ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) އަދި އަހްމަދު މުއާޒް (ކުޑަމުއާ) އަށް ދަރިއަކު ލިބިއްޖެއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން-2 ގެ ހޯސްޓް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ލަމް އާއި ކުޑަ މުއާ ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ. ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނި ކޮށްފައިވާ މި ޖޯޑަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު ޖޯޑެކެވެ.

އަލަތު ދަރިއަށް ބަލިވެއިންކަން އިންސްޓަގްރާމުގައި ލަމް ހާމަކުރި ހިސާބުން ފެށިގެން މިހާ ހިސާބަށް އައިސްފައިވާއިރު، ލަމް ވަނީ މާބަނޑު ހަޔާތުގެ އެކި ހަރުފަތްތަކުގެ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

މީގެ ހަތަރު ދުވަސް ކުރިން ލަމް އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި މާބަނޑުވުމުގެ މަރުހަލާގެ ފަހު ދުވަސްތައް ގުނަމުންދާކަން ހާމަކޮށް، މި ދުވަސްތަކުގައި ކުރެވެނީ ތަފާތު އިހުސާސެއް ކަމަށް ބުނެފައިވެއެވެ.

މީގެ ކުރިން ލަމް ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ދަރިފުޅަކީ މިހާރު ވެސް ލޯބި ލިބިފައިވާ ކުއްޖެއް ކަމަށާއި އެއީ އާއިލާއަށް އުފާވެރިކަން ގެނުވައިދިން ކުއްޖެއް ކަމަށެވެ. ލަމް އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ ވިހާ ދުވަސް ކައިރިވިކަން ފާހަގަކޮށްފައެވެ.

ކުއްޖާ ދެކިލާހިތުންނާއި އެކުއްޖާގެ ޖިންސު ބަލާހިތުން ކެތްމަދުވެފައިވާ ކަމަށް ލަމް އިންސްޓަގްރާމުގައި މީގެ ހަތަރު ދުވަސް ކުރިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ލަމް ވަނީ އޭނާ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅުކަން ޔަގީން ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަލީމަ ދައިތަ

    ދެން ކީއްކުރަންވީ ތިކަމުގަ. ބަކަރި ކަތިލާން ވީތަ؟ ނޫނީ ކުއްޖާ އަށް ނަމެއް ހޯދަ ދޭންވީ.. 😆😆😆

    39
    3
  2. ހުސޭނުބޭ

    މީގެކުރިން އިންސާނުންނެއް ނުވިހާ! އެހެންވެ ނޫހުގައި އެވާހަކަ މިއޮތީ!

    50
    2
  3. ޑ

    ލަމް ވި ހޭތާ ކޮންޒަމާނެއް!😁

    27
  4. ޖަމީލުބެ

    އަލްހަމދުލިﷲ.. ތިކަމަކުންވެސް އަހަރުމެން ސަލާމަތް ވީ....

    38
    3
  5. ސެބޫ

    ބައްޔެއް ނު...

    20
    4
  6. އައިމީ

    ކޮންކަހަލަ ނޫސްވެރިކަމެއްތަ. ކުޑަމިނުން ކުއްޖާގެ ޖިންސްވެސް ބުނެނުދެވޭ ބައެއް

    37
    3
  7. ޢާޑީ

    ލަމްގެ ދަރިފުޅު އެސްފީނައިން ސަލާމަތް ކުރައްވާސި

    58
    3
  8. ތުން ތުނާ

    ހެޕި ބާތު ޑޭ ލަމް

  9. ޅަމް

    ބޯއީ. ލަމް ނުބުންޔަސް ސްޓޯރީއިން އިނގޭ
    ބޯއީއެއްކަން

    10
  10. ބުރި ކުނި އަދުރޭ

    ތީނަ ވިހިކަން އަންގާދޭ ޕޯސްޓަރުތަކެއް މާލެތެރޭ ޖަހަން ފެނޭ. މިވެސް ބަލާއެއް.

  11. Anonymous

    މީހަކަށް ދަރިއަކު ލިބުމަކީ އުފާވެރި ހަބަރެއް. އެއީ ކޮންމެ މީހަކަށް ވިޔަސް.
    ޚޮމެންޓް ސެކްޝަންގެ ކޮމެންޓުތައް ކިޔާލީމަ ބޮލަށް އުދަގޫވެއްޖެ!
    ފާދުކިޔާ މަލާމަތް ކުރުމަށް ކޮމެްްޓު ކުރުމުގެ ބަދަކުގަ ކީއްވާނީ ލަމް އަށް މަރުހަބާ ކިޔާލާ ކުއްޖާއަށް ހެޔޮދުއާ ކޮށްލިއްޔާ! އަލަށް މަޔަކަށްވި މީހެއްގެ އެ އުފަލުގައި ބައިވެރިވެލިއްޔާ. އެވަރު ވެސް ނުވަންޔާ ހަނުހުރިއްޔާ.

    10
    5