ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއަކީ ބޮލީވުޑުގެ އިތުރުން ހޮލީވުޑުގައި ވެސް ވަރަށް ކާމިޔާބު ބަތަލާއެކެވެ. ބޮލީވުޑުގެ އިތުރުން ހޮލީވުޑުގައި ފިޔަ ޖަހަމުން އަންނަ ތަރިއެކެވެ.

މީސް މީޑިޔާގައި ހަރަކާތްތެރި ޕްރިޔަންކާ ވަނީ ދާދި ފަހުން އޭނާއަށް ލިބުނު ހޮލީވުޑު ފިލުމު އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ. ހޮލީވުޑުގެ ފިލުމެއް ކަމުގައިވާ ''މެޓްރިކްސް ރިސަރެކްޝަން'' ގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމެވެ.

ޕްރިޔަންކާގެ މި އުފަލުގައި އޭނާގެ ސަޕޯޓަރުންގެ އިތުރުން ބޮލީވުޑުގެ ރަހުމަތްތެރިން ވެސް ދަނީ ބައިވެރި ވަމުންނެވެ. މިގޮތުން ޕްރިޔަންކާއަށް މަރުހަބާ ކިޔައި މިނީ މާތުރު ވަނީ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.

''ވަރަށް ކޫލް. މި ފިލުމަށް ޕްރިޔަންކާ ގެންނާނެ ތަފާތެއް ބަލައިލުމަށް ކެތްމަދުވެފައި'' މިނީ މާތުރުގެ އިންސްޓަގުރާމު ސްޓޯރީގައި ޕްރިޔަންކާއަށް ޓެގްކޮށް ލިޔެފައިވާ މި ލިޔުމަށް ޖަވާބުދާރީވަމުން ޕްރިޔަންކާއަށް އެ ފިލުމުން ލިބުނު ރޯލު ކިޔައިދީފައިވަނީ ތަފާތު ގޮތަކަށެވެ.

''މިއީ ހަމައެކަނި ބޮޑު ފެންގަނޑެއްގައި އިން ކުޑަކުޑަ މަހެއް. ނަމަވެސް މި ފުރުސަތު ލިބުނީތީ އެކަމާ އުފާކުރަން'' ޕްރިޔަންކާ ބުނެފައިވެއެވެ.

މެޓްރިކްސް ރިސަރެކްޝަންގައި ޕްރިޔަންކާގެ ރޯލު ވަރަށް ކުޑަ ކަމަށާއި ނަމަވެސް އެ ފުރުސަތު ލިބުނީތީ އުފާކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.

މީގެއިތުރުން ކުދިކުދި ރޯލުތަކުން ޕްރިޔަންކާގެ ހިތް ނުފުރޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.

ޕްރިޔަންކާގެ ބޮލީވުޑުގެ ފިލުމުތަކަށް ބަލާއިރު ދެން އެންމެ އަވަހަށް ޕްރިޔަންކާ ފެނިގެންދާނީ ކެތުރީނާ ކެއިފުއާއި އާލިއާ ބަޓްއާއި އެކު ''ޖީލޭ ޒަރާ'' އިންނެވެ.