ޖޯޑަންއަށް ނިސްބަތްވާ ފިރިހެނަކު، ފޭސްބުކަށް ވަރަށް ކުރިން ލާފައި ހުރި ފޮޓޯއަކަށް އޭނާގެ އަންހެނުން ކޮމެންޓް ކުރި މައްސަލައިގައި ވަރިކޮށްފިއެވެ.

އެ އަންހެން މީހާ އޭނާގެ ފޮޓޯއަށް ކުރި ކޮމެންޓްގައި ބުނެފައި ވަނީ، އެ މީހުން ކައިވެނިކޮށްގެން އުޅޭތާ އަހަރެއްހާ ދުވަސް ވެއްޖެކަމަށެވެ. އަދި އޭނާއަށް ކުރިން އެ ފޮޓޯ ފެނުނު ނަމަ، ކައިވެނި ފަސް ކުރީމުސް ކަމަށް ބުނެފައި ވެއެވެ.

އެ ގޮތަށް އެ އަންހެން މީހާ ކޮމެންޓް ކުރުމުން ފިރިހެން މީހާ އަށް އެކަން ކަމު ނުދިޔައެވެ. އެއީ އޭނާއަށް މަލާމަތް ކުރުން ކަމަށް ފިރިހެން މީހާ ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ދެމީހުންގެ ދެމެދުގައި ހޫނު ގަދަ ޒުވާބެއް ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފާއިތުވެދިޔަ 10 އަހަރު ތެރޭގައި ޖޯޑަންގައި ވަރީގެ ނިސްބަތް އެންމެ ބޮޑަށް އިތުރުވެގެން ދިޔައީ 2016 ވަނަ އަހަރު ތެރޭގައެވެ. އަދި މިއީ މެދު އިރުމަތީ ގައުމުތަކުގައި ވަރީގެ ނިސްބަތް އެންމެ ގިނަ އެއް ގައުމުކަމަށްވެސް ވެއެވެ. އެގޮތުން 2016 ވަނަ އަހަރު ވަރީގެ 21969 މައްސަލަ ފެންމަތިވިއިރު، 2011 ވަނަ އަހަރު ފެންމަތިވިވެފައި ވަނީ އެފަދަ 1000 މައްސަލަ ކަމަށް ވެއެވެ.