މޭގަން މާކެލް ރަސްމީ ހަފްލާތަކުގައި ލައިގެން ހުންނަ ހެދުންތައް މުޅިން ވެސް މަޑު ފިޔައިތޮށި ކުލައެއްގައި ނުވަތަ މަޑު ކުލައެއްގައި ހުރުމުގެ މާނައަކީ އޭނާ ސިއްރު ކެމްޕޭނެއް ކުރިއަށް ގެންދިއުން ކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

މޭގަންގެ ހެދުންތަކާއި ބެހޭ ގޮތުން ވާހަކަދެއްކި ތަޖުރިބާކާރެއް ބުނީ މަޑު ކުލައެއްގެ ހެދުން ލައިގެން މޭގަން ސާބިތުކޮށްދޭން ބޭނުން ވަނީ އޭނާ އަކީ އަންހެނުންގެ ޙައްޤުތަކަށް ވަކަލާތު ކުރަމުން ގެންދާ ފެމިނިސްޓުންގެ ބައިވެރިއެއް ކަމެވެ.

މޭގަން އަކީ ހެރީ އާއި ކައިވެނި ކުރުމުގެ ކުރިން ވެސް އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަމަށް ވަކާލާތު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެކްޓަރެކެވެ. އެހެންވެ މޭގަން ޝާހީ އާއިލާގެ މެންބަރަކަށް ވުމަކީ ގިނަ ބަޔަކަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެކެވެ. ސަބަބަކީ މޭގަންގެ ސަބަބުން އަންހެނުންގެ ޙައްޤުތައް ހޯދަން ކުރާ މަސައްކަތައް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުއްމީދު ކުރެވުނީތީއެވެ.

ޝާހީ އާއިލާގެ މެންބަރުންކީ އާންމުކޮށް ބޮޑެތި ރަސްމީ ހަފްލާތަކުގައި ވަރަށް ގަދަ ކުލަތަކުގެ ހެދުން ލުމަށް އިސްކަންދޭ ބައެކެވެ. ނަމަވެސް މޭގަން ވަނީ އެއާދަކާދަ ދޫކޮށްލުމަށް ފަހު އަމިއްލަ ސްޓައިލެއް އިހްތިޔާރު ކޮށްފައެވެ. މިއީ ވެސް މޭގަން "ފިސާރި އަންހެނެއްގެ" ގޮތުގައި ވަރުގަދަ ވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ބައެއް ފަރަތްތަކުން ބުނެއެވެ.

އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރުން މިހާރު ވަރަށް ބޮޑަށް ފުޅާވެފައި ވާއިރު އަންހެނުން ހެދުން އަޅާ ގޮތާއި، އަންހެނުން ވާހަކަދައްކާ ގޮތާއި، އެމީހުންނާއި މުހާތަބުކޮށް މީހަކު އެއްޗެއް ބުނާ ގޮތް ވެސް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން މީހުން ބަލާ ކަންތައްތަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެލްޒަބަތު

    މީގަން ރޭކުރަނީވެސް ސިއްރުން

    • މޭގަން މަންމަ

      ހައްހާ

  2. މުޙައްމަދު

    އަންހެނަކު ވެރިކަނކުރާތާ އެތައް ޒަމާނެއްް ވެފައިވާއިރު ނުލިބުނު ހިމާޔަތެއް މެގަނަކު އައިސް ކުލަމަޑު ހެދުންލައިގެން ލިބޭނެހޭ

  3. ރީކޯ

    މޭގަން މަޑު ފިޔާތޮޑި ކުލައިގެ ހެދުންލަނީ ޕީޕީއެމް އަށް ތާއީދުކުރާތީ .

    • މޭގަން މަންމަ

      ހައްހާ