ވިޔަފާރިވެރިއަކު މަހެއްގެ މައްޗަށް 3،000ރ. ހަރަދުކޮށް ދާވެފައިވާ އިސްޓާކީނު ގަނެގެން ވަސް ބަލަން ފަށައިފިއެވެ.

އިނގިރޭސި ވިލާތަށް ނިސްބަތް 33 އަހަރުގެ ފިރިހެނަކު، ނަން ހާމަނުކުރުމަށް އެދި ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަކީ އާދައިގެ މީހަކަސް، ދާވެފައިވާ އިސްޓާކީނު ގަނެ އެ އެއްޗެހިން ވަސްބެލުމަށް ވަރަށް ގަޔާވާ ކަމަށެވެ.

މިސްޓަ ޑީ(އަސްލު ނަން ފޮރުވުމަށް ބޭނުންކުރި ނަން) ބުނީ ދާވެފައިވާ އިސްޓާކީނު ހޯދުމަށް އަބަދުވެސް މީހުންނަށް މެސެޖުކުރާ ކަމަށެވެ. އަދި ފައިސާ ދޭން ބުނުމުން މީހުން އިސްޓާކީނު ވިއްކާ ކަމަށް އޭނާ ބުންޏެވެ.

އާންމުކޮށް ޑީ އިސްޓާކީނު ގަންނަނީ ގަނޑުކޮށެވެ. އެއީ ކޮންމެ ހަތަރެއް ނުވަތަ ފަސް ޖޯޑު އިސްޓާކީން 600 ރުފިޔާއަށް ގަނެގެން ކަމަށް އޭނާ ބުންޏެވެ. އެކި މީހުންނަށް އެކި އަގުތަކަށް އިސްޓާކީނު ވިއްކާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ބައެއް މީހުންނަށް 1،000 ރުފިޔާ އާއި ހަމައަށްވެސް އިސްޓާކީނު ވިއްކާ ކަމަށް އޭނާ ބުންޏެވެ.

ފައިގެ ފޮޓޯ އާއި ވީޑިއޯވެސް ބަލާކަމަށް ޑީ ބުނެފައިވާއިރު އޭނާ ބުނީ ފައިގެ ވީޑިއޯތަކަށްވެސް އޭނާ ފައިސާ ދޭކަމަށެވެ. އޭނާ ބުނީ އަންހެނުންގެ ތެރެއިން 21 އަހަރާއި 38 މީހުންގެ ފަޔަށް އޭނާ ވަރަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ.

ފައިގެ ފޮޓޯ ބެލުމާއި އިސްޓާކީނުގެ ވަސްބެލުމަށް ޑީ ކެތްމަދުވާ ފަހަރުތައްވެސް އަންނަ އިރު އޭނާ ބުނީ އެއީ ހަމަ ވަރަށް އާދައިގެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު