ކުވައިތްގައި ކައިވެނިކޮށްގެން އުޅުނު އަންހެނަކު އިތުރު 13 ފިރިހެނަކާއި ގުޅުން ބޭއްވި މައްސަލައެއް ހޫނުވެއްޖެއެވެ. އެ މައްސަލަ ހޫނުވެ އެންމެ ފަހުން ކޯޓާއި ހަމައަށް ވަނީ ގޮސްފައެވެ.

އެ ގައުމުގެ މިޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އެ އަންހެން މީހާގެެ ފިރިމީހާއަށް އެކަން ފަޅާއެރުމުން އޭނާ ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފައެވެ. އޭނާގެ އަންހެނުން އޭނާއަށް އޮޅުވާލައި، މަކަރު ހެދީ ކަަމަށް އޭނާ ނިންމިއެވެ.

މިއާއެކު އޭނާއަށް ލިބުނު ގެއްލުމުގެ ބަަދަލު ހޯދަން ކޯޓަށް ހުށަހެޅިއިރު، ކޯޓުން ވަނީ އެ އަންހެން މީހާގެ ފިރިމީހާ މީހާއަށް 20،000 ކުވައިތް ދީނާރް ދިނުމަށް އަމުރުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާއަށް ވަނީ އަންހެން މީހާ ޖިންސީ އެކި ވާހަކަތައް 13 ފިރިހެނަކާއި ސްނެޕްޗެޓް މެދުވެރިކޮށް ދައްކާފައިހުރި ކަން ފަޅާ އަަރައިފިއެވެ. އެ ފިރިހެން މީހާ ކޯޓުގައި އެކަން ސާބިތުވެސްކޮށްދީފައިވެއެވެ.

އެހެން ނަމަވެސް އެ ދެމަފިރިންނާއި ގުޅޭ އެއްވެސް މައުލޫމާތެއް އާއްމުކޮށްފައެއް ނުވެއެވެ.

ކުވައިތްގައި މިދިޔަ އަހަރު ތެރޭގައި 12،973 ކައިވެނިކޮށްފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ އެގައުމަށް ނިސްބަތްވާ މީހުން ނަމަވެސް، 418 އަންހެނަކު ގައުމުން ބޭރު މީހުންނާއި ކައިވެނިކޮށްފައި ވެއެވެ.

އަދި ފާއިތުވެދިޔަ އަހަރު 5،932 ވަރީގެ މައްސަލަ ރެކޯޑް ކުރެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.