މޫނު ބުރުގާ އަޅައިގެން މަގުމަތީގައި ސަލާން ޖަހަމުން ދިޔަ އޭޝިއާ ގައުމަކަށް ނިސްބަތްވާ ފިރިހެނަކު ކުވައިތުގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ރެސިޑެންސް އެފެއާޒް އިންވެސްޓިގޭޝަނުން ހައްޔަރުކޮށްފިއެވެ.

ކުވައިތުގެ ކަމާބެހޭ ފަރާތްތަކުން މިފަދަ މީހުން ހައްޔަރު ކުރަން ފަށާފައި ވަނީ މިވަނީ އެގައުމުގައި، ހާއްސަކޮށް ރަމަޟާން މަހު، އެ ގައުމުގައި ސަލާން ޖެހުމުގެ އަމަލުތައް ހިންގުން ހުއްޓުވުމަށް ފަށާފައިވާ ކެމްޕެއިންގެ ތެރެއިންނެވެ.

އެ ގައުމުގެ ދާޚިލީ ވުޒާރާއިން ފާހަގަކޮށްފައިވާގޮތުގައި، މަގުމަތީގައި ސަލާން ޖެހުމަކީ މުޖުތަމައުއާ ދެކޮޅަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި ބެލެވެއެވެ. އަދި މިއީ ގައުމުގެ ތަސައްވުރަށް ގެއްލުމެއް ލިބޭ ފަދަ މައްސަލައެއް ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

އަދި ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ރައްޔިތުން އަދާކުރާ މުހިންމު ދައުރަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކަމާއި ގުޅުން ހުރި އިދަރާތަކުން ބުނާގޮތުގައި، މަގުމަތީގައި ސަލާން ޖަހަން އުޅޭ ބިދޭސީން ޑީޕޯޓް ކޮށްލާނެއެވެ. އަދި އެ މީހާގެ ސްޕޮންސަރަކީ ގާނޫނީ ގޮތުން ޒިންމާއުފުލަން ޖެހޭ ފަރާތް ކަމުގައި ބުނެފައިވާއިރު، މިފަދަ މައްސަލައެއް ފާހަަގަވެއްޖެ ނަމަ ބިދޭސީން ސްޕޮންސާ ކުރުން ބްލެކްލިސްޓް ކުރާނެއެވެ.

ކުވައިތްގައި މި މައްސަލަ ހައްލު ކުރުމަށް މިހާރުވެސް ދަނީ ގިނަ ފިޔަވަޅުތައް އަޅާ، ޕްލޭންތަކެއް ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރޮޒޭނާ

    ރާއްޖޭގައި ބިދޭސީން ސަލާން ޖަހަނީއެއް ނޫނެވެ. ރާއްޖޭގައި ދިވެހިން ޖެހެނީ ބިދޭސީންކައިރިއަށް ސަލާންޖަހަން ދާން. އެހެންވެގެންނޭ ފައްޔާޒު ބުނާމީހަކަށް މަ ވޯޓުދޭން ނިންމައިގެން މިހިރީ. ގުޑު ޖޮބު ބުރޯ

    11
    3
  2. ޙުނި

    ކޮބާ ެެެެއަރަބިއްޔާ ޕޭރެންޓުސް އަވަހަށް ދަރިން މޫނު އަޅުވާa

    11
    22
    • ވާނުވާ

      ބުރުގާ ނާޅާ އޮރިޔާމުން ތިބޭ އަންހެނުންނާ، ތުބުޅިބާލައިގެން ތިބޭ ފިރިހެނުންވެސް ވައްކަން ކުރޭ. އަދި ސަލާންވެސް ޖަހާ. މޫނުބުރުގާއާ ބެހޭ ކަމެއް ނޫން.

      23
      7
      • ނަނަނަ

        ތުނބުޅި ބާލައިގެން ތިބޭ ފިރިހެނުންނޭ؟ ޖަނަވާރު ވައްތަރު ކަނޑުވާލާ ތާހިރު ފާހިރުކޮށް އިންސާނެއްގެ ވައްތަރު ޖަހާތީ ކަމު ނުދިޔައީތަ؟

    • ޞުނި

      ހޭބައްޔާ ވާނުވާތަ…؟

      2
      1
  3. Anonymous

    ކޮންމެ ހުކުރުދުވަހަކު އިސްލާމީ މަރުކަޒުގެ ވަށައިގެން ތިބޭ ސަލާންޖަހާ މީހުން ޖެންޑަރގެ ދަށަށް ގެންދެބަލަ. ނޫނީ އެމީހުންނަށް ގެދޮރާއި ތަނަވަސްކަން ދީބަލަ. މީހުން ހުކުރުން ފައިބާއިރު ސަލާންޖަހަން ގޮސް ތިބުމަކީ ހާދަ ހަޑިކަމެކޭ.

    10
    1
  4. ޝީން

    މޫނު ބުރުގާ އަކީ މީހާގެ ޝަހުސު ފޮރުވާ އެއްޗަކަށް ވާއިރު އޭގެ ނާޖާއިޒު ބޭނުން ކުށްވެރިން ކުރޭ ! އޭގެ ތެރޭގަ ފިރިހެނުން ވެސް މޫނު ބުރުގާ އަޅާގެން އެމީހުން ކުރާ ކުށްތަކުން ފިލްން އުޅޭ! މޫނު ބުރުގާ އާ ދޭތެރެ ފުން ކޮށް ވިސްނަމާ ހިގާ

    1
    1
  5. ދެރަވޭ

    ކޮންއެއްޗަކުންބާ ނާޖާއިޒު ފައިދާ ނުނަގަނީ؟؟ތައުހީދުގެ ކަލިމަފުޅާއި ﷲގެ އިސްމުފުޅު އަދި ރަސޫލާ ސއވގެ ނަންފުޅު ބޭނުންކޮށްގެންވެސް ނާޖާއިޒު ފައިދާ ނަގާ ބަޔަކު އެބައުޅޭ..ހަޤީޤތަށް ބުނަންޏާ ބުނެވޭނީ މިހާރު އެންމެ ގިނައިން ނާޖާއިޒު ފައިދާ ނަގާ އެއްޗަކީ އިންޓަރނެޓު އަދި އަތުގަ އޮންނަ ފޯނު..އެކަމަކު މިއިންއެއްޗެއް ދުވަހަކު ކުއްވެރިއެއް ނުވޭ..އަބަދުވެސް މިގޯސްވަނީ ހައިވަކަރު އޮޑި.