއާ ކެރިއަރެއް ނޫނެވެ.

އޭނާއަށް އާމްދަނީގެ ގޮތުގައި މަހަކު 45،000 ރުފިޔާ ލިބޭއިރު، މާސްޓާސް އިން ބިޒްނަސް މެނޭޖްމެންޓް އާއި ހަމައަށް ތައުލީމީ ފެންވަރު ހުރިކަމުގައި ވަނީ ބުނެފައެވެ.

ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އޭނާ ކައިވެނި ކުރަން ބޭނުންވަނީ ސާފުތާހިރު، ފަސް ވަގުތު ނަމާދު ކުރާ، ވަފާތެރި، އުމުރު ދުވަހު އެކުގައި އުޅެވޭނެ މީހަކާއިއެވެ. ކައިވެނި ކުރާ އަންހެން މީހާއަކީ މީގެ ކުރިން މީހަކާއި އިނދެވަރިވެ، ދެ ކުދިން ތިބި މީހެއް ނަމަވެސް މައްސަލައެއް ނެތް ކަމަށް ވަނީ ބުނެފައެވެ. އަދި އެމީހަކީ މާލޭގައި އުޅެވޭނެ މީހެއް ނަމަ އެކަމަށް އިސްކަން ދެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ޕޯސްޓު ނަންބަރަކީ P4702 އެވެ.

ކައިވެނި ޕޭޖުން ކުރާ ޕޯސްޓްތަކަކީ އަސްލު ޕޯސްޓްތައް ކަަމަށް އެ ޕޭޖުން ބުނެެއެވެ. އެޕޭޖް މެދުވެރިކޮށް އެތައް ބަޔަކު ކައިވެނީގެ ގޮތުން ގުޅިފައިވެއެވެ.

އެފަދަ ޕޭޖްތައް ހިންގާތާ މިހާރު އަހަރުތަކެއްވެފައިވާއިރު، އެފަދަ ޕޭޖްތަކުގައި މިހާރުވެސް އެތައް ސަތޭކަ މިފަދަ ޕޯސްޓްތައް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުން ޕާ

    މީނާ މީ ސިޔާސީ މަގާމެއްގައި ހުރި މީހެއް! މި ވެރިކަން ނިމޭ އިރު މީނަ ހުންނާނީ ހުސް އަތާ

  2. އަހަންމަދު

    ތިޔަގީންކަން ދެވޭނީ ކުރިން މަރުވާނީ ކާކުކަން އެގިގެންދޯ!

  3. ބޯގޯސް

    ތިހާ ކޮލިފައިޑު މީހަކު އަންބަކު ހޯދަން ނީލަން ފިހާރަ ދޮށަށް ނުކުންނަން ޖެހިއްޖިއްޔާ ކޮންމެވެސް ސީރިއަސް މަސްއަލައެއް އެބައުޅޭ.

    12
    1