ކުވައިތުގައި ވަޓްސްއެޕް ނުވަތަ އެ ނޫންވެސް މީސް މީޑިއާގެ އެޕްލިކޭޝަންތައް މެދުވެރިކޮށް އަންހެން ކުއްޖަކަށް "ހިތުގެ އިމޯޖީ"އެއް ފޮނުވައިފި މިހާރު ގާނޫނުން އަދަބު ލިބޭ ގޮތަށް ހަދައިފިއެވެ.

ކުވައިތުގެ ގާނޫނީ ވަކީލު ހަޔާ އަލް ޝަލަހީ ވިދާޅުވި ގޮތުގައި މި ކުށް ސާބިތުވާ މީހުންނަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމަކާއި 2،000 ކުވެއިތުގެ ދީނާރަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން ސައޫދީ އަރަބިއްޔާގައިވެސް ވަޓްސްއެޕްގައި "ރެޑް ހާޓް" އިމޯޖީތައް ފޮނުވުމަކީވެސް ޖަލަށް ލާން ޖެހިދާނެ ކަމެއް ކަމަށް ސައުދީގެ ގާނޫނުގައި ވެއެވެ.
ސައޫދީގެ ގާނޫނު ބުނާ ގޮތުން މި އަމަލު ކޮށްފި ނަމަ ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމަކާއި އެއް ލައްކަ ސައުދީ ރިޔާލުން ޖޫރިމަނާ ކުރެވޭނެއެވެ.

ސައުދީ ސައިބާ ކްރައިމްގެ ތަޖުރިބާކާރަކު ބުނި ގޮތުގައި ވަޓްސްއެޕް މެދުވެރިކޮށް ރަތް ހިތްތައް ފޮނުވުމަކީ އެ ގައުމުގެ އިހްތިސާސްގެ ތެރޭގައި "ފުރައްސާރަ" ކުރުން ކަމަށް ބެލެވިދާނެއެވެ.

އެ ގައުމުގެ އެންޓި-ފްރޯޑް އެސޯސިއޭޝަންގެ މެންބަރު އަލް މުއާތާޒް ކުޓްބީ ވިދާޅުވީ އޮންލައިންކޮށް ވާހަކަ ދައްކަމުންދާއިރު ބައެއް ފޮޓޯތަކާއި އެކްސްޕްރެޝަންތައް ބޭނުން ކުރުމުން އަނިޔާ ލިބޭ ފަރާތުން ދައުވާކޮށްފިނަމަ އެއީ ފުރައްސާރައިގެ ކުށެއް ކަމަށް ބެލެވިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ހިތުގެ މޯޖު ފޮނުވުމުން ޖަލަށް. އަންހެނުން އޮރިޔާންވެ އޮރިޔާން ފޮޓޯ އަޕްލޯޑުކުރުން އެބުނާ ޑިމޮކްރަސީގެ މިނިވަންކަން. ވަރަށް ރީއްޗެއް ނޫން

    23
    5
  2. ޙުރާ

    މާތް ކަމޯ! ކަލޭމެން ކުދިން އުޅެންވީ ދުނިޔޭގަ!

    11
    4